އުރަމަތީގެ ކެންސަރުން ދިފާއުވުމަށް ފުރަތަމަ ފަހަރަށް ވެކްސިނެއް އުފައްދައި ޓެސްޓް ކުރުމުގެ މަރުހަލާ ފަށަން ތައްޔާރުވެއްޖެއެވެ.

މި ވެކްސިން އުފައްދައި ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު މި ތަހުލީލުތަކުގައި ބައިވެރިވާ މީހުންނަށް ތިން ފަހަރެއްގެ މަތިން ވެކްސިން ދެވޭނެއެވެ. އެގޮތުން ވެކްސިން ދެވޭނީ ކޮންމެ ދެ ހަފްތާއަކުން އެއްފަހަރުއެވެ. އަދި ކޮންމެ ފަހަރެއްގައިވެސް ވެކްސިން ޖަހާ މީހުންނަށް އަންނަ ބަދަލުތައް ވަޒަން ކުރެވޭނެއެވެ.

އިނގިރޭސިވިލާތުގެ ކްލީވްލެންޑުގެ އުފެއްދި މި ވެކްސިންގެ ކްލިނިކަލް ޓްރައިލްތައް ބާރަށް ކުރިއަށްދާއިރު މި ވެކްސިން ކާމިޔާބުވެއްޖެނަމަ އެތައް މިލިއަން ބަޔަކަށް ފަރުވާދެވިގެން ދާނެއެވެ. އަދި ޒަމާނީ ބޭސްވެރިކަމަށް ބޮޑު އިންގިލާބެއްވެސް ލިބިގެން ދާނެކަމަށް މިކަން ވެގެން ދާނެއެވެ.

ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިންވެސް ވަނީ މި ވެކްސިން ތަހުލީލުކުރުމުގެ ހުއްދަ ދީފައެވެ. އެގޮތުން އެފަރާތުން ވަނީ ކްލީވްލެންޑް ކްލިނިކް އާއި ޕާޓްނަރ އެނިސާ ބަޔޯސައިންސް އިންކް އަށް މި ތަހުލީލު ކުރުމަށް ހުއްދަ ދީފައެވެ.

އުރަމަތީގެ ކެންސަރުން ދިފާއުވުމަށް އުފައްދާ މި ވެކްސިން އުފެއްދުމުގައި އިސްކޮށް އުޅޭ ތޯމަސް ބުޑް ބުނީ މި ވެކްސިންގެ ސަބަބުން ފަރުވާއެއް އަދި ހޯދިފައި ނުވާ އުރަމަތީގެ ކެންސަރަށް ފަރުވާއެއް ލިބިގެން ދާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތާ މިއަށްވުރެ ރަނގަޅަށް މިއަށް ފަރުވާ ހޯދޭނެ ގޮތް ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އުރަމަތީގެ ކެންސަރަށް ފަރުވާ ނުލިބި ގޮތް ހުސްވެ އޮޕަރޭޝަން ކުރަން މަޖުބޫރުވެފައިވާ އެތައް ބަޔަކު ތިބެއެވެ.