އިނގިރޭސި ވިލާތާއި މުޅި ދުނިޔޭގައި ވެސް އެންމެ މުހިއްމު އެއް ތާރީޚީ ޝަޚުސިއްޔަތަކީ މިހާރު ދުނިޔޭގައި ތިބި ބޭފުޅުންގެ ތެރެއިން ރާނީ އެލިޒަބަތު 2އެވެ. ރާނީ އެލިޒަބަތު 2 އަވަހާރަވުމުން ދެން ވާނީ ކިހިނެއްތޯ ސުވާލު އުފެދޭ ފަދަ ބައެއް މުހިންމު ނިންމެވުންތަކުގައި ރާނީ ބައިވެރިވެވަޑައިގެންފައިވެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ރާނީ އެލިޒަބަތު ދަންނައިރު އެކަމަނާއަކީ ފެބްރުއަރީ 6، 1952 އިން ފެށިގެން ރާނީކަން ކުރެއްވި ބޭކަނބަލެކެވެ. އެކަމަނާގެ ކޮރޯނަޝަން ހިނގާފައިވަނީ ޖޫން 2، 1953 ގައެވެ. އެކަމަނާއަކީ މިހާރު އެންމެ ގިނަ ދުވަހު އިނގިރޭސި ތަހުތުގައި ރަނިކަން ކުރެއްވި އަދި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި އެންމެ އިސްވެރިޔާއެވެ.

އޮޕަރޭޝަން ލަންޑަން ބްރިޖަކީ ކޮބާ؟

މީގެ އަހަރުތަކެއް ކުރިން އިނގިރޭސި ނޫހެއް ކަމަށްވާ "ދަ ގާޑިއަން" އިން ވަނީ ލަންޑަން ބްރިޖްގެ ނަމުން ނަން ދެވިފައިވާ ބްރިޖް ލީކުކޮށް، ރާނީ އަވަހާރަވުމުން ދެން އަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ވެސް ލީކުކޮށްފައެވެ. މި ޕްލޭނަކީ 1960 ގެ އަހަރުތަކުން ފެށިގެން ރާވާފައި އޮތް ޕްލޭނެއް ނަމަވެސް މި ޕްލޭން ވަރަށް ފުރިހަމައަށް މި އޮތީ މި ގަރުނުގެ ފަހުކޮޅުގައި ފުރިހަމަކޮށްފައެވެ.

1952 ވަނަ އަހަރު އަވަހާރަވި ރަސްގެފާނު ޖޯޖް ހަވަނަ ގެ ޖަނާޒާގެ ތެރެއިން . ފޮޓޯ: ޕޮޕާފޮޓޯ

އޮޕަރޭޝަން ލަންޑަން ބްރިޖް

•ރާނީ އަވަހާރަވިކަމުގެ ހަބަރު ފުރަތަމަ ލިބޭނީ އެކަމަނާގެ ޕްރައިވެޓް ސެކެޓްރީ އަށެވެ. އޭރު ބޮޑުވަޒީރަކަށް ހުރި ބޭފުޅަކަށް ގުޅައިގެން އެހަބަރު ހިއްސާކުރުމަކީ އޭނާގެ މަސައްކަތެވެ.
•މެސެޖްތަކާއި ފޯނުން ކުރާ މުއާމަލާތްތަކުގައި "ލަންޑަން ބްރިޖް ޑައުން" ކަމަށް ބުނެ ސިވިލް ސާވަންޓުންނާ އެކު މި ހަބަރު ވަރަށް ސިއްރުން ފެތުރިގެންދާނެއެވެ.
•ދެން މި ޚަބަރު މީޑިއާއަށް ދޫކޮށްލާނީ ލަންޑަންގައި ހުންނަ "ގޮތް ނޭނގޭ ތަނަކުން"ނެވެ.

•ރާނީ އެލިޒަބަތު އަވަހާރަވިކަން އިއުލާން ކުރުން އެއްފަހަރާ ދޫކޮށްލާނީ އޭޕީ އާއި ދުނިޔޭގެ އެހެން މީޑިއާތަކަށް ދޭ ނިއުސް ފްލޭޝްއެއްގައެވެ.
•ގަނޑުވަރުގައި މަސައްކަތްކުރާ މީހަކު ބަކިންހަމް ޕެލަސްގެ ދޮރުތަކުގައި ކަޅު ކުލައިގެ ބޯޑަރެއް ޖަހާފައި ހުރި ނިޝާނެއް ޕޯސްޓް ކުރާނެ އެވެ.

