ވެކްސިނަށް ނުގުޑާ ވަރުގެ ކޮވިޑް-19ގެ އާ ވޭރިއެންޓެއް ދެކުނު އެފްރިކާއިން ފެނިއްޖެއެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެކުނު އެފްރިކާއިން ފެނިފައިވަނީ ކޮވިޑްގެ C.1.2. ވޭރިއެންޓެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ މޭއި މަހުގެ ތެރޭގައި އެގައުމުގެ ދެ ޕްރޮވިންސެއް ކަމަށްވާ އެމްޕުމަލަންގާ އާއި ގުޓެންގްއިންނެވެ.

މި ވޭރިއެންޓަކީ ކުރިން ފެނިފައިވާ ވޭރިއެންޓްތަކަށްވުރެ ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ އަދި މިހާތަނަށް ފެނިފައިވާ އެންމެ ނުރައްކާޓެރި ވޭރިއެންޓް ކަމަށްވާ ޑެލްޓާ ވޭރިއެންޓަށްވުރެ ދެގުނަ އަވަހަށް ފެތުރޭ ވޭރިއެންޓެކެވެ.

މި ވޭރިއެންޓް އެންމެ ފުރަތަމަ ދެކުނު އެފްރިކާއިން ފެނުނު ނަމަވެސް، މިހާރު ޗައިނާ، ނިއުޒިލޭން އަދި ސުވިޒަލޭންޑް ފަދަ ގައުމުތަކުގައި ވެސް މިހާރު މި ވޭރިއެންޓް ވަނީ ފެތުރެން ފަށާފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން، އެފްރިކާ އިން ފެނުނު ވޭރިއަންޓުގެ ބާރުގަދަކަމުން އެ ވޭރިއަންޓާ ދެކޮޅަށް ކޮވިޑު ވެކްސިންތައް މަސައްކަތް ނުކުރުމުގެ ބިރު އެބަ އޮތެވެ. އަދި އެކަން ޔަގީންކުރުމަށް އިތުރު ދިރާސާތައް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ބުންޏެވެ.

ދެކުނު އެފްރިކާއިން ނުރައްކާތެރި ވޭރިއެންޓެއް ފެނުމާއި ގުޅިގެން މިވަގުތު ސައިންސްވެރިންނާއި ގުޅިގެން ތަޖުރިބާކާރުން އަންނަނީ ބަލިން ރައްކާތެރިވުމަށް އިލްތިމާސްކޮށް އެކަމާއި ގުޅުން ހުރި ތަހުލީލުތައް ހަދަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާދަންބެ

    ވެކްސިނަށް ނުގުޑާވަރުގެ ވޭރިއަންޓެކޭ ބުނީމަ މަށަށް ކުޑަކޮށް ހެވިއްޖެ. ކޮން ވޭރިއެންޓެއްތަ ވެކްސިނަށް ގުޑީ؟ އެތައް ނަމެއްގަ އުފައްދާފަހުރި ވެކްސިން އެތައް މިލިއަން ބައެއްގެ ގަޔަށް ޖަހައިފި. ބަލިޖެހޭ މީހުންނަށް ބަލިޖެހެނީ. މަރުވާމީހުން މަރުވަނީ. މިހެންވީމަ ދަގަނޑާ އެކަތައިގެ ވޭރިއަންޓް ފެނުނަސް ވާނީ ހަމަ ވާނެއެއޗެއް ނޫންތަ؟

  2. މިހާރު

    މިހާރުވެސް ނުގުޑާ

  3. ހާސްނުވޭ

    ބޭހެއް ނެތް ބައްޔެއް ނޯންނާނެ ކަމަށް އަންގަވާފައި ވަނީ! އިންސާނުންނަށް އޮންނާނީ ހޯދައި ބެލުމެވެ. އެކަންތައް ސައިންސްވެރިން އެދަނީ ކުރަމުންނެވެ. އެހެންކަމުން ވެކްސިނަށް ނުގުޑަންޏާ ކޮންމެސް އެހެން ގޮތެއް އޮންނާނެ އެވެ. ﷲ އަށް ވަކީލްކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން އުޅެންވީ އެވެ.

