ކޮވިޑް-19 އިން ދިފާއުވުމަށް ތައްޔާރު ކުރި ކޮވިޝީލްޑް ވެކްސިން ޑޯޒެއް ޖެހުމަށް ފަހު އޭގެ ހަތަރު ހަފްތާ ފަހުން ފައިޒާ ވެކްސިން ޑޯޒެއް ޖަހައި ވެކްސިނުގެ ދެ ޑޯޒް ފުރިހަމަ ކުރުމުން އިމިއުނިޓީ ބޫސްޓް ކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އޮކްސްފޯޑް ޔުނިވާސިޓީން ކުރި ދިރާސާއިން ދައްކާ ގޮތުން ފައިޒާ އާއި ކޮވިޝީލްޑް ވެކްސިނަކީ ވެސް ކޮވިޑުން ދިފާއުވުމަށް ތައްޔާރު ކޮށްފައިވާ ބާރުގަދަ، ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް އެހީތެރިވެދޭ ވެކްސިންތަކެކެވެ. އެހެން ކަމުން ދެ ވައްތަރުގެ ދެ ޑޯޒް ޖެހިކަމަށް ވިޔަސް، އޭގެ ސަބަބުން ހަށިގަނޑަށް ރައްކާތެރިކަން ލިބޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވިއެވެ.

ޔޫރަޕުގެ ގައުމުތަކުގައި ކޮވިޝީލްޑް ވެކްސިނުގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަ ދިމާވާ ކަމަށް ބުނެ ކޮވިޝީލްޑް ވެކްސިން ދިނުން ވަނީ ހުއްޓާލައިފައެވެ. އެފަދަ ގައުމުތަކުގައި ކޮވިޝީލްޑްގެ ބަދަލުގައި ދެ ވަނަ ޑޯޒް އަަކަށް ދެމުން އަންނަނީ އެހެން ވައްތަރެއްގެ ވެކްސިނެކެވެ. އޮކްސްފޯޑް ޔުނިވާސިޓީން ކުރި ދިރާސާއިން ލިބޭ މައުލޫމާތަކީ ޔޫރަޕުގެ ބައެއް ގައުމުތަކުން ނިންމާފައިވާ ނިންމުމަށް އިތުރު ހިތްވަރެެެއްް ލިބިގެންދާނެ މައުލޫމާތު ތަކެކެވެ.

އެ ޔުނިވާސިޓީގެ ދިރާސާތަކުން އެނގޭ ގޮތުގައި ދެ ވައްތަރުގެ ދެ ޑޯޒު ވެކްސިން ޖެހުމުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ހާލަތަށް މިހާގެ ބަލި ހާލަތުނުދެއެވެ. އަދި އެންމެ ނުރައްކާތެރި ކޮވިޑް ވޭރިއަންޓުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމުއްޔާ، ޑަބްލިއުއެޗްއޯއިން ފާހަގަ ކޮށްފައިވާ ޑެލްޓާ ވޭރިއަންޓާއި ދެކޮޅަށް މަސައްކަތް ކުރާކަންވެސް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގިފައިވާ ކަމަށެވެ. އޭގެ އިތުރުން ދެ ވައްތަރުގެ ދެ ޑޯޒް ޖެހުމުން ވެކްސިނުގެ ސައިޑް އިފެކްޓް އިތުރުވެފައިވާ ނުވާކަމަށް ދިރާސާގެ އަލީގައި ތަޖުރިބާކާރުން ވިދާޅުވެއެވެ.

ދިރާސާ ކޮށްފައިވަނީ 830 މީހަކު ބައިވެރިކޮށް، ކޮވިޝީލްޑް ވެކްސިން ޖަހާތާ ހަތަރު ހަފްތާ ފަހުން އެހެން ވައްތަރެއްގެ ވެކްސިނެއް ޖަހައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝާނީ

    މަގޭ ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖެހިފަހުން މިހާރު 4 މަސްވީ، ދެން .......

    5
    1
    • ޢަހުމަދު1

      ދެން ލަލަލަ

  2. ހުސޭނުބޭ

    އަހުން ފާއިޒާ ވެކްސިން ޖެހީމާ ހަދާންވަނީ މައިމޫނާ މަތިން

  3. ޝިމް

    އޭރުން ފަޅާނީ އަލަގަހަކުން ކެޔޮނިރެއް