00:14

ޣައްޒާގެ ޚަބަރުތައް ގެނެސްދިނުމަށް 16 މެއި ގައި "ވަގުތު" އިން ގެނެސްދިން ބްލޮގް މިހާހިސާބުން ނިމުނީ. 17 ވަނަ ދުވަހުގެ ބްލޮގް ތިރީގައިވާ ލިންކުން ފެންނާނެ.

23:45

އޭޕީގެ ނޫސް އެޖެންސީ ހިންގާ އިމާރާތައް އިސްރާއީލުން ދިން ހަމަލާގެ ތަހްގީގެއް ކުރުމަށް އޭޕީ އިން ގޮވާލައިފި.

21:50

ފަލަސްތީންގެ ރައްޔިތުންނާއިއެކު ދިވެހިން ތިބިކަން ހާމަކުރުމަށް އަންނަ އަންގާރަ ދުވަހު ބާއްވާ އިވެންޓަށް ދިވެހިން އަންނަނީ ތައްޔާރުވަމުން. ދިވެހިން ތިބީ ފަލަސްތީނާއެކު ކަން އަންގައި ދިނުމަށްޓަކައި ކޮންމެ ގެއަކުން ވެސް އެ ގައުމުގެ ދިދަ އާއި ދިވެހި ދިދަ ހިފައިގެން ގޭގޭގެ ދޮރުމައްޗަށް ނުވަތަ ބެލްކަންޏަށް އަންގާރަ ދުވަހު 16:00 ގައި ނިކުތުމަށް އިވެންޓް އިންތިޒާމްކުރާ ޒުވާނުން އެދޭ. މިހާރު އެކި ފަރާތްތަކުން ދަނީ ފަލަސްތީންގެ ދިދަ ފެހުމުގެ ހިދުމަތް ވެސް ދެމުން.

21:37

އިސްރާއީލްގެ ހަމަލާތަކުން ފެންނަނީ ލާއިންސާނިޔަތުކަން.

21:26

ޣައްޒާ އިން މިހާރު ވެސް އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުން އެބަގެންދޭ.

21:24

އިސްރާއީލާއި ޣައްޒާއާ ދެމެދު ހަމަލާތައް ބަދަލުކުރުން ހުއްޓުވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމަށް އެމެރިކާ އިން ބުނެފި.

އެމެރިކާ އިން އދ.އަށް ކަނޑައަޅާފައި ހުންނަ ސަފީރު ލިންޑާ ތޯމަސް ވިދާޅުވީ އެމެރިކާ އިން ޑިޕްލޮމެޓިކް ގުޅުންތައް މެދުވެރިކޮށް ހަމަލާތައް ބަދަލުކުރުން ހުއްޓުވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް. އެތައް ބަޔަކު މިކުރިމަތިލުންތަކުގައި މަރުވަމުން ދިއުމަކީ އެމެރިކާ އިން ކަންބޮޑުވާކަމެއް ކަމަށް ވެސް ތޯމަސް ވިދާޅުވި. އޭނާ ވަނީ ހުރިހާ ފަރާތްތަކަކުން ވެސް އާއްމުންނަށް ގެއްލުން ވިޔަ ނުދިނުމަށް ގޮވާލާފައި.

21:07

ގުދުސްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ވެހިކަލަކުން ޖައްސައި އިސްރާއީލްގެ ހަތަރު ފުލުހުންނާއި އިތުރު ފަސް މީހަކު ޒަހަމްކޮށްލައިފި. މިއެންމެން ވެސް މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި.

19:54

މިއަދު އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 42 އަށް އަރައިފި

19:52

ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނުގެ އާއްމުންނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

18:50

ޣައްަޒާއިން ދޭ ރައްދު ހަމަލާތަކުގައި އިސްރާއީލަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން
ޣައްަޒާއިން ދޭ ރައްދު ހަމަލާތަކުގައި އިސްރާއީލަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން
ޣައްަޒާއިން ދޭ ރައްދު ހަމަލާތަކުގައި އިސްރާއީލަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން
ޣައްަޒާއިން ދޭ ރައްދު ހަމަލާތަކުގައި އިސްރާއީލަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން
ޣައްަޒާއިން ދޭ ރައްދު ހަމަލާތަކުގައި އިސްރާއީލަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން
ޣައްަޒާއިން ދޭ ރައްދު ހަމަލާތަކުގައި އިސްރާއީލަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން
ޣައްަޒާއިން ދޭ ރައްދު ހަމަލާތަކުގައި އިސްރާއީލަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން

18:48

ޣައްޒާއަށް މިއަދު ދިން ހަމަލާގައި ޒަހަމްވި ކުއްޖެއް
ޣައްޒާއަށް މިއަދު ދިން ހަމަލާގައި ޒަހަމްވި ކުއްޖެއް
ޣައްޒާގެ ރައްޔިތުން ދަނީ ލިބެމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅުވައިގެން ހިތާމަވެސް ފާޅު ކުރަން

18:45

ޣައްޒާއަށް މިއަދު އިސްރާއީލުން ދިން ޖަމަލާ. މި ހަމަލާގައި މިހާތަނަށް ވަނީ 33 މީހަކު ޝަހީދުވެފައި.

