ގްރީސްގެ ބައެއް ރަށްތަކަށާއި އިރުމަތީ މެޑިޓެރޭނިއަންގެ އެހެން ބައެއް ސަރަހައްދުތަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުން އައި ސަރަހައްދުތަކުގެ ތެރޭގަައި ތުރުކީގެ ދެކުނުގެ އެންޓާލިއާ ސަރަހައްދުގެ އިތުރުން މިސްރުގެ ސިޓީތައްވެސް ހިމެނެއެވެ.
މި ބިންހެލުމުގެ އަސަރު ކުރި ގްރީސްގެ ރަށްތަކުގެ ތެރޭގައި ކަރްޕަތޯސް، ކްރީޓް، ސަންޓޯރިނީ އަދި ރޯޑްސްގެ ރަށްތައް ހިމެނެއެވެ. މި ރަށްތަކަށް އޭގެ އަސަރު ކޮށްފައިވަނީ ހޯމަ ދުވަހުއެވެ.
ރޯޑްސްގައި ދިރިއުޅެމުންދާ މީހަކު ބުނީ، ބިންހެލުމެއް އައިކަން އެނގޭ ކަމަށާއި، ގާތްގަނޑަކަށް 30 ސިކުންތު ވަންދެން އޭގެ އަސަރު ހުރި ކަމަށެވެ.
މި ބިންހެލުން އައިސްފައިވަނީ އެންޓާލިއާ ޕްރޮވިންސްގެ ރިސޯޓް ޓައުނެއް ކަމަށްވާ ކާސްގެ 155 ކިލޯމީޓަރު (96 މޭލު) ދުރުން ހަ މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށް ތުރުކީގެ އިދާރާތަކުން ބުނެފައިވެއެވެ.
M5.8 #earthquake (#σεισμός) strikes 178 km S of #Faliraki (#Greece) 4 min ago. Effects reported by eyewitnesses: pic.twitter.com/3tsfYGLWjs
— EMSC (@LastQuake) October 19, 2021
މި ބިންހެލުމުގެ ސަބަބުން، މިސްރުގެ ކައިރޯއަށްވެސް އަަސަރުކޮށްފައިވާއިރު، އިސްރާއީލާއި ޕަލަސްތީންގެ ޓެރިޓޮރީސްއަށާއި، ތުރުކީއަށްކޮށްފައިވެސް މި ބިންހެލުމުގެ އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެެއެވެ.
މި ބިންހެލުމާއި ގުޅިގެން އެއްވެސް ހިސާބަކަށް ގެއްލުންވި ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.
ބިންހެލުން، އަލިފާން ފަރުބަދަތަށް ގޮވުން، ޠޫފާންތަށް އައުން، މުންކަރާތްތައް ގިނަވުން، ޒިނޭ ޢާއްމުވުން، މުސްލިމުން ކާފަރުވުން، ކާފަރުން މުސްލިމުވުން، ބަލިމަޑުކަން ގިނަވުން މި ހުރިހާކަންކަން ދުނިޔެއަށް ގިނަގިނައިން ކުރިމަތި ވަމުން އެބަދޭ، މިއީ ދުނިޔެ ނިމުމުގެ ޢަލާމާތް.