ރަޝިއާގެ ވައިގެ ސަރަހައްދު އިނގިރޭސިވިލާތައް ބަންދުކޮށްފިއެވެ. ރަޝިއާ އިން ބުނީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް އުޅަނދަކަށް ރަޝިއާގެ ވައިގެ ސަރަހައްދަށް ނުވަދެވޭނެ ކަމަށެވެ.

ރަޝިއާ އިން މިފިޔަވަޅު އަޅާފައި މިވަނީ ރަޝިއާގެ ގައުމީ އެއާލައިން އިނގިރޭސިވިލާތައް ދަތުރު ކުރުން ރޭ އިނގިރޭސިވިލާތުން މަނާ ކޮށްފައި ވަނިކޮށެވެ. އަދި "ކަރު ބުޑުގައި ރަހަލާވަރުގެ" ދަތިކުރުމުގެ ފިޔަވަޅުތަކެއް އިނގިރޭސިވިލާތުން ރަޝިއާ އަށް ރޭ އަޅާފައި ވަނިކޮށެވެ.

އިނގިރޭސިވިލާތުގެ ފްލައިޓްތަކަށް ރަޝިއާގެ ވައިގެ ސަރަހައްދު ބަންދު ކުރުމާއި ގުޅިގެން އަދި މިހާތަނަށް އިނގިރޭސިވިލާތުން އެއްވެސް އެއްޗެއް ނުބުނެއެވެ.

މިހާތަނަށް ރަޝިއާ އާއި ދެކޮޅަށް އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ގައުމަކީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުން ވަނީ ރަޝިއާ ބޭންކްތަކުގެ 154 ބިލިއަން ޕައުންޑް ފްރީޒްކޮށް އިނގިރޭސިވިލާތުގެ މާލީ ނިޒާމް ބޭނުން ކޮށްގެން ރަޝިއާގެ އެއްވެސް ބޭންކަކަށް އެއްވެސް މާލީ މުއާމަލާތެއް ނުކުރެވޭ ގޮތް ހަދާފައެވެ.

ޔޫކްރޭނަށް ރަޝިއާ އިން ހަމަލާތައް ދޭން ފަށައިފިނަމަ އެހީތެރިވުމަށް އެމެރިކާ ސިފައިންނާއި އަދި އެހެން ގައުމުތަކުގެ ސިފައިން ތިބޭނެ ކަމަށް ކުރިން ހުޅަނގުގެ ގައުމުތަކުން ބުނަމުން ދިޔަ ނަމަވެސް މިހާރު ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގައި އެގައުމުތަކުގެ ހަނގުރާމައިގެ ތެރެއަށް އަމަލީ ގޮތަކުން ނުވަންނާނެއެވެ. އޭގެ ބަދަލުގައި ޔޫކްރޭނަށް ހަތިޔާރާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ހުޅަނގުގެ ގައުމުތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތާޒާ

    އަސްލުހިތިރަހަލާނީ އެމެރިކާއާއި ޔޫރަޕުގެގައުމުތަކުގެ.. މިއީ ވަރަށްވާހަކަ

    19
  2. ރެފްރީ

    އުފާވެރިޚަބަރެއް.. ހަމަގައިމު އިނގިރޭސިންނަށްވެސް ދެރައެއްލިބުނީތާ!!

    21
  3. ނަފުސު

    އެމެރިކާއާއި ހުޅަގުގައުމުތައް ބިރުގަތީއޭ

    20
  4. އަޙްމަދް

    ތިއޮތީ ހުޅަނގާއި ޢެމެރިކާ އަތުން ބޯން އުަޅުނުބޮނޑި ޔޫކުރޭނުން ބޮއިފަ!
    ދެން ސުލްހާ ވާށޭ ގޮވިއަސް ރަޝިއާ އަޑުއަހާނެތޯއެވެ؟

    28