18:40

ޣައްޒާއަށް މިއަދު ދިން ހަމަލާގައި ޒަހަމްވި ކުއްޖެއް
ޣައްޒާއަށް މިއަދު ދިން ހަމަލާގެ ތެެރެއިން ބައެއް މީހުންނަް އަނިޔާވެފައި
ޣައްޒާގެ ރައްޔިތުން ދަނީ ލިބެމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅުވައިގެން ހިތާމަވެސް ފާޅު ކުރަން
ޣައްޒާގެ ކުޑަކުއްޖަކަށް ލިބުނު އަނިޔާތައް

18:36

އަޝްކެލޮންގެ ވެހިކަލަކަށް ރޮކެޓް ހަމަލާއެއް އަމާޒުވެއްޖެ. މި ވެހިކަލްގައި މިހާރު ދަނީ ރޯވެ އަނދަމުން.

18:35

އިސްރާއީލް ސިފައިންނަށް އޮޅިގެން އިސްރާއީލްގެ އާއިލާއެއް ދަތުރުކުރި ވެހިކަލަކަށް ހަމަލާ ދެވިއްޖެ. މި ހަމަލާގައި ބައެއް މީހުންނަށް ވަނީ އަނިޔާވެފައި.

18:34

ޔަހޫދީން އަޅުކަން ކުރާ ތަނަަކަށް ރޮކެޓް ހަމަލާއެއް އަމާޒުވެއްޖެ.

18:33

އަޝްކެލޮންއަށް ރޮކެޓް ހަމަލާއެއް އަމާޒުވެ، ގެއްލުން ވެއްޖެ

އަޝްކެލޮންއަށް ރޮކެޓް ހަމަލާއެއް އަމާޒުވެފައި

18:32

މިއީ މިހާތަނަށް އެއް ހަމަލާއެއްގައި އެންމެ ގިނަ މީހުން ޝަހީދުވި ފަހަރު

18:31

މިއަދު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 33 އަށް އަރައިފި

18:29

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ޣައްޒާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިސްރާއީލަށް ރެކޯޑް އަދަދަކަށް ރޮކެޓް ހަމަލާތައް ފޮނުވައިފި

16:53

ހެޗްޑީސީ އޮތީ ފަލަސްތީނު ރައްޔިތުންނާއެކު

16:11

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 181 އަށް އަރާފައިވާކަމަށް ޣައްޒާގެ އޮފިޝަލުން ބުނޭ، ޝަހީދުވި މީހުންގެ ތެރޭގައި 52 ކުޑަކުދިން ހިިމެނޭ.

15:15

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހި ރައްޔިތުން ފަލަސްތީނާއެކު ތިބިކަން މުޅި ދުނިޔެއަށް އަންގައިދިނުމުގެ ގޮތުން ރާއްޖެއިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފި

13:59

އިސްރާއީލްގެ ރޭޑިއޯއަކަށް ކެބިނެޓް މިނިސްޓަރު ސަހީ ހެންބީ ބުނީ އިސްރާއީލުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ މެދުގައި ހިތްހަމަޖެހޭ ކަމަށް. އަދި މިކަން ހުއްޓާލަން ޖެހޭ ހާލަތަކަށް ނުދާ ކަމަށް ބުނި. އަދި ހަމަލާތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ބުނި.

13:58

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުން ރޭ ޣައްޒާ އަށް ދިން ހަމަލައެއްގައި ބިމާ ހަމަވި ގެއެއްގެ ދަށުން ޒުވާން ފިރިހެނަކު ވަނީ ދިރިހުއްޓާ ފެނިފައި. އެ ޒުވާނާ އަށް މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނޭ.

13:52

ޒަހަމްވި މީހުން ސަލާމަތުގެ އައްސޭރިއަށް ދުވެފައިދާ މަންޒަރު

13:51

ހަމަލާއެއްގެ ސަބަބުން އިމާރާތެއް ބިމާ ހަމަވެފައި.

13:50

އިމާރާތެއްގެ ދަށުވެފައި އޮތް މީހަކު ނަގަނީ.

