މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމެއްގައި ލޮޅުންތަކެއް އައިސް އެކަކު މަރުވެއްޖެއެވެ.

ދަ ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ އިން ބުނީ މި ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 7.0 މެގްނެޓިއުޑް ބާރުމިނަށް އަރާ ކަމަށާއި، ބިންހެލުން އައީ ޓެކްސަސްގެ ސަން އައުގަސްޓިންގެ އިރު އުތުރުން ހަތަރު ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދަކަށް ކަމަށެވެ. މިއީ ޕެސިފިކްގެ ރިސޯޓް ސިޓީ އަކަޕުލްކޯ އާއި ގާތްގަނޑަކަށް އަށް މޭލު ދުރަށެވެ.

އެ ބިންލުން އައިސްފައި ވަނީ 7.8 މޭލު އަޑިއަށެވެ. އެ ބިންހެލުމަށްފަހު 92 އާފްޓާޝޮކްސް އައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މިީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ބިންހެލުމާއި ގުޅިގެން ދަ ނޭޝަނަލް އޯޝަނިކް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން އިން ސުނާމީގެ އިންޒާރު ނެރުނެވެ. ނަމަވެސް ފަހުން ސުނާމީގެ އިންޒާރު ވަނީ އުވައިލާފައެވެ.

މި ބިންހެލުމާއި ގުޅިގެން މަރުވެފައި ވަނީ އުމުރުން 19 އަހަރުގެ ޒުވާން ފިރިހެނެކެވެ.

މޭޔަރ ކްލައުޑީއާ ވިދާޅުވީ، އެ ގައުމުގެ ވެރިކަން ކުރަ ސިޓީއަށް ގެއްލުމެއް ވިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެ ބިންހެލުމާއި، ގުޅިގެން ބައެއް ސަރަހައްދުތަކުގެ ކަރަންޓް ކެނޑުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގައުމުގެ ފެޑެރަލް އިލެކްޓްރިސިޓީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ގައުމުގެ ހަތަރު ސްޓޭޓެއްގައި ދިރިއުޅެމުންދާ 1.6 މިލިއަން ކަސްޓަމަރުންގެ ގެތަކުން ކަރަންޓް ކެނޑުނު ކަމަށެވެ. އަދި ކަރަންޓް ދިނުމުގެމަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.