ތުރުކީގައި ތިބި ސީރިއާގެ އެތައް ބަޔަކު އެގައުމުން ޑީޕޯޓް ކޮށްލަން ނިންމައިފިއެވެ.

ސީރިއާގެ މީހުން ޑީޕޯޓު ކޮށްލަން ނިންމާފައިވަނީ އަމިއްލައަށް ދޮންކެޔޮކާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރު ކުރުމާއި ގުޅިގެންނެވެ.

ތުރުކީގެ ނޫހެއް ކަމަށްވާ ޑެމިރޮރެން އިން އިއްޔެ ބުނީ ހުޅަނގުގެ ސިޓީއެއް ކަމަށްވާ އިޒްމީރުގައި ސީރިއާގެ 8 މީހަކު ހިފަހައްޓާފައިވާ ކަމަށެވެ. އަދި މި 8 މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ. ތުރުކީގެ މައިގްރޭޝަން އޮތޯރިޓީން މި ހަފްތާގެ ކުރީކޮޅު ބުނީ، އިތުރު ހަތް ބިދޭސީއަކު ޑީޕޯޓްކޮށްލުމަށް ޕްރޮސެސް ކުރަން ނިންމާފައިވާ ކަމަށެވެ.

ސީރިއާއަށް ނިސްބަތްވާ މީހުން ދޮންކެޔޮ ކާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމު ވެފައިވަނީ އޮކްޓޯބަރ މަހުގެ 17ވަނަ ދުވަހުން ފެށިގެންނެވެ. މި ވީޑިއޯތައް އާންމުވެފައިވަނީ ތުރުކީގެ އިސްތަންބޫލްގެ މަގެއްގެ މަތީގައި ސީރިއާގެ ޒުވާން އަންހެނަކާއި ތުރުކީގެ ގްރޫޕަކާ ދެމެދު ހިނގި ދެބަސްވުމެއްގެ މަންޒަރު އޮންލައިން ނޫހަކުން ވީޑިއޯ ކުރި ހިސާބުންނެވެ.

އެ ވީޑިއޯގައި މެދު އުމުރުގެ ފިރިހެނަކު ޝަކުވާ ކުރާ އަޑު އިވެއެވެ. "ތީނަ ދިރިއުޅެނީ ވަރަށް އަރާމުގައި. އަހަންނަކަށް ދޮންކޭލެއް ނުކެވޭ، އެކަމަކު ތީނަ އެބަ ގަނޭ ދޮންކެޔޮ ކިލޯއެއް" އެމީހާ ބުނެފައިވެއެވެ. މީގެ އިތުރުން، ސީރިއާގެ ހަނގުރާމައިގައި ހަނގުރާމަ ނުކުރާ ކަމަށާއި ދީނީ ފެސްޓިވަލްތަކަށް އެނބުރި އަންނަ ކަމަށް ބުނެ އަންހެނަކު ސީރިއާގެ ރައްޔިތުންނަށް ވެސް ފާޑުކިޔައިފައިވެއެވެ.

ޓިކްޓޮކްގައި އާންމު ކޮށްފައިވާ ދޮންކެޔޮކާ ވީޑިއޯތަކުގެ ބެކްގްރައުންޑް މިއުޒިކްއަކަށް ދެބަސްވުމުގެ އަޑު އަޅާފައިވެއެވެ.

އިސްތަންބުލްގެ ފުލުހުންގެ އިދާރާއިން ބުނީ ސީރިއާގެ 11 މީހަކު ހިފަހައްޓާފައި ވަނީ ނަފްރަތު އުފައްދަން އަދި ތުރުކީގެ ރައްޔިތުންނަށް އިހާނެތިކޮށް ހިތުމުގެ ކުށުގައި ކަމަށެވެ.

ވަޒީފާ ނުލިބުމާއި އިންފްލޭޝަން މަތިވުމުގެ ސަބަބުން އަސާސީ ބޭނުންތަކަށް ފައިސާ ދެއްކުމަށް ބުރަ މަސައްކަތް ކުރަމުންދާއިރު، ސޫރިޔާގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކަމަށް ތުރުކީގެ ބައެއް ފަރާތްތަކުން ޝަކުވާ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    ސީރިޔާގެ 3.5 މިލިޔަން ރެފިއުޖީން ތުރުކީގަ އެބަ ތިބި. އެމީހުންވެސް ލައިގެން ތަ "ތީނަ" ތި ހަބަރު ލިޔަނީ؟ ބޯހަލާކު

    1
    1
  2. ދޮންކެޔޮ

    ސީރިއާ މީހުންވެސް “ކަލޭ’ ނުކިޔާ “ތީނަ” ތަ ކިޔަނީ؟ ލިޔުންތެރިޔާ ހާދަމޮޅޭ