ޓޮންގާގައި ކަނޑުގެ އަޑީގައި އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން އެމެރިކާ އާއި ކެނެޑާ އާއި ސުނާމީއެއް އަރަފާނާތީ ސަމާލުވާން އަންގައިފިއެވެ.

ޓޮންގާގައި ގޮވާފައިވާ ފަރުބަދައަކީ ކަނޑުގެ އަޑީގެ އަލިފާން ފަރުބަދައެއް ކަަމަށްވާ ހަންގާ ޓޮންގާ ހަންގާ ހާއަޕާއީއެވެ.

މި ގޮވުމާއި ގުޅިގެން ޓޮންގޯއަށް ސުނާމީ އަރާފައިވާއިރު، ކައިރި ބައެއް ގައުމުތަކަށް ސުނާމީގެ އިންޒާރު ދީފައި ވެއެވެ. އޭގެ ތެރޭގައި ފިޖީ އާއި އޮސްޓްރޭލިއާ ހިމެނެއެވެ.

ކޮންގާއަށް އެރި ސުނާމީގެ ރާޅުތައް ރަށު ތެރެއަށް އަރައިގެންދާ މަންޒަރު ފެންނަ ވީޑީއޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ރާޅުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކެއް އަދި އެނގިފައެއް ނުވެއެވެ.