21:08

ޓޮންގާގެ ކަނޑުއަޑީގެ އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން ޖަޕާނަށް ސުނާމީއެއް އަރައިފި. މި ސުނާމީގެ ރާޅުތަކުގެ އުސްމިނުގައި 3 މީޓަރު ހުންނާނެ ކަމަށް ރިޕޯޓް ކުރި ނަމަވެސް ސުނާމީގެ ސަބަބުން ލިބުނު ގެއްލުންތަކެއް އަދި އެނގިފައެއް ނުވޭ.

20:55

ޓޮންގާގައި ކަނޑުގެ އަޑީގައި އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން ޖަޕާނަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ދީފި

20:30

ޓޮންގާގައި ކަނޑުގެ އަޑީގެ އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން ފަހުން އުފެދުނު ސުނާމީތައް އެއްވެސް ގައުމަކަށް އެރި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ. އެހެން ނަމަވެސް އެމެރިކާ އާއި ދިމާލަށް މިސްރާބު ހުރި ސުނާމީގެ ރާޅުތައް ހަވާއީ އަށް އަރާފައިވާ ކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ކޮށްފަ

20:29

ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ވަނީ އެމެރިކަން ސަމޮއާ ކާރިން ވެސް 2.7 ފޫޓުގެ ސުނާމީއެއް އުފެދިފައިވާކަން އިއުލާން ކޮށްފައި

20:24

ޓޮންގާގައި ކަނޑުގެ އަޑީގެ އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން އެމެރިކާ ދިމާލުން އިތުރު ސުނާމީއެއް އުފެދިއްޖެ.

20:17

ޓޮންގާގައި ކަނޑުގެ އަޑީގައި އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން އެމެރިކާ އާއި ކެނެޑާ އާއި ސުނާމީއެއް އަރަފާނާތީ ސަމާލުވާން އަންގައިފި

16:07

ޓޮންގާއަށް އެރި ސުނާމީގެ މަންޒަރެއް.

15:54

އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ފެންނަނީ ޓޮންގާ އާއި ލައު އައިލެންޑްސްގެ ތެރޭގައި ހިމެނޭ އޮނޯ-އައި-ލައު އަދި ވަޓޯ އާ އައިލެންޑް ފަދަ ރަށްތައް ހުރި ސަރަހައްދުގެ ވިލާތައް އަޅިން ފުރިފައިވާ މަންޒަރު

15:34

އޮސްޓްރޭލިއާގެ މީޓިއޮރޮލޮޖީ ބިއުރޯއިން ބުނާ ގޮތުގައި ނިއު ސައުތު ވޭލްސް، ކުއީންސްލޭންޑް، ޓަސްމާނިއާ، ވިކްޓޯރިއާ، މެކުއަރީ އައިލެންޑް ވެސް އަށް މިހާރު ވަނީ ސުނާމީގެ އިންޒާރު ދީފައި.

15:14

ރަތް ރޮނގުން ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި އުޅޭ މީހުން ރައްކަތެރި އުސް ސަރަހައްދުތަކަށް ބަދަލު ވުމަށް ވަނީ އަންގާފައި.

15:13

15:09

ނިއުޒީލެންޑްގެ ދިފާއީ ބާރުން ބުނެފައިވަނީ ޓޮންގާގެ ހާލަތު މޮނިޓާ ކުރަމުން އަންނަ ކަމަށް. އަދި އެ ގައުމުގެ ސަރުކާރުން އެދިއްޖެ ނަމަ އެހީވާން ތައްޔާރަށް އޮތް ކަމަށްވެސް ބުނެފައިވޭ،

އެހެން ނަމަވެސް މިހާތަނަށް އެއްވެސް ކަހަލަ ހުށަހެޅުމެއް ލިިބިފައިނުވާ ކަމަށް ބުނެފައިވޭ.

15:03

ފިޖީގެ ވަނުއާލެވުގެ ބައެއް ސަރަހައްދުތަކަށް ރާޅުތައް އަރަން ފަށައިފި. މިއާއެކު ބިންތިރި ގޮނޑުދޮށްތަކުގައި އުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ވަނީ އިލްތިމާސްކޮށްފައި.

މި ރާޅު އެރުމާއި ގުޅިގެން ފިޖީގެ ބޮޑު ރަށުގެ ދެ ވިލެޖަކުން 100 އަށް ވުރެ ގިނަ އާއިލާ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާކަމަށް ބުނޭ.

 

14:59

އޮސްޓްރޭލިއާއަށްވެސް ސުނާމީގެ އިންޒާރު ނެރެފި.

