އިންޑިއާގެ ދިއްލީގެ އުތުރުން އޮންނަ ބުރާރީ ސަރަހައްދުގައި މަރުވި އެއް އާާއިލާގެ 11 މީހުންގެ މަރާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުން އަންނައިރު، އަނެއްކާވެސް ފުލުހުން އަނެއްކާވެސް އާ ހޯދުންތަކެއް ހޯދައިފިއެވެ.

މިފަހަރު ފުލުހުން ހިއްސާކޮށްފައި މި ވަނީ އެރޭ އެގެ ކައިރި ހިނގާދިޔަ ބައެއް ކަންތައްތަކުގެ ވާހަކަތެކެވެ. މިފަހަރު އެ މައުލޫމާތުތައް ބިނާކޮށްފައި ވަނީ ސީސީޓީވީ ފޫޓޭޖަށެވެ.

އެގެއާ މާ ދުރުނޫން ހިސާބެއްގައި ހަރުކޮށްފައިވާ ސީސީޓީވީ ފޫޓޭޖުން ފެންނަގޮތުގައި، އެރޭ 10:00 ޖެހިއެހާކަންހާއިރު، އެގެއިން އަންހެނަކު ގޮޑިއެއް ގޭތެރެއަށް ވައްދާ މަންޒަރު ފެނެއެވެ. އެ ގޮޑިއަކީ ދަންޖެހުމަށް ބޭނުން ކުރި ގޮޑިއެއްކަމަށް ބެލެވެއެވެ.

އެ ފޫޓޭޖުން އެ ކުދިންގެ މައިންބަފައިން އެ ކުދިން ދަންޖެއްސުމަށްޓަކައި ތައްޔާރު ކުރަމުންދާ މަންޒަރުވެސް ފެނެއެވެ. އެގޮތުން އެ ކުދިން ބަދެފައި އަގަ ބަންދު ކުރާ މަންޒަރުވެސް ފެންނަކަމަށް ވެއެވެ.

މިގޮތަށް ކަންތައް ކުރުމަށް ބުނެ ލިޔެފައިވާ ޑައިރީއެއް އެގޭތެރެއިން ފެނުނުކަމަށް ވެއެވެ. އެ މީހުން ކަންތައް ކުރަމުންދިޔައި އެ ޑައިރީގައި ބުނާގޮތަށް ކަމަށް ވެއެވެ. އޭގައި ލިޔެފައިވާގޮތުގައި، 10:00 ޖަހާއިރު ކާއެއްޗެހިވެސް ގެންނަން ވާނެއެވެ. އަދި 1:00 ދަންޖައްސާ ހުރިހާ ކަމެއް ފަށަން ޖެހޭނެއެވެ.

އަދި އެ ފޫޓޭޖުން އެނގުނުގޮތުގައި، ބަރާބަރު ގަޑިއަށް ހުރިހާކަމެއްހެންވަނީ ކޮށްފައެވެ.

އެހެންކަމުން ފުލުހުން މިހާރު ހޯދި ހޯދުންތަކުން އެނގުނުގޮތުގައި، އެއީ ބަޔަކުކޮށްގެން އުޅޭ ކަމެއް ނޫނެވެ. އެ މަރަކީ އާއިލާ ތެރޭގައި ހިނގައިދިޔަ ކަމެކެވެ.

ފުލުހުން ބުނީ އެ 11 މީހުންގެ ތެރެއިން 10 މީހުން މަރުވީ ސީދާ ދަންޖެހިގެންކަމަށް އޮޓޮޕްސީ ރިޕޯޓުންވެސް ދައްކާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔާ ރައްބީ

  2. މާދުރު ނޫން ހިސާބެއްގައި ހުރި ކެމެރާއަކުން ގޮޑިއެއް ވައްދަނީ ގެއަށް. ދެން އެގޭތެރޭ ދަންޖައްސާތައް ކެމެރާއަށް ފެންނަނީ ކިހިނެއްބާ؟؟؟؟ އިންޑީއަން މިތޮލޮޖީ

  3. އެފުޓޭޖު ދައްކާލަ ބަލަ.