ވެކްސިނާއި، އިގްތިސާދީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެ ޕެސިފިކް އައިލެންޑް ނޭޝަންތަކުން ޗައިނާގެ ނިންމުންތަކާ ދެކޮޅަށް ތެދުވުމަށް ޖަޕާނުން ގޮވާލައިފިއެވެ.

ޖަޕާނުން މިހެން ގޮވާލައިފައިވަނީ ހުކުރު ދުވަހު ކުރިޔަށްދިޔަ ސަމިޓުގެ ތެރެއިންނެވެ.

އޮސްޓްރޭލިއާ އަދި ނިއުޒިލެންޑް ހިމެނޭހެން 16 ގައުމެއް ޖަޕާނުން ވަނީ ފާހަގަ ކޮށްފައެވެ.

ޗައިނާއިން އެދެނީ ޖަޕާނާއި ޓައިވާނުން އެގައުމާއި ގުޅުން ބަދަހިކުރުމަށެވެ.

ޖަޕާނުގެ ޑެޕިއުޓީ ޗީފް ކެބިނެޓް ސެކްރެޓަރީ މަނަބޫ ސަކައީ ވިދާޅުވީ ސަމިޓަށް ފަހު އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. ޖަޕާނުން ވަނީ އައިލެންޑް ނޭޝަންސްތަކަށް ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރުމުގައި، ސިނާއީ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށް ބުނެފައެވެ. އެގޮތުން، މި މަސް ތެރޭގައި ތިން މިލިއަން ޑޯޒްްގެ ވެކްސިން ޝިޕްމެންޓެއް ފޮނުވާނެކަަމަށް ބުނެފައިވެެއެވެ.

ޗައިނާއިން ޓައިވާން އެކަހެރި ކޮށްލުމަށް މަސައްކަތްކޮށް، އެކަމުގައި އައިލެންޑް ނޭޝަންތަކުން އެއްބާރުލުން ދިނުމަށް މަސައްކަތް ކުރުވަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެގޮތުން ޗައިނާއިން އެދިގެން ޓައިވާނާއި ބައެއް ގައުމުތަކުން ވަނީ ގުޅުން ކަނޑައިފައެވެ.

ޗައިނާގެ ނުފޫޒު އެކި ގޮތްގޮތުން ޓައިވާނަށް އަންނަނީ ފޯރުވަމުންނެވެ. މިކަމާ ގުޅިގެން މިދިޔަ ހަފްތާގައި ޖަޕާނުގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރ ވަނީ އިންޒާރު ދެއްވާފައެވެ. ރުއީ މަޓްސުކަވާ ވިދާޅުވީ ޗައިނާގެ އަތްދަށުން ޓައިވާން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.