ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ނުޖެހި ސީއެންއެންގެ ތިން މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފިއެވެ.

ސީއެންއެން އިން ވަނީ ކޮވިޑް ވެކްސިން ނުޖަހައި ވަޒީފާ އިން ނިކުތް ތިން މުވައްޒަފަކު ވަޒީފާ އިން ވަކިކުރިކަން ކަށަވަރު ކޮށްދީފައެވެ.

ސީއެންއެންގެ ރައީސް ޖެފް ޒޫކާ އެކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ ސީއެންއެންގެ ޒިންމާ އަކީ ހަމައެކަނި ވެކްސިން ޕްރޮމޯޓް ކުރުން ނޫން ކަމަށާއި ވެކްސިނުން ރައްކާތެރިކަން ކަށަވަރު ކޮށްދޭކަން އަމަލާއި ބަހުން ސާބިތު ވެސް ކޮށްދޭން ޖެހޭނެ ކަމަށެވެ. "ވެކްސިން ނުޖަހައި ވަޒީފާ އަށް ނިކުތް ތިން މުވައްޒަފަކު ވަނީ މިދިޔަ ހަފްތާގައި ވަޒީފާ އިން ވަކިކޮށްފައި." ޖެފްގެ މެމޯގައި ބުނެފައި ވެއެވެ.

ތިން މުވައްޒަފަކު ވަޒީފާ އިން ވަކިކުރިކަން ސީއެންއެން އިން ކަށަވަރު ކޮށްދިން ނަމަވެސް އެމުވައްޒަފުންގެ އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ. އެހެންކަމުން އެމުވައްޒަފުންނަކީ ކޮން ޑިޕާޓްމަންޓްތަކެއްގައި މަސައްކަތް ކުރި މުވައްޒަފުންކަމެއް ސާފެއް ނުވެއެވެ.

ވެކްސިން ނުޖެހި ތިން މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމުން ސީއެންއެން އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޒޫމް ކޯލްތައް ކޮށް މުވައްޒަފުންގެ ކުރިމަތީގައި ބަދުއަހްލާގީ އަމަލުތައް ހިންގާ މުވައްޒަފުންނަށް ސީއެންއެންގެ ވަޒީފާގައި ތިބެވޭއިރު ވެކްސިން ފުރިހަމަ ނުކޮށްގެން ވަޒީފާ އިން ވަކިކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

ސިއްހީ އެކިސަބަބުތައް ހުރެގެން ވެސް ވެކްސިން ނުޖެހޭނެ، ނުވަތަ ވެކްސިން ޖަހަން ޖެހިލުން ވެދާނެ މީހުން ތިބެދާނެ ކަމަށާއި އެހެންކަމުން ހުރިހާ އެންމެން ވެކްސިން ޖެހުން މަޖުބޫރު ނުކުރެވޭނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

އެމެރިކާގެ ވަރަށް ގިނަ ކުންފުނިތަކުން މިހާރު ދަނީ ވެކްސިން ޖެހުން މުވައްޒަފުންނަށް މަޖުބޫރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދް

    ސީއެންއެންނަކީ ބިޤްފާމުގެ ވެކްސިން (ބަޔޯ ވިހަ ދިޔަވަރު)
    އިޝްތިހާރުކޮރާ ބައެެކެވެ.

  2. Der

    އެއީ މިނިވަންކަން ބިރަކާނުލާ މަޖާކުރުން އެކަމަކައް ފިޔަވަޅެއްނޭޅޭނެ