އިސްރާއީލް ސިފައިން ބަޑި ