ކެނެޑާގައި އެއްގަމު އުޅަނދެއް ދުއްވަމުން ދިޔަ މީހަކު ގަސްދުގައި މުސްލިމް އާއިލާއަކަށް ހަމަލާދީ ބައެއް މީހުން މަރާލައިފިއެވެ.
މި ވެހިކަލް ޖެއްސުމާ ގުޅިގެން މަރުވެފައި ވަނީ 77 އަހަރާއި 44 އަހަރުގެ އަންހެނަކާއި 46 އަހަރުގެ ފިރިހެނެއްގެ އިތުރުން 15 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި މި ހާދިސާއާ ގުޅިގެން ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް މި މީހުންނަށް ހަމަލާ ދިނުމަށް ބޭނުން ކުރީ ކޮން ކަހަލަ އުޅަނދެއް ކަމެއް ރިޕޯޓުކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކެނެޑާގެ ލަންޑަން ސިޓީގެ މަގުމަތީގައި ކަމަށް ނޫސްތަކުން ރިޕޯޓު ކުރެއެވެ. އަދި މި ހާދިސާގައި އުޅަނދުން ޖެހި އަނިޔާވި ކުއްޖާ އާއި މަރުވި ހަތަރު މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށްވެއެވެ.
"މިއީ ގަސްދުގައި މަރާލަން ނިންމައިގެން މުސްލިމުންނާ ދެކޮޅަށް ދިން ހަމަލާއެއް" ލަންޑަނުގެ މޭޔަރު އެޑް ހޯލްޑާ ވިދާޅުވިއެވެ.
އެއްގަމު އުޅަނދަކުން ޖައްސައި މުސްލިމުން ތަކަކަށް ހަމަލާދިން މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮންޓާރިއޯގައި ހިނގި ހާދިސާއާ ގުޅިގެެން ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. މިއީ މުސްލިމުންނަށް އޮތް ހަސަދައެއްގެ ބޮޑުކަމުން ދިން ހަމަލާއެއް ކަމަށް ސިފަކޮށް، އަނިޔާވި ކުޑަ ކުއްޖާއަށް އަވަސް ޝިފާއެއް ދެއްވުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ.
ބޮޑުވަޒީރު ވިދާޅުވީ އޭނާ ހުންނެވީ މުސްލިމުންނާ އެކުގައި ކަމަށާއި، މުޖްތަމައުގެ ތެރޭގައި މުސްލިމުންނާއި ދެކޮޅު ހަމަލާތައް ދިނުމަށް ޖާގަ ނުދޭނެ ކަމަށެވެ.
ތިޔަކާފިރުންގެ ދުއްތުރާބޮޑުވެ މުދުނިޔޭގަ މުސްލިމުންނަށް ނޫޅެވޭ ހިސާބަށްކަންތައްދަނީ.
މުސްލިމުންނަކީ އަމިއްލައަށް ބަލިވެގެން ހަރުބީ
ކާފިރުން ހެދިއެއްޗެއްހެދިގެން ތިބޭބައަކަށްވެގެން
ގޮސް ފިނޑިންނަށްވެއްޖެ. މީވަރަށް ދެރަވަރުގެ ކަމެއް. މުސްލިމުންނަކީ ޣައިރު މުސްލިމު ހެދިކޮންމެގޮތަކަށް ރުހިޤަބޫލުވެގެންތިބެންޖެހޭ ބައެއްބާއޭ ހިތައްއަރާ!
މިއުޅޭ އިސްލާމޯފޯބުން މުސްލިމުންނަށް ގޯނާކޮށް އަނިޔާކުރަނީ މުސްލިމުން އެމީހުންނަށް އަނިޔާދީ ގޯނާ ކުރާތީއެއްނޫނެވެ. އިސްލާމްދީނުގައި އޮންނަ އުސޫލުގެ ތެރެއިން ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރާތީއެވެ. ދުނިޔޭގައި މުސްލިމުންގެ ނަމުގައި ތިބެ ޖާނުން ފިދާވުމުގެ ހަމަލާތަކާއި ބޮންގޮއްވުންތައް ފަދަ ޓެރަރިސްޓު ހަމަލާތައްދެނީ ކާފަރުންގެ އެޖެންޓުންނާއި ޖާސޫސުންނެވެ. އެކަންކަމާއި މުސްލިމުންނާއި އެއްވެސް ގުޅުމެއް ނެތެވެ. އަދި ނުވެސް ގުޅުވޭނެއެވެ.