ޣައްޒާގެ ހާލަތު އޮތީ އަނެއްކާވެސް ހަނގުރާމައެއްގެ ތުންފަތްމަތީގައިކަމަށާއި، 2014 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމަށް އިޒްރާއިލާއި ހަމާސް ޖަމާއަތުން ޢަމަލުނުކޮށްފިނަމަ، ކަންތައްތައް އިތުރަށް ގޯސްވެދާނެކަމަށް އދ.ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ގުޓެރޭޒް މިހެން ވިދާޅުވެފައިވަނީ އޭނާ ނެރުއްވި ނޫސް ބަޔާނެއްގައެވެ.

މި ބަޔާނުގައި އޭނާ ވިދާޅުވެފައިވަނީ، ދެ ޤައުމު ގުޅޭ ބޯޑަރު ސަރަޙައްދުގައި، އިޒްރާއިލު ސިފައިން ހަތިޔާރު ބޭނުންކޮށް، އާއްމުންނާ އަމާޒުކޮށް ބަޑި ޖަހަމުންދާތީ، އެކަމާ ކަންބޮޑުވެ ހައިރާންވާކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އަސްކަރިއްޔާއިން ބާރުގެ ބޭނުންކުރުމުގައި "އެކަށީގެންވާ މިންވަރަށް ވުރެ އިތުރަށް ބޭނުންކޮށްގެން ނުވާނެ" ކަމަށެވެ.

އެންޓޯނިޔޯ ގުޓެރޭޒް

ހަމައެހެންމެ، އެސަރަޙައްދުގައި ކުރިއަށް ދާ މުޒާހަރާތައް ކަވަރުކުރުމަށް ހަރަކާތްތެރިވަމުންދިޔަ ދެ ނޫސްވެރިޔަކާއި، މުޒާހަރާގައި ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވަމުންދިޔަ ޞިއްޙީ އެހީތެރިއެއްގެ ގަޔަށް ބަޑި ޖަހައި މަރާލުން، އޭނާވަނީ ކުށްވެރި ކުރައްވާފައެވެ. އަދި، އެފަރާތްތަކަށް އެއްވެސް ބިރެއް ނެތި އެމީހުންގެ ޒިންމާތައް އަދާކުރެވެން ޖެހޭނެކަމަށް ވިދާޅުވެފައިވެއެވެ.

މީގެއިތުރުންވެސް، ގުޓެރޭޒް ވިދާޅުވެފައިވަނީ ހަމާސް ޖަމާއަތުންވެސް، މިކަން ހައްލުކުރުމަށް ފިޔަވަޅު އަޅަން ޖެހޭކަމަށެވެ.

އދ. އިން މިފަދަ ބަޔާނެއް ނެރުމަށް ދުވަސްތަކެއް ނެގިއިރު، މިކަމުގެ ސަބަބުން ޣައްޒާގެ މަޝްރަހަށް އެއްވެސް ލުޔެއް ނުވަތަ ހައްލެއްވެސް ނުލިބޭނެކަމަށް، ބައިނަލްއަޤުވާމީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއްޖެ

    ކިތައް މީހުން މަރުވީމަ ހަގުރާމައެއް ފެށުނު ކަމަށް ވަނީ؟

  2. ކިޔުންތެރިއެއް

    އދ. ދެންވެސް ބައިނަލް އަގުވާމީ ޖަމާއަތްތަކުން ތިބޭތި ކަންބޮޑުވުން އަނގަ ބަހުން ފާޅުކޮށް އިސްރާއިލްގެ ލާއިންސާނީ އަމަލުތައް ކުއްވެރިކުރަން. އެނޫން ކަމެއް ވާބައެއް ނޫން ތީކީއެއް. ނަމެއްގަ މުސްލިމް ގައުމުތަކާއި ދައުލަތްތައް މި ދުނިޔެއިންވެސް ފޮހެލަން ހަދާފަ ހުރި ޖަމާއަތްތަކެއްތީ. އިސްރާއިލަކީ އޮންނަ ގައުމެއްވެސް ނޫން. ފަލަސްތީނުގެ ބިންތަކަށް އަރައިގެން އެމީހުންގެ އެތަށް ބަޔަކު ޝަހީދު ކުރަމުން ދާއިރު ތި ޖަމްއިއްޔާތަކުގެ ޒިންމާއަކަށް ވާންޖެހެނީ ހަމަ އެކަނި އެކަން ކުއްވެރި ކުރުންތަ؟ އެހެންވެއްޖެއްޔާ ތީ ދީނީ އަދި ސިޔާސީ ގޮތުން ވަކި ކޮޅަކަށް ޖެހި ކޮރަޕްޓް ވެފަ ހުރި ޖަމާއަތްތަކެއް. ތިކަހަލަ ޖަމާއަތްތަކެއްގެ ބޭނުމެއް ނެތް. މިއަދު ތިހެން މިދުނިޔެ މަތީގައި އަޑިއަޑިން ކުޅިވަރު ކުޅެވޭނެ. އެކަމަކު އެދުވަހުން ބޮޑުވެގެންވާ އަޒާބު ލިބޭއިރު އިސްރާއިލްގެ އެއްވެސް ބޮމެއް އަދި ބަޑިއެއް ވެސް މަސައްކަތް ނުކުރާނެ އަދި ތިގެން އެކަކުވެސ

