ފައިސާގެ މުއާމަލާތުތަކާ ގުޅިގެން ޗަައިނާ ސަރުކާރަށާއި އެ ގައުމުގެ އިގްތިސާދަށް ގެއްލުންވާ މައުލޫމާތުތައް އާންމުކުރާ ކޮމާޝިއަލް ޕްލެޓްފޯމްތަކާއި މީސް މީޑިއާ އެކައުންޓްތައް ޑައުން ކުރުމަށް ޗައިނާއިން ދެ މަސް ދުވަހުގެ ކެމްޕޭނެެއް ފަށައިފިއެވެ.

މި ކެމްޕޭނުގެ ދަށުން ބަލަމުން ގެންދާނީ ޗައިނާގެ އިގްތިސާދަށް ގެއްލުންވާ ގޮތަށް އާންމު ކޮށްފައިވާ މައުލޫމާތާއި، ޑޮމެސްޓިކް ޕޮލިސީތަކާ ގުޅިގެން ފަތުރަމުންދާ ދޮގު މައުލޫމާތު އަދި އިކޮނޮމިކް ޑޭޓާތައް ކަމަށް ޗައިނާގެ ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަނުން މިދިޔަ ހުކުރު ދުވަހު ބުނެފައިވެއެވެ.

އަދި ބޭރުގެ މީޑިއާތަކުން ޗައިނާގެ ޑޮމެސްޓިކް ފިނޭންޝަލް ޕޮލިސީތައް ގޯސްކޮށް ހިމަނައި ކޮށްފައިވާ ރިޕޯޓުތައް ޗައިނާގެ މީޑިއާތަކުން އަލުން ޝާއިއު ކޮށްފައިވާނަމަ އެކަންކަމަށް ވެސް ސަމާލުކަން ދޭނެކަމަށް ބުނެފައިވެއެވެ.

މި ކެމްޕޭނުގެ އަމާޒަކީ ޗައިނާގެ އިގްތިސާދަށް ގެއްލުންނުވާ ގޮތަށް އޮންލައިން އެންވިރޯންމެންޓް ބައްޓަން ކުރުންކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި އުސޫލުތަކާ ހިލާފަށް މައުލޫމާތުތައް ޝާއިއު ކޮށްފައިވާ ކޮމާޝިއަލް ވެބްސައިޓުތަކާއި މީސް މީޑިއާ ޕްލެޓްފޯމްތަކުން ފައިސާއާ ބެހޭ މައުލޫމާތު ހިއްސާ ކޮށްފައިވާނަމަ އެ މައުލޫމާތެއް ނަގައި، އެކައުންޓް ޑީއެކްޓިވޭޓް ކުރުމަށް އެންގިގެން ދާނެއެވެ. މި އުސޫލުތަކާއި އެއްގޮތައްތޯ މައުލޫމާތު ހިއްސާކުރަމުންދަނީ ބެލުމަށް ސައިބާސްޕޭސް އެޑްމިނިސްޓްރޭޓަރ، ފިނޭންސް މިނިސްޓްރީ، ސެންޓްރަލް ބޭންކް، ބޭންކިންގް އެންޑް އިންޝުއަރެންސް ރެގިއުލޭޓަރުން އަދި ސެކިއުރިޓީން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ބުނެފައިވެއެވެ.

ޓޭންސެންޓް ހޯލްޑިންގްސް، ޓިކްޓޮކް ފަދަ ޓެކްނޮލޮޖީ ކުންފުނިތައް އަދި ސޯޝިއަލް މީޑިއާ ޕްލެޓްފޯމްތަކުން ވަނީ މި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓުމަށް އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު