ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އިންސާނުން ފުރަތަމަ ދުނިޔޭގައި އުޅެން ފެށިއިރު އެމީހުން އުނުއޮރިޔާން ނިވައެއް ނުކުރެއެވެ. ދިރިއުޅެމުން އައީ ހެއްދެވި ހާލައިގެންނެވެ. އައުރަ ނިވާކުރަން އެއްވެސް ހެދުމެއް، ނުވަތަ އަންނައުނެއް ބޭނުން ކުރަމުންނެއް ނުދެއެވެ. ނަމަވެސް މިވާހަކަ އާއި އެއްބަސް ނުވާ ސައިންސްވެރިން ވެސް އުޅެއެވެ.

އިންސާނުން ދުނިޔޭގައި އުޅެމުން އަންނަތާ މިހާރު ހަމިލިއަން އަހަރު ވެދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. މޮރޮކޯގެ ހޮހޮޅައަކުން ދާދިފަހުން ފެނުނު ހެކިތަކެއްގެ މައްޗަށް ބިނާކޮށް، އެހެކިތައް ހޯދި ސައިންސްވެރިން ބުނާ ގޮތުގައި އިންސާނުން އަންނައުނު ލާން ފަށާފައި ވަނީ މީގެ 98000 އަހަރާއި 120000 އަހަރާއި ދެމެދުގެ މުއްދަތެއް ކުރިންނެވެ.

އައިސަންސްގައި އާއްމުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ އިންސާނުން އަންނައުނުގެ ގޮތުގައި ބޭނުން ކުރަން ޖަނަވާރުތަކެއްގެ ކަށިތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން މޮރޮކޯގެ ހޮހޮޅައަކުން ފެނުނު ތަކެތިން ސާބިތުވެއެވެ. އެކަށިތައް ހުރީ އާއްމުކޮށް ހުންނަ ކަށިތަކަށްވުރެ ހިމަކޮށެވެ. ބެލެވޭ ގޮތުގައި ކަށިތައް ވަނީ ވަކި ޑިޒައިނަކަށް ގެނައުމަށް ކޮންމެސް ގޮތަކުން ގާނާފައެވެ.

"ވަރަށް ގިނަ ކަށިތަކެއް އަހަރެމެންނަށް ފެނުނު. ފެނުނު ކަށިތަކުގެ އަދަދު ގާތްގަނޑަކަށް 12000 އަށް އަރާނެ. އަހަރެމެންނަށް ފާހަގަ ކުރެވުނި ކަށިތައް ހުރީ ގުދުރަތީ ގޮތުން އެކަށިތައް ހުންނަ ސިފައަށް ނޫންކަން. އެކަށިތަކަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި." ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.

މިދިރާސާ ކުރި ސައިންސްވެރިން ބުރަވަނީ އިންސާނުން އަންނައުނު ލާން ފެށީ 120000 އަހަރު ކުރިން ކަމަށް ވީނަމަވެސް މީގެ ކުރިން ކޮށްފައިވާ ބައެއް ދިރާސާތަކުގައި މީގެ 170000 އަހަރު ކުރިން ފެށިގެންް އިންސާނުން އަންނައުނު ލަމުން އަންނަ ކަމަށް ބުނެފައި ވެއެވެ. އިންސާނުން އަންނައުނު ލައި އައުރަ ނިވާކުރަން ފުރަތަމަ ފެށި ތާރީޚަކާއި މެދު ދިރާސާކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އޭނާ

  ލިޔުނު ފަރާތުން އިތުރު ދިރާސާތަކެއް ކޮށް އިތުރު މައުލޫމާތު ހޯދާލަން ފެނޭ.

  19
  1
 2. ހުސޭނުބޭ

  އައުރަނިވާނުކޮށް އިޅޭ މީހުންނަށް ހީވާނީ އިންސާނުން އުލުނީ އައުރަ ނިވާނުކޮށޭ!

  26
  2
 3. .......

  މަ ގަބޫލު ކުރަނީ ﷲ އެއީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ހަކީމްވަންތަ ފަރާތް ކަމަށް...އާދަމްގެ ފާނާއި ހަމައިންވެސް އައުރަ ނިވާ ކޮށްގެން އުޅުނުކަން ސާބިތުވާނެ ހެކިތައް ހުންނާނެ...ހޯދާ ބަލާ...ސައެންސް ވެރިން ނަށް ވުރެ އަހަރެމެން ދީނީ ސައްހަ މައުލޫމާތައް ޔަގީން ކަން ބޮޑުވީމަ މުސްލިމުންނޭ ކިޔާނީ...އަންނައުނުލާމެ ގޮތާއި އެ އުފައްދާނެ ގޮތް އެއީ އިންސާނަކު އަމިއްލައަށް ހޯދި ހޯދުމެއް ނޫން...އެކަންވެސް އެބަޖެހޭ ރިޕޯޓް ލިޔުމުގެ ކުރިން ހޯދާބަލާލަން...

  13
 4. Anonymous

  އިންސާނުން އައުރަނިވާކުރަން ފުރަތަމަ ބޭނުންކުރީ ކޯޗެއްކަންވެސް އިނގޭތޯ ދިރާސާކޮށްލިނަމަ، ބައެއްމީހުން ބުނާކަމަށްވޭ ޖަނަވާރުގެ ހަން ބޭނުންކުރިކަމަށް އަދި ބައެއްމީހުން ބުނާގޮތުގައި އެއްމެ ފުރަތަމައަށް ބޭނުންކުރިކަމަށްވަނީ ގަސްތަކުގެ ފަތެވެ.

 5. ނައުޒާ

  އާދަމްގެ ފާނުން ހިސާބުއްސުރެ އިންސާނުން އަންނައުނު ލާ. ތިހިރީ ތާރީޚު އެނގިފަ. އެހެންތާވާނީ އިންސާނުން އުފެދުނީ މަކުނުންނޭ ގަބޫލުކުރާބަޔަކުވެސް ތިބޭވިއްޔާ.

  17