އިންޑިޔާގެ މަދުޔަ ޕުރަދޭޝް ސުޓޭޓްގައި އުމުރުން ހަތް އަހަރުގެ ކުއްޖަކު ރޭޕް ކުރުމުން އެ ސްޓޭޓް ގެ އެތައް ސަތޭކަ ބަޔަކު ނުކުމެ ނުރުހުން ފާޅުކޮށް ބޮޑު މުޒާހަރާއެއްކޮށްފިއެވެ.

އެއްވުމުގައި ބައިވެރި ވި އެތައްސަތޭކަ ބަޔަކު ވަނީ އެ އަންހެން ކުއްޖާ ރޭޕްކުރުމުގައި ބައިވެރި ވި މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލައި އަޑު އުފުލާފައެވެ. އެއްވުމުގެ ބައިވެރިންނާއެކު ބައިވެރިވި މަދުޔަ ޕުރަދޭޝް ޗީފް މިނިސްޓަރު ވެސް ވަނީ ރޭޕް ކުރުމުގަ ބައިވެރިވި މީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލާފައެވެ.

އިންޑިޔާގެ ފުލުހުން މީޑިއާތަކައް މައުލޫމާތު ދިން ގޮތުގައި، އުމުރުން ހަތް އަހަރުގެ އެ ކުއްޖާ ރޭޕް ކޮށްފައިވަނީ ސުކޫލް ބޭރުގައި މަޑުކޮށްލައިގެން ހުއްޓައި ރަހީނުކޮށްގެން ގެންދިޔުމަށް ފަހުއެވެ.

ރޭޕް ގެ ޝިކާރައަށް ވި އެ އަންހެން ކުއްޖާއަށް މިހާރު އަންނަނީ ހަސްފަތާލުގަ ފަރުވާދެމުންނެވެ. ކުއްޖާ ބެލި ޑޮކްޓަރުން ވިދާޅުވި ގޮތުގައި އަންހެންކުއްޖާ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ފޭބުމުން ހާލުދެރަވެފައި ވީ ނަމަވެސް ފުރާނައަށް ނުރައްކަލެއް ނެތް ކަމަށެވެ. ޑޮކްޓަރުން އިތުރަށް ވިދާޅުވި ގޮތުގައި އެ ތުއްތު ކުއްޖާގެ ހާލު ރަގަޅުވުމަށް ދުވަސް ނަގާނެއެވެ.

އިންޑިޔާގެ ފުލުހުން މައުލޫމާތު ދިންގޮތުގައި އަންހެން ކުއްޖާ ރޭޕް ކުރުމުގައ ބައިވެރިވި މީހުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ މައްސަލަ އިތުރައް ތަހުގީހު ކުރަމުން އަންނަކަމަށް ފުލުހުން މައުލޫމާތު ދެއެވެ.