އަފްޣާނިސްތާނުގައި އޮންނަ ޠާލިބާނުންގެ ސަރުކާރު ބަލައިގަތުމަށް ޠާލިބާނުން އިއްޔެ އެމެރިކާ އަށާއި އެހެން ގައުމުތަކަށް އެ ގޮވާލައިފިއެވެ.

ޠާލިބާނުން ބުނީ އަފްޣާނިސްތާނުގައި އެ ޖަމާއަތުން ގާއިމްކޮށްފައިވާ ސަރުކާރު ބަލައިނުގަތުމުން ފަހުން ނަތީޖާ ހިތިވާނެ ކަމަށެވެ. އަފްޣާނިސްތާނުގެ ފައިސާ ބޭރު ގައުމުތަކުގައި ފްރީޒްކުރުން މެދުނުކެނޑި ކުރިއަށް ގެންދިއުން ފަދަ ކަންކަން ކުރުމުން މައްސަލަތަކެއް ކުރިމަތިވާނެ ކަމަށާއި އެކަމުގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވާނީ ހަމައެކަނި އެ ގައުމަށް ނޫން ކަމަށް ޠާލިބާނުން ބުންޏެވެ. މީގެ ސަބަބުން މުޅި ދުނިޔެއަށް ވެސް މައްސަލަތަކެއް ކުރިމަތިވާނެކަން އެ ޖަމާއަތުން ފާހަގަ ކޮށްފައިވެއެވެ.

އެއްވެސް ގައުމަކުން ތާލިބާނުންގެ ސަރުކާރު ރަސްމީކޮށް ބަލައިގެންފައި ނުވާއިރު، އަފްޣާނިސްތާނުގެ އެސެޓްތަކާއި، ބޭރު ގައުމުތަކުގައި ހުރި އެތައް ބިލިއަން ޑޮލަރެއްގެ ފައިސާވެސް ވަނީ ފްރީޒްކޮށްފައެވެ.

"އެމެރިކާއަށް އަހަރެމެންގެ މެސެޖަކީ، ސަރުކާރު ބަލައިނުގަނެ ދުވަސްތައް ދިގުލައިގެން ދާނަމަ، އަފްޣާނިސްތާނުގެ މައްސަލަތައް ކުރިއަށް ގޮސް ސަރަހައްދުގެ މައްސަލައަކަށް ވެގެންގޮސްދާނެ. އަދި އެއީ މުޅި ދުނިޔެއަށް މައްސަލައަކަށް ބަދަލުވެދާނެ،" ތާލިބާނުންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ފަހުން ހަނގުރާމައަކަށް ތާލިބާނުންނާއި އެމެރިކާ ދިޔަ ސަބަބަކީ ވެސް އެ ދެ ގައުމުން ރަސްމީ ގޮތުން ޑިޕްލޮމެޓިކް ގުޅުން ގާއިމްވެފައިނުވާތީ ކަމަށެވެ. "ހަނގުރާމައިގެ ސަބަބުން ދިމާވި މައްސަލަތައް، ސިޔާސީ ގޮތުން ވެސް މަޝްވަރާކޮށްގެން ހައްލު ކުރެވުނީސް" މުޖާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މުޖާހިދު ވިދާޅުވީ ވެރިކަން ބަލައިގަތުމަކީ އަފްޣާނިސްތާނުގެ ރައްޔިތުންގެ ވެސް ހައްގެއް ކަމަށެވެ.

ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަމަށް އައީ މިދިޔަ އޮގަސްޓް މަހުއެވެ. ޠާލިބާނުން އަފްޣާނިސްތާންގައި ގާއިމުކުރި ސަރުކާރު ދުނިޔޭގެ ގައުމުތަކުން ބަލައިގެންފައި ނުވި ނަމަވެސް އެމެރިކާ ވެސް ހިމެނޭ ގޮތައް ބައެއް ގައުމުތަކުން ގެންދަނީ ޠާލިބާނުންނާއިއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާމާނުބެ

    ކަލޭމެންގެ ވެރިކަން ދުނިއޭން ބަލައިގަތުމަކީ ރައްޔަތުންގެ ހައްގަކަށް ވާސަބަބެއް ނޭނގުނު ކަލޭމެންތީ ރައްޔަތުން ތިގައުމު ހިންގަން އަރުވާފަތިބިބައެއްނޫން ވެރުކަމެއް ފޭރިގަނެގެން އުޅޭ ބައިގަނޑެއް

    5
    3
  2. މުއްލާ

    ކަލޯ މެންނަށްހީވިކަހަލަ އެއްވެސްބަޔަކާނުގުޅި އަމިށްލަޔަށްގައުމު ހިންގިދާނެކަމަށް ކަލާމެންދަސްކުރީ މީހުންމަރަން އެކަން އިސްލާމް ދީންހަތިޠާރަކަށް ހަދައިގެން ކަލޭމެނަށް އެބަކުރެވެޔެއްނު ކަލޯމެނޭ ކާފަރުންނަށް އެހީޔަށްއެދިގޮވާނީ ފިންޑިން ރިޒްގުދެއްވަނީ ﷲ އެމެރިކާއެއްނޫން މުސްލިމުންގެ ގޮތަކީ ﷲ އަށް ވަކީލްކުރުން

    4
    2
  3. ކާފަ

    މިހާރު ދުނިޔޭގެ ޤައުމުތަކާއި ނުގުޅި އެކަނި ނޫޅެވޭނެ.. މިހާރު އެވެރިން ޤައުމުތަކުގެ ރައީސުން ބަދަލްކުރަނީ ދަތިކޮއްގެން.. ކަލޭމެންވެސް ބޭރުކޮއްލާނެ ރައްޔިތުން ހަނާވާންފެށީމާ.. އޭރަކުން އުންޑަެަކަށްބވަޒަނަކަށް ބިރުން ރައްޔިތުންނޫޅޭނެ..

    1
    1