ހަނގުރާމައާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ބައިވެރިނުވާން ރައްޔިތުންނަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން އިންޒާރުދީފިއެވެ.

އެ ގައުމުގެ އިންވެސްޓިގޭޓިވް ކޮމިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހަނގުރާމައާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ބައިވެރި ނުވުމަށް ރަޝިއާގެ ރައްޔިތުންނަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށެވެ.

"ކުށުގެ ރެކޯޑެއް އޮތުމަކީ އޭގެ ނޭދެވޭ އަސަރުތައްކޮށް، މީހާގެ މުސްތަގުބަލުގައި އޭގެ ލަކުނެއް ޖެހޭނެ ކަމެއް " އިންވެސްޓިގޭޓިވް ކޮމިޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން މި އިންޒާރު ދީފައިވާއިރު، ރަޝިއާ އިން ޔޫކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމާއާ ދެކޮޅު ހަދާ ރަޝިއާގެ ރައްޔިތުން މިހާރުވެސް ހައްޔަރު ކޮށްފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިދިކޮޅު އެކްޓިވިސްޓް މަރީނާ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ މިއަދު ވަނީ އިދިކޮޅު ފަރާތްތަކުން މުޒާހަރާ އަށް ނުކުތުމަށް ވެސް ގޮވާލައިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުގެ އެފަދަ އަމަލުތަކަށް ރަޝިއާއިން އެއްވެސް ކަހަލަ ހަމްދަރުދީއެއް ނުވާނެއެވެ. އެއީ މިހާރު ރަޝިއާއިން އަމާޒު ހިފާފައި އޮތީ ޔޫކްރޭން ހިސޯރު ކުރުމަށް ކަމަށްވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު