2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެމެރިކާގެ ނިއު ޔޯކްގައި ހުންނަ ވޮލްޑް ޓްރޭޑް ސެންޓަރަށް ދިން ނިރުބަވެރި ހަމަލާއަށް މިއަދަށް މިވަނީ 20 އަހަރު ވެފައެވެ. އުސް ދެ އިމާރާތަށް ދިން ހަމަލާގެ ބިރުވެރި ހަނދާންތަ އަދިއަދަށްދާންދެންވެސް އެތައް ބަޔަކަށް ކުރެވެއެވެ.

މި ހާދިސާގައި 2،996 މީހުން މަރުވެފައިވާއިރު އޭގެތެރޭގައި އަލްގައިދާގެ ނިރުބަވެރިންކަމަށް ބުނާ 19 މީހަކުވެސް ހިމެނެއެވެ. އެމެރިކާއިން ބުނާގޮތުގައި މި ހާދިސާ އަކީ އަލްގައިދާގެ ހަނގުރާމަވެރި ޖަމާއަތުން ހިންގި ނިރުބަވެރި ހާދިސާއެކެވެ. މިކަމުގައި އިސްކޮށް ހުރީ އެ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން އާއި އައިމަލް އަލް ޒަވާހިރީ ކަމަށް އެ ޖަމާއަތުން ތުހުމަތު ކުރެއެވެ.

19 މީހަކު ގުޅިގެން ދިން މި ހަމަލާގައި 25،000 މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ވެފައެވެ. ޖިސްމާނީގޮތުން އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބުނުއިރު ނަފްސާނީގޮތުން އެތައް ބަޔަކު ބަލިވެ މިއަދާއި ހަމައަށްވެސް އެ ދުވަހުގެ ބިރުވެރި ހަނދާންތައް ނުފިލާ ތިބި އެތައް ބަޔަކު އެބަ ތިއްބެވެ.

ހާދިސާ ހިނގި ގޮތް ކުރުކޮށް!

ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ހެނދުނު އެމެރިކާގެ ކެލިފޯނިޔާއިން ފުރި މަތިންދާބޯޓެއް ހައިޖެކްޓުކޮށް ޓްރޭޑް ސެންޓަރަށް ބޯޓު އަރުވާލިއެވެ. އެދުވަހު ހަތަރު މަތިންދާބޯޓެއް ހައިޖެކްޓުކޮށް އެމެރިކާގެ އެކި ތަންތަނަށް ހަމަލާ ދިނެވެ. އޭގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާގެ މައި އިދާރާ ޕެންޓެގަންވެސް ހިމެނެއެވެ.

މި ހާދިސާއާއި ގުޅިގެން ނަފްސާނީގޮތުން އެތައް ބަޔަކަށް ގެއްލުންވިއެވެ. އޭގެތެއިން އެކަކީ ފްލޯރެންސް ޖޮންސްއެވެ. މި ހާދިސާ ހިނގި ދުވަހުގެ ހެނދުނަކީ އުޑުމަތި ސާފު ރީތި ދުވަހެއް ކަމަށް ފްލޯރެންސް ބުނެއެވެ. ވޮލްޑް ޓްރޭޑް ސެންޓަރުގެ ދެކުނު ޓަވަރުގެ 77 ވަނަ ފަންގިފިލާގައި ފްލޯރެންސް މަސައްކަތް ކުރަމުންދިޔައީ މެނޭޖަރެއްގެ މަގާމުގައިއެވެ.

ނިރުބަވެރިންގެ ހަމަލާތައް ފުރަތަމަ އަމާޒުވީ އުތުރުގައި ހުރި ޓްރޭޑް ސެންޓަރުގެ ޓަވަރަށެވެ. އެ ޓަވަރަށް ހަމަލާދެވުނު އަޑު އިވުމާއި އެކު ފްލޯރެންސް 78 ވަނަ ފަންގިފިލާއަށް އަރައި މީހުންތައް ވަގުތުން އިމާރާތުން ފޭބުމަށް އެދުނެވެ. އޭނާ އަށް 77 ވަނަ ފަންގިފިލާގެ ލިފްޓަށް އެރުނުއިރު އޭގެ މަތީ ފަންގިފިލާއަށް ވަނީ ހަމަލާ ދެވިފަ އެވެ.

