ރަޝިއާގައި ފިލްމީ ތަރިން ހަނގުރާމައިގެ ވާހަކަ ދެއްކުން މަނާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރަޝިއާގެ މޮސްކޯގެ މަޔާކޮސްކީ ތިއޭޓަރުން ނެރުނު ބަޔާނެއްގައި ބުނީ ރަޝިއާ އިން ޔޫކްރެއިން އަށް ދޭ ހަމަލާތަކުގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ފާޅު ކުރާ ކޮންމެ ހިޔާލެއް ބަލާނީ ގައުމަށް ގައްދާރުވުންކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިއަދު ފަތިހުން ފެށިގެން ރަޝިއާ އިން ޔޫކްރެއިންއާ ދެކޮޅަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައިވާއިރު މި ހަނގުރާމައިގެ ވާހަކަ ދައްކައި ޔޫކްރެއިންގެ ދިފާއުގައި ނުކުންނަ ކޮންމެ ބަޔަކާ މެދު ރަޝިއާ އިން ވަނީ ހަރުކަށި ފިޔަވަޅު އަޅައިފައެވެ.

ހަނގުރާމައިގެ ވާހަކަތައް ދައްކާ ރަޝިޔާގެ ނޫސްވެރިންނާއި މެދުގައިވެސް ފިޔަވަޅުތައް އަޅަމުންދާއިރު އެފަދަ ވާހަކަތައް ދައްކާ އާންމު ރައްޔިތުންވެސް ހައްޔަރުކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

ކުށެއް ނެތް އެތައް ބައެއްގެ ފުރާނަ ރަޝިއާއިން ދުއްވާލަމުންދާއިރު މި ހަނގުރާމަ ވަގުތުން ވަގުތައް ހުއްޓާލުމަށް ދުނިޔޭގެ ލީޑަރުން ދަނީ ގޮވަމުންނެވެ.

ދުނިޔޭގެ ގައުމުތަކުން މިހާރު ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާއިރު ރަޝިޔާއިން ވަނީ އެފަދަ ގައުމުތަކަށް ވަރުގަދަ އިންޒާރެއްވެސް ދީފައެވެ. އެގޮތުން ރަޝިޔާގެ ރައީސް ލަޑްމިއާ ޕޫޓިން ވަނީ ބޭރު ގައުމުތަކުން މި ހަނގުރާމަ ހުއްޓުމަށް ހުރަސްއަޅާ ނަމަ މިއަށްވުރެ ގޯސްކޮށް ހަނގުރާމައިގެ ހާލަތު ބަދަލުވެދާނެ ކަމަށެވެ.

ޕޫޓިން ދަނީ ބޭރު ގައުމުތަކުން ދޭ އެއްވެސް އިންޒާރަކަށް ޖަވާބެއް ނުދއްވައި ރަޝިޔާގެ ފައުޖުތައް ޔޫކްރެއިންގެ އެކި ހިސާބުތައް ހިފުމަށް ދޫކޮށްލައިފައެވެ.