އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ދާދި ދެންމެއަކު މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 5.2 ބާރު މިނުގައި ކަނޑުގެ 85 ކިލޯ މީޓަރު އަޑިން އަފްޣާނިސްތާނުގެ ފައިޒާބާދަށް ކަމަށް ބިންހެލުންތައް މޮނިޓަރ ކުރާ އިންޑިއާގެ އިދާރާއަކުން ވަނީ ބުނެފައެވެ.

ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުނު ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.