ރަޝިޔާ ސިފައިން ޔޫކްރޭންގެ ސިޓީއެއް ކަމަށްވާ ޗާނަބީލްގެ ޕަވާ ޕްލާންޓެއްގައި މަސައްކަތް ކުރާ 92 މުވައްޒަފުން ރަހީނުކޮށްފައިވާ ކަމަށް އެ ގައުމުން އެމެރިކާއަށް ކަނޑައަޅުއްވާއިވާ ސަފީރު ވިދާޅުވެއްޖެއެވެ.

ސަފީރު އޮސްކާނާ މަރްކަރޯވާ މިގޮތަށް ވިދާޅުވީ، ހުކުރު ދުވަހު އެމެރިކާގެ ވޮޝިންގްޓަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެެވެ. އޭނާ ވިދާޅުވީ، އެ ޕަވާ ޕްލާންޓް އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ރަހީނު ކުރުމާއި ގުޅިގެން މަސައްކަތަށް ބުރޫ އަރާފައިވާ ކަމަށެވެ.

އެގޮތުން ރަޝިޔާ ސިފައިންގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މުވައްޒަފުންނަށް ޝިފްޓް ބަހައިގެން މަސައްކަތް ނުކުރެވޭ ކަަމަށް އޮސްކާނާ ވިދާޅުވިއެވެ.

އަދި އެ ޕަވާ ޕްލާންޓާއި ގުޅޭ ހުރިހާ ޒިންމާތައް މިހާރު ބޮލުގައި އެޅުވިފައި ވަނީ ރަޝިޔާގެ ސިފައިންކަމަށް އޭނާ ފާހަގަކުރެއްވިއިރު، އެހެން ގައުމުތަކުގެ ނިއުކްލިއާ ރެގިއުލޭޓަރުންނާއި ޗާނަބީލްގެ ހާލާތާއި ގުޅޭގޮތުން ޔޫކްރޭނުން ވާހަކަދައްކަމުންދާ ކަަމަށް ވިދާޅުވިއެވެ.

"މި ޕްލާންޓްތަކަށް ގެއްލުމެއް ނުވޭތޯ އަޅުގަނޑުމެން މި ދަނީ ކުރެވެން ހުރި މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއެކު ކުރަމުން. އެކަމަކު އަޅުގަނޑުމެންނަކަށް ނުބުނެވޭނެ ވަކި އެއްޗެއް ރަޝިޔާއިން މި ޕްލާންޓްތަކަށް ހަދާނެ ގޮތަކާއި މެދު، އެހެންވެ އަޅުގަނޑުމެން އިންޒާރު މި ދެނީ އެންމެންގެ އެހީއަށް އެދެނީ". އޭނާ ވިދާޅުވިއެވެ.

ވައިޓް ހައުސްއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރަޝިޔާއިން ޗާނަބީލްގެ ޕަވާ ޕްލާންޓްގެ މުވައްޒަފުން ރަހީނު ކުރި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އެ މީހުން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަން

    އަފްޣާނިސްތާނުގަ މުސލިމުންނައް ހާދަ އަނިޔާއެއް ކުރި ބަޔެކޭ ތި ރަޝިޔާ ތީ

    1
    1