13:50

ޝަހީދުކޮށްލި މީހެއްގެ ޖަނާޒާ ކުރިއަށް ދަނީ.

13:36

އިސްރާއީލް ސިފައިން ފަލަސްތީންގެ ޣައްޒާ އަށް ދިން ހަމަލާއެއްގައި 25 މީހުން ޝަހީދުކޮށްލައިފި.

12:49

ތިރީގައިވާ ފޮޓޯތަކުން ފެންނަނީ ޣައްޒާގެ ބައެއް މަންޒަރުތައް

12:43

އިސްރާއިލުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ކިތަންމެ ގިނަ ދުވަސް ވިޔަސް ހުއްޓާ ނުލައި ކުރިޔަށް ގެންދާނެ ކަމަށް އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ބުނެފި.

12:42

ތެޔޮ ހުސްވެގެން ޣައްޒާ އިން މިއަދު ކަރަންޓް ކެނޑޭނެ.

12:08

ފަލަސްތީންގެ ދިފާއުގައި އެމެރިކާގެ އެތައް ހާސްބަޔަކު މަގުތަކަށް ނިކުމެއްޖެ.

11:49

ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް "މޯލްޑިވްސް ވޭވް" އިން އެހީގެ ތަކެތި ފޯރުކޮށްދީފި.

11:19

ސްޕޭންގެ މެޑްރިޑްގައި ވެސް ވަނީ އިއްޔެ ފަލަސްތީން ރައްޔިތުންގެ ދިފާއުގައި ތިބިކަން ހާމަކޮށް، އިސްރާއީލްގެ އަނިޔާވެރިކަން ކުށްވެރިކުރަން ހިނގާލުމެއް ބާއްވާފައި.

11:16

ރޭ އިސްރާއީލަށް ޣައްޒާއިން 130 ރޮކެޓް ހަމަލާ ފޮނުވާލާފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފި.

11:08

އެމެރިކާއިން އިސްރާއީލް ދިފާއު ކުރާތީ، ވައިޓްހައުސްގައި އޮންނަ އީދުގެ ކެއުން މުސްލިމުން ބޮއިކޮޓްކޮށްފި

10:45

ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިމްވާރުގެ ގެއަށް އިސްރާއީލުން ރޭ ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައި. ނަމަވެސް މިހަމަލާތައް ދިންއިރު ޔަހްޔާ އާއި އޭނާގެ އާއިލާ ގޭގައި ނޫޅުއްވާ ކަމަށްވޭ.

10:43

ފަލަސްތީނުގެ ދިފާއުގައި ފްރާންސްގައި ބޭއްވި އެއްވުން އަނިޔާވެރިކަމާއެކު ރޫޅާލައިފި.

10:10

އިސްރާއީލުން ޣައްޒާގައި ހުންނަ މީޑިއާތަކުގެ އޮފީސްތަކަށް ދިން ހަމަލާތައް ކެނެޑާ އިން ކުއްވެރިކޮށްފި.

10:09

އިސްރާއީލުން ރޭ ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް ދީފައި. އޭގެތެރެއިން ބައެއް ހަމަލާތައް ވަނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލަށް ވެސް އަމާޒުކޮށްފައި.

10:08

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށް ޗައިނާ އިން ގޮވާލައިފި. ޗައިނާ އަކީވެސް އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރެއް. ނަމަވެސް އިސްރާއީލް ކުއްވެރިކޮށް ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރެން މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް އެމެރިކާ އިން ވަނީ ވީޓޯގެ ބާރު ބޭނުން ކޮށްގެން ހުއްޓުވާފައި. ހޯމަ ދުވަހު އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށިފަހުން ސަލާމަތީ މަޖިލީހުގެ ދެބައްދަލުވުމެއް މިހާތަނަށް ބޭއްވި ނަމަވެސް އެމެރިކާގެ ސަބަބުން އެއިން އެއްވެސް ބައްދަލުވުމަކުން ނަތީޖާއެއް ނުނެރެވުނު.


އިސްރާއީލުން ޣައްޒާގެ ވަށައިގެންނާއި ވައިގެ މަގުން ދެމުން އަންނަ ހަމަލާތައް އަދިވެސް އަންނަނީ ވަރުގަދަ ކުރަމުންނެވެ. އެންމެ ފަހުން ލިބުނު މައުލޫމާތައް ބަލާއިރު ހޯމަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާއިން 145 މީހުން ވަނީ ޝަހީދު ވެފައެވެ. އޭގެތެރޭގައި 41 ކުޑަކުދިން ހިމެނެއެވެ. އަދި ގިނަ އަދަދެއްގެ އަންހެނުން ވެސް ހިމެނެއެވެ.

