ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކަމަށް ބުނާ ކޮވިޑްގެ އާ ވައްތަރު "އޮމިކްރޮން" ފެތުރުން އަވަސް ކަމަށާއި އެހެން ކަމުން ބައްޔާއި މެދު ހާސްވާން ޖެހޭ ކަމަށް ދެކުނު އެފްރިކާގެ ޑޮކްޓަރެއް ކަމަށްވާ އެންޖެލީކް ކޯޓްޒީ ބުނެފިއެވެ.

ދެކުނު އެފްރިކާގެ މެޑިކަލް އެސޯސިއޭޝަންގެ ޗެއާމަނެއްގެ މަގާމު ފުރުއްވަމުން އަންނަ އެންޖެލިކް އަކީ އެގައުމުގައި ބަލި ޖެހިފައި ތިބި މީޙުންގެ ގައިން ކޮވިޑްގެ އެހެން ވައްތަރެއް ފެތުރޭ ކަމަށް ތުހުމަތުކޮށް އެކަން ދިރާސާ ކުރި އެކަކެވެ.

އޭނާ ބުނެފައިވަނީ ބަލި މީހުންގެ ގައިން އޮމިކްރޮން ފެންނަލެއް އިތުރު ކަމަށާއި އެހެން ނަމަވެސް މިއީ ނުރައްކާތެރި ވޭރިއެންޓެއް ކަމަށް ނުބެލެވޭ ކަމަށެވެ.

"ފެންނަ ފެނުމަށް ވަރަށް ހަލުވި ކަމާއި އެކީ ފެތުރެނީ. އެހެން ނަމަވެސް އަލާމާތްތައް ވަރަށް މަދު" އޭނާ ބުނެފައިވެއެވެ.

އޭނާ ބުނީ، ބަލީގެ އަލާމާތްތައް މަދު ބަލި މީހެއްގެ ހާލު އޮމިކްރޮންގެ ސަބަބުން ބޮޑުވެދާނެ ކަމާއި މެދު ކަންބޮޑުވެ ހާސްވާން ޖެހޭ ކަމަށެވެ.

އޮމިކްރޮން ވޭރިއެންޓާއި މެދު ކަންބޮޑުވެ ހާސްވާން ޖެހޭ ކަމަށް ސައިންސްވެރިން ބުނެފައިވާއިރު، މި ވޭރިއެންޓް ޖެހިގެން އަދި މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އޮމިކްރޮން ވޭރިއެންޓް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުން އަންނާތީ ސައިންސްވެރިން ވަނީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ. އަދި އަވަސް މުސްތަގުބަލެއްގައި އެވޭރިއެންޓާއި ހަނގުރާމަ ކުރުމަށް ވެކްސިނެއް ވެސް އުފެއްދޭނެ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިޔާލު

    ހާސްވާން ޖެހެޔޯ". ހާސްވީމާ ބަލި ނުޖެހޭނެ ދޯ

  2. އަޙްމަދް

    ތިޔައީ ސިއްޙީ ބިރުވެރިކަން އުފެއްދުން
    ބޭނުމަކީ ވެކްސިން ވިއްކުން.

  3. ޔޫތު

    ވެކުސިން ޖަހައިގެން ތިބި މީހުން ތިޔަ ތިއުފު؛ލަނީ މިހައިރު. ވެކުސިން ޖެހުމުގެ ބޭނުމެއްނުވިސްނުން