ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިހް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވެއްޖެއެވެ.

އަބޫދާބީ އެމިރޭޓްސްގެ ވެރިއަކަށް ވެސް ހުންނެވި ޝެއިހް ޚަލީފާ އަވަހާރަވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ ނިއުސް އެޖެންސީ ޑަބްލިއުއޭއެމް އިން ބުނެފައި ވަނީ މިއަދުއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ގާނޫނު އަސާސީގެ ދަށުން، ދުބާއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ރައީސްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނެއެވެ. އަދި 30 ދުވަހުގެ ތެރޭގައި ހަތް އެމިރޭޓްސްގެ ގަވަރުނަރުން ބައްދަލުކުރައްވާ އާ ރައީސަކު ހޮވާނެއެވެ.

2004 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޔޫއޭއީގެ ރައީސްކަމާއި އަބޫދާބީގެ ވެރިކަން ވެސް ކުރައްވި ޝައިޚް ޚަލީފާ ބިން ޒައިދު އަވަހާރަވިއިރު، އުމުރުފުޅަކީ 73 އަހަރެވެ. އެމަނިކުފާނު ވަނީ އެ މަގާމުގައި 17 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.

ޚަލީފާ ބިން ޒައިދަކީ ޔޫއޭއީގެ ފައުންޑިން ލީޑަރު ޒައިދު ބިން ސުލްތާން އަލް ނަހްޔާންގެ އެންމެ ހަގު ދަރިކަލުންނެވެ.

ޚަލީފާ ބިން ޒައިދު ގެ ޒަޢާމަތުގައި ޔޫއޭއީ އަކީ ކުރިއަރަމުން އަންނަ ސަރަހައްދީ ބާރަކަށް ހެއްދުމަށް މަސައްކަތް ކުރެއްވިއެވެ. އަފި ވިޔަފާރިއާއި ޓެކްނޮލޮޖީގެ ބޮޑު ހަބަކަށް ބަދަލުކުރުމުގައި އެހީތެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ💔

    މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمیـــــن يارب العالمين.🤲

  2. ާ

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ💔

    މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمیـــــن يارب العالمين.🤲

  3. މާލެ

    މީމީހާގެ ވެރިކަމުގައި ޔޫއޭއީގައި ބުދު ފައްޅިއާއި ޔަހޫދީންގެ ފައްޅިތައް އެޅީ އަދި ޔޫއޭއީގައި ޖުވާކުޅޭ ތަންތަން ހަދައި އިސްރޭލާ ގުޅުންތައް އުފައްދައި މަސްޖިދުލްއަގްސާއާ އަޅާނުލީ