ހަމަލާތައް އަވަހަށް މެދުކެނޑިދާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެއެވެ. އިސްރާއީލަށް ޣައްޒާގެ މުޖާހިދުން ދެމުންދާ ހަމަލާތަކަށް ވެސް މަޑުޖެހުމެއް ނާދެއެވެ. އެހެންކަމުން ބެލެވެނީ އަދިވެސް ހަމަލާތައް ބަދަލުކުރުން ދިގުދެމިގެން ދާނެ ކަމަށެވެ.

ނަމަވެސް ހަމަލާތައް މެދުކަނޑާލަން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ސައުދީ އަރަބިއްޔާ އާއި މިސްރުން ވަނީ މިރޭ މަޝްވަރާކޮށްފައެވެ. އެއީ ހަމަލާތައް ބަދަލުކުރުން ހުއްޓާލެވިދާނެ ކަމަށް ކުރެވޭ އުއްމީދަށް ލިބުނު ކުޑަކުޑަ ހިތްހަމަޖެހުމެކެވެ.

ޣައްޒާ އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. 😔😔

  ހިތައް މިއަދު އަރަނީ ހާދަ ބަލިކަށި ބަޔެކޭ އަހަރެމެން އިންސާނުންމި
  އެ މީހުނައް އެހީވާނެ އެކަކުވެސް ހަމަ ނެތީތަ

  30
  2
 2. ބޮކުރީ

  މާތްﷲގެވާގިފުޅުން ފަލަސްޠީނުގެ މުޖާހިދުންދޭ ކޮންމެ ޙަމަލާ އަކީ އިޒްރޭލުގެ މައިބަދަ ފުނޑު
  ފުނޑުވާ ވޭނީކެކުޅުންއަޅާފަދަ ޙަމަލާތަކެއްކަމުގާ ލައްވާ މާތްރަސްކަލާނގެ ލައްވާށިއެވެ. އަޅުގަނޑު
  މެންގެ ނަބީކަލޭފާނުގެނަންފު މުޙައްމަދު ޞައްލައްﷲޢަލައިހިވަސައްލަމަގެނަންފުޅުމެދުވެރި
  ކޮށް އަބަﷲގެ ޙަޟުރަތުން މުސްލިމު މުޖާހިދުންނަށް ނަސްރާއި ކާމިޔާބު މިންވަރުކޮށް
  ދެއްވާށިއެވެ. އާމީން

  64
  2
 3. މެކް

  ޔަހޫދިންނާ ސުލްހަވާކައްނުޖެހޭނެ މުސްލިމުން އެއްބައިވެ ޔަހޫދީން ނައްތާލަންވީ

  15
  2
 4. އިދްރީސް

  ތިޔަކު ނެތް ކަންބޮޑުވާންޖެހޭ ކަމެއް. ތީ ފަލަސްތީނު ބޭނުންވާގޮތް

  1
  8
 5. ހަސަން

  ސައުދީ ތަންތަނުން ހަނުގަ މީތަ އެބުނާ އިސްލާމުންނަކީ

  3
  1
 6. ާއަބުދުﷲ

  ތި އަނިޔާވެރި ލާއިންސާނީ އަމަލު ހިންގަމުން އެދަނީ ސައޫދީ ސާހީ އާއިލާއާއި ޔޫ އޭ އީ ގެ ފުރިހަމަ އެއްބާރު ލުމާއެކު ކަމުގަ ލަފާކުރެވެނީ.

 7. ނުރަބޯ

  ޕަލަސްތީނު މީހުން ޕާކިސްތާނަށް ބަދަލުވެބަލަ އޭރުން މައްސަލަ ހައްލުވީ

 8. ނަޝީދު

  ޔަމަނުގެ ހޫސީ ހަނގުރާމަ ވެރިން ސައުދީ އަރަބިއްޔާ އަށް ހިތުން ނުފިލާވަރުގެ ހަމަލާ ތަކެއް ދިނުމައް ގޮވާލަން ތީ މުސްލިމުންގެ ނަމުގަ ތިބި ޔަހޫދީ ބައިގަނޑެއް...

 9. ކޮރަކަލި

  މުސްލިމުންގެ ފަގުޑި އަޅަ އިގެން ތިބިމުސްލިމްގަ އުފަލުގެ ވެރިންނަކީ އިސްރާ އިމުގެ އެހުރި ދަށްޖާލު ކަލޭގެ އަށް ވުރެންވެސް ނުބާމީހުން ފަލަސްތީނުގެ ރައްޔިތުންނަށް ކާމި އާބާ އި ނަސްރު މިންވަރު ކުރަށްވާށި امين يارب العالمين