އިނގިރޭސިވިލާތުގެ މުޖުތަމައު ތެރޭގައި މަދުން ނޫނީ ނުފެންނަ މަންކީޕޮކްސް ފެތުރެން ފަށައިފިއެވެ.

އެގައުމުގެ މުޖުތަމައު ތެރޭގައި ބަލި ފެތުރެން ފަށާފައިާއިރު، މިދިޔަ ހުކުރު ދުވަހާއި ހަމައަށް އެގައުމުން ފެނިފައިވަނީ މިބަލީގެ 20 ވޭދަނަ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. ނަމަވެސް މިހާރު މުޖުތަމައު ތެރޭގައި ފެތުރޭތީ ބަލި އިތުރަށް ހަލުވި ކަމާއި އެކީ ފެތުރޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

އެގައުމަށް ބަލި އައި ގޮތް ދެނެގަނެވިފައި ނުވާއިރު، ތަޖުރިބާކާރުން ބުނީ ބަލި ޖެހިފައިވާ މީހުން، ބަލި ޖެހޭނެ ކަމަށް ޝައްކު ކުރެވޭ އެއްވެސް މާހައުލަކަށް ނުވަތަ ހަފްލާއަކަށް ގޮސްފައި ނުވާ ކަމަށެވެ.

މޮންކީޕޮކްސް އަކީ އެފްރިކާއިން ބޭރުން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ނަމަވެސް، ޔޫރަޕާއި އުތުރު އެމެރިކާ އަދި އޮސްޓްރޭލިއާގެ އެކި ކަންކޮޅުތަކުން 92 މީހަކު މިހާރު މިބައްޔަށް ވަނީ ފައްސިވެފައެވެ. އަދި އިތުރު 28 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެއެވެ.

ރާމާމަކުނުގެ ގައިން އެންމެ ފުރަތަމަ ފެނުނު މި ބައްޔަކީ މަންކީޕޮކްސް ވައިރަސްގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. މިބަލި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާނީ ވަރަށް ކައިރިން ދެމީހަކު ބައްދަލުވެގެން ނުވަތަ ޖިންސީ ގުޅުން ހިންގައިގެން ކަމަށް މާހިރުން ވަނީ ބުނެފައެވެ.

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ގައިގެ އެކިތަންތަން ދުޅަވުންފަދަ އަލާމާތްތައް ހިމެނެއެވެ. އަދި ބައެއް މީހުންގެ އަތާއި މޫނުގެ އިތުރުން ހަށިގަނޑުގެ އެހެން ތަންތަނުގައި ބޮޑެތި ބިހިތައް ވެސް ބަލީގެ ސަބަބުން ނަގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    އެއްޖިންސުން ގުޅުން ހިންގާ މީހުނައް ތި ބަލި ޖެހެނީ.

  2. ކަނބިލބި ކުޑައާދަނު

    އަނެއްކާ އަލީވަހީދު ހުންނެވީ ހެޔޮހާލުގަބާ!

  3. Anonymous

    މި ޤައިމި ތަކުން މީހުން އައުން މަނާކުރޭ މި ވަގުތަށް. ގޯސް ވުމުގެ ކުރިން.

  4. ޗޯޓޭ

    އަވަހަށް ބޯޑަރު ބަންދުކުރޭ މި ޤައުމު ތަކަށް.

  5. މަޖުބޫރީހާލަތް

    ޔާ ﷲ ލާދީނީ މީ ހުންގެ ގެކިބައިން ތިޔަފެތުރޭ ބަލިތަކުން އަޅަމެން މުސްލިމުން ރައްކާ ތެރިކުރައްވާށި