    • ކިޔު

      އަދި މިތަންކޮޅުވެސް އިތުރުކޮށްލިނަމަ...ފަރުވާއެއް ނެތް
      ހަމައެކަނި ބައްޔަކީ މަރުބަލި..އެހެން ހުރިހާ ބައްޔަކަށްވެސް ފަރުވާއެއްވޭ...

  4. އާރރރރގ

    ތިޔަ ވެކުސިން ޖަހާ ކޮޅުން ލާނެ؟ މީގެން ލިބޭ ގެއްލުމުގެ ބަދަލު ﷲ ތަޢާލާގެ ހަޟްރަތުން ހޯދުމަށް އެދޭނަން. އެެދުވަހުން ހައްގު ލިބޭނެ. އެފަރާތަކީ އެންމެ އަދުލުވުރި ފަރާތް. ހަށިގަނޑުގަ ކޮވިޑް ޖެހިގެން އުފެދުނު އެންޓިބޮޑީ ހުއްޓަ އެތައް ވިހަ މާއްދައެއް ޖަހަން މަޖުބޫރު ކުރީ! މިކަމުގަ އުޅޭ އެންމެން ޒިންމަވާން ޖެހޭނެ ކޮންމެސް މިންވަރަކުން. އެދުވަހުން މަގޭ ފާފަ އުފުލަން ތައްޔާރަށް ތިބޭ،

    8
    1
  5. ހަގީގަތަކޫ

    ކޮބާތޯ މީހުންނައް މަޖްބޫރް ކުރުވައިގެންޖަހާވެކްސިންގެ ބޭނުމަކީ މިއަދު ގަބޫލް ކުރިޔަސް ނުކުރިޔަސް މާތްﷲ އައްދުއާކުރުންނޫންގޮތެއްނެތް އިނގިރޭސިވިލާތުން ކުރިދިރާސާއަކުންވެސް އެދައްކަނީ 2ޑޯޒް ހަމަކުރީމަ ނުރައްކާވާކަމައް މާތްﷲ އަޅަމެން މިނުރައްކާތެރިބަލިން ސަލާމަތްކޮއްދެއްވާފާންދޭވެ އާމީން

  6. އިޓް

    ތިއީ ކޮންމެވެސް ދުވަހަކުން ވާނެ ކަމަށް ކަމާބެހޭ ގިނަ މާހިރުން ލަފާކޮށްފަ އޮތް ކަމެއް. ވެކްސިން ޖެހީމަ ވައިރަސް ދަސްކުރާނެ ވެކްސިނުން އުފެދޭ ދިފާއު ފޫއަޅުވާލާނެ ގޮތް. އެހެންވީމަ ވެކްސިނަކީ އެއްގޮތަކުން ނުރައްކާތެރި ވޭރިއަންޓް އުފަންކުރުވާނެ ކަމެއް. އަސްލު ބަލިޖެހިގެން މީހާގެ ހަށިގަނޑު ރައްކާތެރިކޮށްދޭ ވަރަށްވުރެ ބޮޑަށް ވެކްސިނުން ރައްކާތެރިކޮށްދޭކަމަށް ދައްކަން އުޅުމަކީ އިންސާނުންގެ މޮޅުކަން ދައްކަން ބުނާ އެއްޗެއް. މާތްﷲ ފޮނުއްވި އެއްޗެއް އޭގެ މަގްސަދު ހާސިލްކުރާނެ ގޮތް މާތްﷲ މެދުވެރިކުރައްވާނެ. ބަލިޖެހިގެން މަރުވާން ލިއުއްވާފަވާނަމަ އެކަން ހުއްޓުވޭނީވެސް ހަމައެކަނި ތިމާ މާތް ﷲއަށް އަޅުކަން ކުރާ ގޮތަކުން.