ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންނަށްވުރެ، ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ރައްކާތެރިކަން ލިބޭ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން އާއްމުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ބަލި ޖެހި ރަނގަޅުވެފައިވާ މީހުންނަށް ދެވަނަ ފަހަރު ބަލި ނުޖެހުމުގެ 83 އިންސައްތަ އޮވެއެވެ. އެހެން ނަމަވެސް އެހެން މީހުންގެ ފަރާތުން ބަލި ޖެހުމުގެ ފުރުސަތު އެފަރާތްތަކަށް އޮންނާނެ ކަމަށް އެ ދިރާސާއިން ދައްކައެވެ.

އެގައުމުން ހެދި އިތުރު ދިރާސާއަކުން ދައްކާ ގޮތުގައި ބަލިން ރަނގަޅުވެފައިވާ މީހުންނަށް ދެވަނަ ފަހަރު ބަލި ޖެހުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އެމީހުންގެ ނޭފަތާއި ކަރު ތެރޭގައި ބަލި ހުންނާނެ ކަމަށާއި އެހެން ކަމުން އެހެން މީހުންނަށް ވެސް ބަލި ފެތުރޭނެ ކަމަށް އެދިރާސާގައި ވަނީ ދައްކާފައެވެ.

އެހެން ކަމުން މިހާތަނަށް ހަދާފައިވާ ދިރާސަތަކަށް ބަލާއިރު، ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށްވުރެ، ވެކްސިން ޖަހާފައިވާ މީހުންނަށް ރައްކާތެރިކަން ލިބިދެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރު ކޮށްފައިވާ ވެކްސިންތަކަކީ ގަރުނުތަކެއް ވަންދެން ބޭނުން ކުރަމުން އައި ސައިންސްގެ އަލީގައި ރައްކާތެރިކަން ފޯރުކޮށްދޭގޮތަށް އުފައްދާފައިވާ ވެކްސިނެކެވެ. މި ވެކްސިން އިންސާނުންގެ ގަޔަށް ޖެހުމުގެ ކުރިން ވަނީ ހުރިހާ މަރުހަލާއެއް ފުރިހަމަ ކޮށްފައެވެ.

ސައިންސްވެރިން ދޭ ނަސޭހަތަކީ ކޮވިޑް ޖެހިފައި ތިއްބަސް ވެކްސިން ޖެހުމެވެ. އެއީ ވެކްސިންގެ ސަބަބުން ހަށިގަނޑުގެ ތެރެއަށް ބަލި ވަނުން ދަށް ކޮށްދީ، ޖެހި ރަނގަޅުވެފައިވާ މީހުންނަށް ވެސް ދިފާއު ކޮށްދޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ކޮވިޑް ޖެހުނު މީހުންނަށްވުރެ ބޮޑަށް ވެކްސިންޖެހި މީހުންނަށް ރައްކާތެރުކަން ލިބޭ!
    ޝުރުޚީ ރަގަޅުކޮށްލައްވާ!

  2. އައަ

    ވެކްސިނަށްވުރެއް ކޮވިޑް ޖެހުމުން ލުއި ލިބޭ ދިރާސާ

    3
    1
  3. ބަރަނި

    އެކަމެއްނޭގުނުތާ؟އޮޅުވާލައިގެން ކަރަންޓީން ވާކަށް ނުޖެހޭނެޔޭ ކިޔާ އަހަރުމެންލައްވާ ކިޔުގަތިބެގެން އެތަކެއް ތަކުލީފެއް ޖައްސައިގެ ްވެކުސިން ޖަހައިފީމު.އެކަމަކު މިހާރު ރާގު ބަދަލުވެ ކީހާ ޅެމެއް ފަރިއްސަށް ބަދަލު ވެއްޖެ.އެހެންވީމަ މިބުނަނީ މީ މަކަރާ ހީލަތާ އޮޅުވާލުމާ ކަރަޕްޝަން އިންތިހާއަށް އޮތް ވެރިކަމެކޭ.އަހަރުމެން ދެން މިމީހުންނަށް ދޭނެ ވޯތެއްނެތް.