  3. ކިޔުންތެރިއެއް

    އދ. ދެންވެސް ބައިނަލް އަގުވާމީ ޖަމާއަތްތަކުން ތިބޭތި ކަންބޮޑުވުން އަނގަ ބަހުން ފާޅުކޮށް އިސްރާއިލްގެ ލާއިންސާނީ އަމަލުތައް ކުއްވެރިކުރަން. އެނޫން ކަމެއް ވާބައެއް ނޫން ތީކީއެއް. ނަމެއްގަ މުސްލިމް ގައުމުތަކާއި ދައުލަތްތައް މި ދުނިޔެއިންވެސް ފޮހެލަން ހަދާފަ ހުރި ޖަމާއަތްތަކެއްތީ. އިސްރާއިލަކީ އޮންނަ ގައުމެއްވެސް ނޫން. ފަލަސްތީނުގެ ބިންތަކަށް އަރައިގެން އެމީހުންގެ އެތަށް ބަޔަކު ޝަހީދު ކުރަމުން ދާއިރު ތި ޖަމްއިއްޔާތަކުގެ ޒިންމާއަކަށް ވާންޖެހެނީ ހަމަ އެކަނި އެކަން ކުއްވެރި ކުރުންތަ؟ އެހެންވެއްޖެއްޔާ ތީ ދީނީ އަދި ސިޔާސީ ގޮތުން ވަކި ކޮޅަކަށް ޖެހި ކޮރަޕްޓް ވެފަ ހުރި ޖަމާއަތްތަކެއް. ތިކަހަލަ ޖަމާއަތްތަކެއްގެ ބޭނުމެއް ނެތް. މިއަދު ތިހެން މިދުނިޔެ މަތީގައި އަޑިއަޑިން ކުޅިވަރު ކުޅެވޭނެ. އެކަމަކު އެދުވަހުން ބޮޑުވެގެންވާ އަޒާބު ލިބޭއިރު އިސްރާއިލްގެ އެއްވެސް ބޮމެއް އަދި ބަޑިއެއް ވެސް މަސައްކަތް ނުކުރާނެ އަދި ތިގެން އެކަކުވެސް ސަލާމަތް ނުވާނެކަން ހަދާން ބަހައްޓާތި. ދެން އެމެރިކާގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ. ހުރިހާ ގައުމުތަކެއްގަ ދިމާވާ މައްސަލަތައް ހައްލުކުރާށޭ ކިޔާފަ ގައުމުތަކުގެ ދާހިލީ ކަންކަމަށް ވަދެ އެއްގައުމު ދެގައުމާ ޖައްސާ، އިރާގާ އިރާނާ ޖައްސާ، ނޯތް ކޮރެއާއާއި ސައުތު ކޮރެއާއި ޖައްސާ މުޅި ދުނިޔޭގެ ގައުމުތައް ދުޝްމަނުންތަކަށް ހަދާފަ މިހުރީ. މާ ހެޔޮ އެދޭ ބަޔަކަށް ވެގެން އިސްރާއިލަށް އެންމެ 50 ސިފައިން ފޮނުވާފަ ފަލަސްތީނަށް އެހީވުމުގެ ބަދަލުގައި ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރަމުންދާ އިސްރާއިލަށް ހަތިޔާރި އެއްޗެހި ފޯރުކޮށްދީ މުސްލިމުންގެ މުޣައްދަސް ބިމުގައި މިމީހުންގެ އެމްބަސީ ބަހައްޓާއިރު ލަދެއް ހަޔާތެއް ނެތޭ. އަދި މިހާރު އެބަ އުޅެއެއްނު މާ ރަނގަޅު ބަޔަކަށްވެގެން ފަލަސްތީނަށް އެހީވާށޭ ކިޔާފަ އެހެން މުސްލިމް ގައުމުތައް ކަމައްވާ ސައުދި އަރަބިއާއާއި، ޔޫއޭއީއާއި ގަތަރުގެ ފަރާތުން މާލީ އެހީތެރިކަންދޭ ކަމުގެ ނަމުގަ ފަލަސްތީނުގެ ބިންތައް އިސްރާއިލްއަށް ދިނުމުގެ ޕްރޮޕެގެންޑާ ފަތުރަން. އެމެރިކާ ތިއޮތީ ވެއްޓެން ހުރި އެންމެ ދަށުދަރަޖައަށް ވެއްޓިފަ. މިނޫން ދުވަހެއް އެބައޮތް. އެދުވަހުން އިންސާފު ކުރެވޭނެ އެންމެ ފުރިހަމައަށް. އަހަރެން ދުއާ ކުރާނަން އެމެރިކާއާ އިސްރާއިލްގެ ޕްލޭން ފެއިލްވެ މިދުނިޔޭގަ ވެސް ބޭޒާރުވެ އެކަލާނގެ ކޯފާ ލިބެން.