ދުނިޔޭގައި މިހާރު އޮތީ ފަސް ކަނޑު ކަމަށް ނެޝެނަލް ޖިއޮގްރަފިކް ސޮސައިޓީ އިން ބުނެފި އެވެ.

ނަން ޕްރޮފިޓް އޮގަނައިޒޭޝަނެއް ކަމަށްވާ ނެޝެނަލް ޖިއޮގްރަފިކް ސޮސައިޓީ ބުނާގޮތުގައި މިހާރު ދުނިޔޭގައި ފަސް ކަނޑު އެބައޮތެވެ. އެގޮތުން ފަސްވަނައަށް ދުނިޔޭގެ ކަނޑުގެ ލިސްޓުން ޖާގަހޯދާފައި ވަނީ އެންޓާޓިކާގެ ވަށައިގެންވާ ކަނޑެވެ.

1915 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ޗާޓު ހަދަމުންދާ ނޭޝަނަލް ޖިއޮގްރަފިކް ސޮސައިޓީ އިން ބުނީ ދުނިޔޭގެ ފަސްވަނަ އަށް އޮތް ކަނޑަކީ ސަދާން އޯޝަން ކަމަށެވެ. މި ލިސްޓުގައި ދެން ހިމެނޭ ކަނޑުތަކަކީ އެޓްލާންޓިކް ކަނޑު، ޕެސިފިކް ކަނޑު، އިންޑިއާ ކަނޑު އަދި އާކްޓިކް ކަނޑެވެ.

ނެޝެނަލް ޖިއޮގްރަފިކް އިން ބުނީ އެ ސޮސައިޓީ ދިރާސާކުރާ ފަރާތްތަކުން ފަސްވަނަ ކަނޑެއްގެ ގޮތުގައި ސަދާން އޯޝަން ނިންމީ އެ ކަނޑުގައި ވަކި ގޮތަކަށް ރާޅުނަގައި ދިޔަވަރު ވަކި ގޮތަކަށް އުފެދޭތީ އެވެ.

ނެޝެނަލް ޖިއޮގްރަފިކްގެ ޖިއޮގްރަފަރ އެއް ބުނެފައިވާ ގޮތުގައި 'ސަދަން އޯޝަން' އަކީ ވަކި ކަނޑެއްގެ ގޮތުގައި ކަނޑައަޅަން މީގެ ކުރިން ވެސް މަޝްވަރާތައް ކުރެވުނެވެ. ނަމަވެސް ރަސްމީކޮށް އެކަނޑު ވަކި ކަނޑެއްގެ ގޮތުގައި ހަމަޖެހުން ލަސްވީ ހުރިހާ ފަރާތްތަކުން އެކަމަށް އެއްބަސްވެފައި ނުވާތީ އެވެ.

ކަނޑުތައް ދިރާސާކުރާ ފަރާތްތަކުން 'ސަދާން އޮޝަން' ދިރާސާ ކުރާތާ ގިނަ އަހަރުތަކެއް ވަނީ ވެފަ އެވެ. މި ކަނޑަކީ ދުނިޔޭގައި އޮތް އެންމެ ކުޑަ ކަނޑެވެ. ރަސްމީކޮށް 'ސަދާން އޮޝަން' ދުނިޔޭގެ ވަކި ކަނޑެއްގެ ގޮތުގައި ހަމަޖެއްސީ މި އަހަރުގެ ކަނޑުތަކުގެ ދުވަހުގައި އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކުރުސް

    ލޮލް

  2. ޙސނ

    7 ކަނޑު އެބައޮއް..ތިމީހުނައް ނަޭގެނީ ތާ

  3. ޖާބިރު

    ކާށިދޫކަނޑު ތިލިސްޓަށް އިތުރުކުރަން އަޅުގަނޑުމަޖިލީހުގައި ވަކާލާތުކުރާނަން..

  4. ޢަޒު

    ކޮބާ ހުވަދޫ ކަނޑު؟ކަނޑުނުކުމެގެން އަތޮޅަށް ވަދެވެނީ ސޕީޑް ލޯނޗުގަ 4 ގަޑި ދޯނީގަ 8 ގަޑި ބޯޓްފާރުގަ 12 ގަޑި

  5. ނޮސް

    ތި ލިސްޓަށް ކެނެރީގެ ވެސް އިތުރުކުރަން ޖެހޭ. އެއީ ތިވެސް ބޮޑު ކަނޑެއް ވިއްޔަ މި ގައުމުގައި އޮތް ބިރުވެރި