ފްލޯރެންސް ބުނީ އޭނާގެ ލޯ ކުރިމަތިން އޭނާ އާއި އެކު މަސައްކަތް ކުރި އެތައް ބަޔަކު މަރުވެފައިވާ މަންޒަރު ފެނުނު ކަމަށެވެ. އަދި އެ ރައްޓެހިންގެ ހަނދާންތައް ދުވަހަކުވެސް ނުފޮހެވޭނެ ކަމަށް އޭނާ ބުންޏެވެ. މަރުވި މީހުންގެ ތެރޭގައި ޒުވާން މަންމަ އެއްވެސް ހިމެނެއެވެ. ގޮތް ހުސްވެ މަންޒަރު ބަލަން ހުރެވިފައި އިރުކޮޅަކަށް ހުރުމަށްފަހު އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް ދުންގަނޑުގެ ތެރެއިން އިތުރު ބަޔަކާއި އެކު އިމާރާތުން ތިރުއަށް ފޭބުމުގެ މަސައްކަތް ފެށިއެވެ.

ފުރަތަމަ ޓަވަރަށް ހަމަލާދެވުމުގެ ކުރިން ފްލައިޓް އެދިމާލަށް ދިޔަ ވަގުތު އެތައް ބަޔަކަށް އެ މަންޒަރު ފެނުނެވެ.

ފިލްމުތަކުން ފެންނަގޮތަށް ހާދިސާ އަސްލުކޮށް ހިނގައި އެކަމުގެ ބިރުވެރިކަން އަދިވެސް ގިނަމީހުންގެ ހަނދާނުން ނުފިލައެވެ. ފްލޯރެންސް އެ ހާދިސާއިން ސަލާމަތް ވިޔަސް އެދުވަސް މަތިން އޭނާ އަބަދުވެސް ހަނދާން ކުރެއެވެ. މީހުންގެ ރުއިމުގެ އަޑާއި މަރުވެފައިވާ މީހުންތައް ފެނި އެއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތިފައި ހުރި ފްލޯރެންސް މިހާރު އެދުވަހުގެ ހާދިސާ ކިޔައިދޭއިރުވެސް ރޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަލްހަމްދުލިﷲ. އަހަރެމެންގެ މުސްލިމް ތުއްތު ކުދީންނާއި މުސްކުޅިންނާއި ޒުވާނުން އަންހެނުން މަރާފަ ހީކުރީތަ ހަމަޖެހިލައިގެން ތިބެވިދާނެކަމައް. ދެން ވެސް ނުތިބެވޭނެ

    9
    2
  2. ......

    9/11 ގައި މަރުވި ގިނަ މީހުންނަކީ އެމެރިކާ މީހުންނެއް ނޫން ކަމަށް ބުނަނީ

  3. ކިޔު

    މުޅި ދުނިޔެ މިއަދު ތިފާހަނގަ ކުރަނީ 9/11.. މިވެސް ބަޔަކަށް ހިތްދަތިކަމާ ވޭން ލިބުނު ހާދިސާއެއްކަން ޤަބޫލުކުރަން..އެކަމަކު ފަލަސްތީނުގެ ރައްޔިތުންނަށް ޒައިނިސްޓުން ލާއިންސާނީ އަނިޔާ ދޭތާ މިހާރު މިވަނީ ކިތައް އަހަރު؟؟އެމީހުންގެ ހިތާއި ހަށިގަނޑު ނުރޯ އެންމެ ދުވަހެއްވެސް ފާއިތުވެގެން ނުދޭ..ދުނިޔެއަށް ފެނޭބާ އެމީހުން އުޅެމުންދާ ނިކަމެތި ހާލު؟؟އަދި ކޮބާ ތިއެމެރިކާއިން އަރައިގަތް ގައުމުތަކުގަ ބިކަވެފަތިބި ނިކަމެތި ރައްޔިތުން؟؟

    3
    1
  4. ރަން ރީނދޫ

    އެ އެއްޗެކޭ މި އެއްޗެކޭ ކިޔާފަ،އެއް މިލިއަނަށް ވުރެން ގިނަ އާންމު މުސްލިމުން މެރި. ތިޔަ 11 އަކާއި ގުޅިގެން. އަދި އެތައް މިލިޔަން މުސްލިމުން ރެފިއުޖީން ނަށް ވީ. ގަރުނެއް ހާފަހުން އެމެރިކާ މާފަށް އެ ދޭނެ އެމީހުންގެ ގަތުލުއާމުތަކަށް.

    3
    1