ފްރާންސްގެ ރައީސް މެކްރޮންގެ ކަންކަށިމަތީގައި ޖެހި މީހާ ހަތަރު މަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
ފްރާންސްގެ ރައީސް އެމާނުއެލް މެކްރޮންގެ ކަންކަށިމަތީގައި ޖަހާފައި ވަނީ ފްރާންސްގެ ރައްޔިތެއް ކަމަށްވާ ޑޭމިއެން ޓެރަލް އެވެ. ރައީސް މެކްރޮންގެ ކަންކަށިމަތީގައި ޓެރަލް ޖަހާފައިވަނީ ދެކުނު ހުޅަނގު ފްރާންސްގެ ޑްރޯމްގައި އެޤައުމުގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުން ދަނިކޮށެވެ.
މި މައްސަލަ އާއި ގުޅިގެން ޓެރަލް ކޯޓަށް ގެންދިއުމުން އޭނާ ބުނީ ރައީސްގެ ކަންކަށިމަތީގައި ޖެހީ ގަސްދުގައި ނޫންކަމަށެވެ. ނަމަވެސް މީސްމީޑިޔާގައި އާންމުވެފައިވާ ވީޑިއޯގައި ފްރާންސްގެ ރައީސްގެ ކަންކަށިމަތީގައި ޓެރަލް ޖަހާ މަންޒަރު ފެނެ އެވެ. އަދި ފުލުހުން އެކަން ހުއްޓުވާ މަންޒަރުވެސް ފެނެ އެވެ.
ރައީސްގެ ކަންކަށިމަތީގައި ޖެހި މަންޒަރު ވީޑިއޯކޮށްފައިވާ މީހާއާއި މެދުވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ. އޭނާ އާއި މެދު ފިޔަވަޅު އެޅީ އެ މަންޒަރު ވީޑިއޯ ކުރުމުގައި ބައިވެރި ވުމުންނެވެ.
28 އަހަރުގެ ޓެރަލް ކޯޓުގައި ބުނެފައިވާގޮތުގައި އޭނާ އަސްލު އުޅުނީ ފްރާންސްގެ ރައީސްގެ ބޮލަށް ބިހެއް ތަޅާށެވެ. ނުވަތަ ކްރީމް ކޭކެއް ޖަހައި ފާހަގަ ކުރެވޭވަރުގެ ކަމެއް ކުރަން ކަމަށް އޭނާ ބުންޏެވެ.
ރައީސް މެކްރޮންގެ ކަންކަށިމަތީގައި ޖެހި މައްސަލަ އެޤައުމުގެ ސިޔާސީ ފަރާތްތަކުން ދަނީ ކުއްވެރި ކުރަމުންނެވެ. މިމައްސަލައާއި ގުޅިގެން މެކްރޮން ބުނީ އަނިޔާވެރިކަމާއި ނަފްރަތް އުފެއްދުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ކަމަށެވެ.
މެކްރޮންގެ ކަންކަށިމަތީގައި ޖަހައި ހިނގި މި އަމަލު ހިނގާފައި މިވަނީ އެޤައުމުގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް މެކްރޯން ވެސް ތައްޔާރުވަމުން ދަނިކޮށެވެ.
ތި ހީވަނީ ލޯބީގެ މައްސަލައެއްހެން.
އަދި ތިން ހަތަރު ބުރު ޖަހާލިނަމަ
މިޤައުމުގާނަމަ ތަހުޤީޤުވެސް ނިމޭނީ 4 މަސްފަހުން.