އިސްރާއީލް ސިފައިންގެ އަނިޔާވެރި، ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޒަހަމްވި އެއް ކުޑަ ކުއްޖަކީ އުމުރުން ހަ އަހަރުގެ ސުޒީއެވެ. ސުޒީއަށް ހޭވެރިކަން ވެރިވީ ކުށެއް ނެތި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އިސްރާއިލުން ޣައްޒާއަށް ދިން ހަމަލާއެއްގައި މަންމަ އާއި ބައްޕަ އާއި އާއިލާގެ ހަތަރު މެމްބަރުންނާއެކު ސުޒީ ދިރިއުޅެމުން ދިޔަ ގެ ވަނީ ސުންނާފަތިވެފައެވެ. ހަމަލާގައި މަންމަ އާއި އާއިލާގެ ދެން ތިބި ހަތަރު މީހުން ޝަހީދުވީއެވެ. ހަތް މެމްބަރުންގެ އާއިލާގެ ތެރެއިން ސަލާމަތްވީ ހަމައެކަނި ސުޒީ އާއި އޭނާގެ ބައްޕައެވެ.

އިމާރާތް ފުނޑު ފުނޑުވެ ބިމަށް އެޅިފައިވާ ގާތަކާއި، އެހެނިހެން ކުނިބުނިތަކުގެ ތެރޭގައި ސުޒީ ތާށިވެފައި ހަތް ގަޑި އިރު އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ. ރެސްކިއު ޓީމުގެ ބުރަ މަސައްކަތުން އެތަނުން ސަލާމަތްކޮށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާކުރުމަށް ޝިފާ ހޮސްޕިޓަލަށް ސުޒީ ފޮނުވިއެވެ. ސުޒީގެ ބައްޕަ ރިޔާދު އަށް ވެސް އަނިޔާވެ އެ ހޮސްޕިޓަލުގައި ފަރުވާދޭން ފެށިއެވެ.

ހަތް މެމްބަރުންގެ އާއިލާގެ ތެރެއިން ސަލާމަތްވި ފިރިހެން މީހާ.

ކުޑަ އަންހެން ކުއްޖެއްގެ ހަޔާތުގައި އެންމެ މުހިންމު މީހަކަށް މަންމަ ވާއިރު، އިސްރާއިލުގެ ނުބައި ނުލަފާ އަމަލުތަކުގެ ސަބަބުން މިއަދު ސުޒީ އެވަނީ މަންމަ އާއި ވަކިވާން މަޖުބޫރުވެފައެވެ. އާއިލާއާ ވަކިވެ، ނިކަމެތިވެފައި ޣައްޒާގައި އެތައް ކުދިންނެއް ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ދަރިފުޅާ، މާފް ކުރޭ. ދަރިފުޅު އެހީއަށް އެދި ގޮވި ވަގުތު ނުދެވުނީ" ހޮސްޕިޓަލަށް ފަރުވާއަށް ސުޒީ ގެންދެވުމުން ބައްޕަ ބުންޏެވެ. ސުޒީގެ ބައްޕަ ބުނެއެވެ.

އިސްރާއިލުން ދެމުން ގެންދާ ހަމަލާ ތަކުގައި އެތައް ބަޔަކަށް ދަނީ އަނިޔާވަމުންނެވެ. މިހާތަނަށް ޝަހީދުވި ކުޑަކުދިންގެ އަދަދު ވެސް ވަނީ 60 އަށް އަރައިފައެވެ. އަދި މި ހަމަނުޖެހުންތަކުގައި ޝަހީދުވި މީހުންގެ އަދަދު 211 އަށް ވަނީ އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އަބޫއޮށްބޮޑި

  ތިހެން ނުވީސް މަގުމަތީ އުޅުންނަމަ

  2
  17
 2. ނޫސްކިޔާމީހާ

  ބަ އިޑަންގެ ދަރި އާ އި އަނބި މީހާ ކާރު އެކްސިޑެޓްގަ ނިޔާވީމާ ދެރަވި ވާހަކަ ބުނި އެކަމު ފަލަސްތީނަށް ބޮން އަޅާ އާއިލާތަ އް މަރުވެދާ އިރު އެކަމަށް ތާ އީދު ކުރަނީ ކޮންކަހަލަ އަމި އްލަ އެދުން ބޮޑު މީހެ އް

  16