އެ ގައުމުގެ ބިއުރޯ އޮފް މީޓަރލޮޖީން ބުނީ ސުނާމީ އަރާފާނެ ކަމަށް ލޯޑް ހާވޭ އައިލެންޑާއި، ނޯރފޯކް އައިލެންޑަށް އިންަޒާރު ނެރެފައިވާ ކަމަށް.

 

14:41

ޖިއޮލޮޖިސްޓުން އަލިފާން ފަރުބަދަ ގޮވި ސަރަހައްދުގައި ހަރަކާތްތެރި ވަނީ

14:19

14:16

ހަންގާ ޓޮންގާ-ހަންގާ ހާއަޕާއީ ފަރުބަދަ އޮންނަނީ ޓޮންގާގެ ވެރިރަށް ޓޮންގާގެ އުތުރުން ގާތްގަނޑަކަށް 65 ކިލޯމީޓަރު ދުރުގައި.

14:16

މިހާރު ދަނީ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އުސް ތަންތަނަށް ބަދަލުވުމަށް އިލްތިމާސްވެސްް ކުރަމުން.

 

14:15

ޓޮންގާގެ މީސް މީޑިއާ ފުޓޭޖްތަކުން ފެންނަނީ އެގައުމު އެކި ހިސާބުތަކުގެ ފައްޅިތަކާއި، އެތައް ގެއަކަށް ރާޅުތައް އަރާ މަންޒަރު.

 

14:01

ޓޮންގާގެ އަލިފާން ފަރުބަދަ ގޮވި މަންޒަރުގެ ސެޓެލައިޓް ފޮޓޯތައް

14:00

ޓޮންގާއަށް ކުރިއަށް އޮތް ހަ ގަޑިިއިރު ތެރޭގައި އިތުރު ރާޅުތަކެއް އަރާފާނެ ކަމުގެ އިންޒާރު މިހާރު ވަނީ ދީފައި.

13:59

މިހާރު ޓޮންގާގައި މުވާސަލާތީ ހިދުމަތް ވަނީ ކެނޑިފައި.

13:58

ޓޮންގާގައި ކަނޑުގެ އަޑީގައި އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން ފިޖީއަށްވެސް ސުނާމީގެ އިންޒާރު ދީފި

13:58

ކަނޑުގެ އަޑީގައި އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން ޓޮންގާ އަށް ސުނާމީއެއްގެ އިންޒާރު ދީފި

ކަނޑުގެ އަޑީގައި އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން ޓޮންގާއަށް ސުނާމީއެއް އަރައިފިއެވެ.

ކަނޑުގެ އަޑީގެ އަލިފާން ފަރުބަދައެއް ކަަމަށްވާ ހަންގާ ޓޮންގާ ހަންގާ ހާއަޕާއީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން މިހާރު ޓޮންގާގެ އެކި ސަރަހައްދުތަކަށް ދަނީ ބާރުގަދަ ރާޅުތައް އަރަމުންނެވެ.

މަތަންގީ ޓޮންގާ ނިއުސް ސައިޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި މި އަލިފާން ފަރުބަދަ ގޮވަން ފެށުމާއެކު ސައިންސްވެރިން ވަނީ އަލިފާން ފަރުބަދަ ކައިރީގައި ބޮޑެތި ގޮވުންތަކާއި، ގުގުރިއާއި، ވިދުވަރުތައް ބަލާފައެވެ.

މި ގޮވުމާއި ގުޅިގެން އެ ގައުމުގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މުޅި އެ ގައުމަށް ސުނާމީގެ އިންޒާރު ނެރެފައެވެ.

އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ރަށު ތެރެއަށް ރާޅު އަރައި ގެއްލުންތައް ވަމުންދާ މަންޒަރެެވެ.

މިހާރު ފިޖީގެ ކަމާބެހޭ ފަރާތްތަކުންވެސް ވަނީ ބާރުގަދަ ރާޅުތަކެއް އަރާފާނެ ކަަމަށް ބަލައި އައްސޭރިފަށުގެ ސަރަހައްދުތަކުން މީހުން ދުރުވުމަށް އަންގާފައެވެ.

އަދި ނޭޝަނަލް އިމަރޖެންސީ މެނޭޖްމަންޓް އޭޖެންސީން ވަނީ 2000 ކިލޯ މީޓަރު ދުރުގައި އޮންނަ ނިއުޒީލަންޑްގެ ބައެއް ހިސާބުތަކަށް ރާޅު އަރާފާނެ ކަމަށް ބުނެފައެވެ.