•ގަނޑުވަރުގެ ވެބްސައިޓް އެއް ސަފްހާއަކަށް، އަނދިރި ބެކްގްރައުންޑެއްގައި ޓެކްސްޓް ހިމަނައިގެން ޓޯންކުރެވޭނެއެވެ.

•ބީބީސީން އާންމުކޮށް ދުވަހަކު ވެސް ބޭނުން ނުކުރާ ހާއްސަ ނިޒާމެއް ބޭނުން ކުރަން ފަށާނެއެވެ.
•މި ހަބަރާއިއެކު އެގައުމުގައި މަސައްކަތްތަކުން މީހުން އަވަހަށް ގެއަށް ދާނެއެވެ. ގައުމީ ހިތާމަ އިއުލާންކޮށް ވިޔަފާރިތަކާއި ވަޒީފާގެ މާހައުލުތައް ބަންދުކުރުމަށް ގޮވާލާނެއެވެ.
•ޕްރިންސް ޗާލްސް ރަސްކަމަށް ވަޑައިގަންނަވާނެ.
•ހައިޑް ޕާކް އިން 41 ބަޑީގެ ސަލާމެއް، ގާތްގަނޑަކަށް ހަތް މިނެޓުގެ އާޓިލަރީއެއް ގޮއްވާލާނެއެވެ.
•ރާނީ އަވަހާރަވިތާ ހަތަރުވަނައަށްވީ ދުވަހު، ބޮޑު އަސްކަރީ ޕެރޭޑަކާއެކުގައި އެކަމަނާގެ ސަންދޯއް ވެސްޓްމިންސްޓަރ ހޯލަށް ބަދަލުކުރާނެއެވެ.

•ނުވަ ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވެސްޓްމިންސްޓާ އެބީގައި ކްރައުން ޖުވެލްތައް ވަރަށް ފަރުވާތެރިކަމާއެކު ސާފުކުރާނެއެވެ.
•ރާނީގެ ޖަނާޒާ އޮންނަ ދުވަހު ފިހާރަތައް ބަންދުކުރާނެ ނުވަތަ ހުޅުވާފައި ހުންނާނީ މަދުގަޑިއަކަށެވެ. އަދި ހިއްސާގެ ބާޒާރުވެސް މިދުވަހަށް ނުހުޅުވޭނެއެވެ.

ގައުމުން ބޭރުގައި ރާނީ އަވަހާރަވެއްޖެނަމަ އެކަމަނާގެ ހަށިކޮޅު ގައުމަށް ގެނައުމަކަށް އެކަމަށް ހާއްސަ ޝާހީ އަސްކަރީ މަތިންތާބޯޓެއް ސަންދޯކަކާއެކު ފޮނުވޭނެއެވެ.

ރާނީ އެލިޒެބަތް އާއި ޕްރިންސް ޗާލަސް

ރާނީ އަވަހާރަވުމުން ޕްރިންސް އޮފް ވޭލްސް އަށް ވަގުތުން ރަސްކަން ލިބޭނެއެވެ. އޭގެ ފަހުން ޗާލްސްގެ ނަން ރަސްގެފާނު ފިލިޕް، އާތަރ ނުވަތަ ޖޯޖް އަށް ބަދަލުވާނެއެވެ. މިއިން ކޮންމެވެސް އެއް ނަމެއް ކިޔާނެއެވެ. އަދި ޗާލްސްގެ އަނބިކަނބަލުންނަށް އަމީރާގެ ލަގަބު ދެވޭނެއެވެ.

ޕްރިންސް ޗާލްސް އެންމެ ފުރަތަމަ އަވަހާރަވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟

ރާނީ އަށްވުރެ ކުރިން ޕްރިންސް ޗާލްސް އަވަހާރަވެއްޖެނަމަ ދީފައިވަނީ "އޮޕަރޭޝަނަށް މެނާއީ ބްރިޖް"އެވެ. މިއާއި އެކު ބަދަލުވާނެ ހަމައެކަނި ކަމަކީ ޕްރިންސް ވިލިއަމް އަކީ ތަހުތު ލިބޭ ސަފުގެ އެއްވަނަ އަދި އޭނާގެ ފަހަތުން ތިން ދަރިން ކަމަށް ހަމަޖެހިގެން ދިއުމެވެ.