ދެކުނު އެފްރިކާ އިން ފުރަތަމަ ދެނެގަނެވުނު ކޮވިޑް-19 ގެ އާ ވޭރިއަންޓް "އޮމިކްރޮން" ގެ ދެ ވޭދަނައެއް ކްރޮއޭޝިއާއިން ފެނުނުކަން އެގައުމުން އިއުލާން ކޮށްފިއެވެ.

އެ ގައުމުގެ ހެލްތު އިންސްޓިޓިއުޓުން ބުނީ މި ދެމީހުންނަކީ ވެސް ގައުމުން ބޭރަށް ދަތުރުކޮށްފައި ނުވާ ދެމީހުންނަށް ވުމުން، ބަލި ޖެހިފައިވަނީ ކިހިނެއްކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.

އެ އިންސްޓިޓިއުޓުން ބުނީ ގަބޫލުކުރެވޭ ގޮތުގައި އޮމިކްރޮންގެ ވޭދަނަތައް ފެތުރިގެން ގޮސްފައިވަނީ ވިޔަފާރި ބައްދަލުވުމެއްގެ ސަބަބުންނެވެ. އެއީ އާ ވޭރިއެންޓަށް ފައްސިވީ ދެމީހުންނަކީ ވެސް އެ ބައްދަލުުވުމުގައި ބައިވެރިވެފައިވާ ދެމީހުންނަށްވެއެވެ. އަދި ގައުމުން ބޭރުން ބައްދަލުވުމުގައި ބައިވެރިވުމަށް ބަޔަކު އައިސްފައިވާ ކަމަށް އިންސްޓިޓިއުޓުން ބުނެފައިވެއެވެ.

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އާވައްތަރުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އެގައުމުތަކުން މީހުން އެތެރެވުން މަނާކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

ކްރޮއޭޝިއާއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ މީހުންގެ އަދަދު ފަހަކަށް އައިސް 1000 އިން މަތީގައެވެ. ގޮތުން، އިއްޔެވެސް އިތުރު 728 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 631,765 އަށް އަރާފައެވެ. އަދި އިތުރު 51 މީހަކު މަރުވެ ޖުމްލަ މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 11,269 އަށް އަރާފައެވެ.