ޔޫކްރޭންގެ 200 ސިފައިން މަރާލާފައިވާ ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ޔޫކްރޭންގެ 200 ސިފައިން މަރާލާފައިވަނީ ރަޝިއާގެ ސިފައިންގެ ފައުޖެއް އެގައުމުގެ ވެރިރަށް ކިއޭވް ސަރަހައްދަށް ވަދެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭންގައި 200 ހެލިކަޕްޓަރު ބޭނުން ކޮށްފައިވާއިރު، އޮޕަރޭންގައި މަރާލާފައިވަނީ ޔޫކްރޭންގެ ސްޕެޝަލް ޔުނިޓުގެ ސިފައިން ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ، ކިއޭވް ހިފުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއްކަން އެނގިގެން ދަނީ އެސަރަހައްދުގައި ހުރި ހުރިހާ ވައިގެ އަސްކަރީ ހަތިޔާރުތައް ނައްތާލައި މުޅި ސަރަހައްދު އެއްކޮށް ސާފު ކުރެވިގެން ދިއުމުން ކަމަށެވެ.

ރަޝިއާއިން ޔޫކްރޭންގެ 200 ސިފައިން މަރާލާފައިވާ ކަމަށް ބުނި ނަމަވެސް ޔޫކްރޭން ސަރުކާރުން އަދި އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެހެން ނަމަވެސް ޔޫކްރޭން ސަރުކާރުން ބުނެފައިވަނީ އެގައުމުން ރަޝިއާއަށް ފޮނުވާލާފައިވާ ހަމަލާގައި މިހާތަނަށް 450 މީހަކު އެގައުމުން މަރުވެފައިވާ ކަމަށެވެ. އަދި ޔޫކްރޭނުން މަރުވެފައިވަނީ 200 ވަރަކަށް މީހުން ކަމަށް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އާންމުންގެ 57 މީހަކު ހިމެނެއެވެ.

ރަޝިއާއާއި ޔޫކްރޭންގެ ހަނގުރާމަ އިއްޔެ ފެށިގެން އައިއިރު، މިހާތަނަށް ދެގައުމުން ވެސް ވަނީ އެކި ވަރުގެ ހަމަލާ ބަދަލު ކުރުންތަކެއް ދީފައެވެ. މި ހަނގުރާމަ ހުއްޓުވުމަށް ގިނަ ގައުމުތަކުން މަސައްކަތް ކުރަމުން އައި ނަމަވެސް ރަޝިއާއިން ބުނެފައިވަނީ އެކަން ނިމިގެން ދާނީ ޔޫކްރޭންގެ ސިފައިން ހަތިޔާރުތައް ތިރި ކުރުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު