ޔޫކްރޭނަށް ހަމަލާ ދެމުން އަންނަ ރަޝިއާގެ ފައުޖެއް އަމާން ދީފިއެވެ.

ޔޫކްރޭނުން އެމެރިކާއަސށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އޮކްސަނާ މާކަރޯވާ މިއަދު ވޮޝިންޓަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ މޮސްކޯގެ 74 ވަނަ މޯޓަރ ރައިފަލްސް ބްރިގޭޑްގެ ރަޝިއާ ޕްލެޓޫނެއް އަމާން ދީފައިވާ ކަމަށެވެ.

އެ ސިފައިން އަމާން ދީފައިވަނީ ޔޫކްރޭންގައި ތިބެގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވަނީ އަމާން ދިނުމަށް ފަހު އެފަރާތްތަކުން "ޔޫކްރޭންގެ މީހުންނާއި ހަނގުރާމަ ކުރާކަން ނޭނގޭ" ކަމަށް ބުނެފައިވާ ކަމަށެވެ.

ރަޝިއާގެ ސިފައިންގެ ފައުޖެއް އަމާން ދިން ނަމަވެސް އެ ފައުޖުގައި ހިމެނެނީ ކިތަށް ސިފައިން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ރަޝިއާ ސިފައިންގެ ފައުޖެއް އަމާން ދިނުމާއި ގުޅިގެން މާކަރޯވާ ބުނެފައިވަނީ "ޔޫކްރޭނަކީ ރަޝިޔާއަށް ވުރެ ކުރީގައި އޮތް ބައެއް ކަމަށާއި ޔޫކްރޭނުން ގައުމު ހިމާޔަތް ކުރުމަށް ހަނގުރާމަ ކުރާނެ" ކަމަށެވެ.

"ހުރިހާ ރޭވުންތަކާއި ހަނގުރާމައިގެ ތައްޔާރީތައް ވަމުން އަންނަނީ ކިއޭވްގައި. ކިއޭވް ވަށައިގެން ރަޝިއާއިން ހަމަލާ ދެމުން އައި ނަމަވެސް ކިއޭބް އޮތީ އަޅުގަނޑުމެންގެ ބާރުގެ ދަށުގައި އަދި" އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ވަނީ މިއަދުގެ ވަގުތެއްގައި ކިއޭވް ސަރަހައްދުގައި ހަރަކާތްތެރިވަމުން އައި ރަޝިއާގެ ދެ ހެލިކަޕްޓަރު ވެސް ވައްޓާލާފައިވާ ކަމަށް ބުނެފައެވެ.

ދެގައުމުގެ ހަމަލާ ބަދަލުކުރުންތަކުގެ ސަބަބުނ މިހާތަނަށް ޔޫކްރޭނުން 40 އަށްވުރެ ގިނަ މީހަކު މަރުވެފައިވާއިރު، ރަޝިއާއިން ބުނެފައިވަނީ އެގައުމުން މަރުވެފައިވަނީ 3 މީހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޭބެ

    ވަރަށް ދެރަ ކަމެއް ތިހެން އަމާން ދީފިނަމަ. އެކަމަކު ތި ހަބަރު ސައްހައެއް ނޫން.. އެއަށްވުރެން މާ ސާބިތުކަމާއިއެކީ ރަޝިއާ އޮތީ... އެމެރިކާގެ މަކަރާއި ހީލަތުން ފަލަސްތީނާއި، ލީބިޔާ، އަފްޣާނިސްތާން، ސީރިއާ އަދި އިރާގް ފަދަ ގައުމުތައް ހައްލައިގެން، އެ ގައުމުތަކަށް ވަދެ ހަމަނުޖެހުން ހިންގައި އަދި އެތައް ސަތޭކަ އަހަރަކަށް އެ ގައުމުގެތައް ޖައްސާފައި ފިލަނީ...

  2. މައުލާނާ ނަސީރު

    ޕްރޮޕަގެންޑާ.. ހުސް ފޭކުތީ

    4
    1
  3. ދެރަ

    ހަމަ އެކަނި އެނގޭނީ ހަތިޔާރެއްނެތް މުސްލިމުން މަރަން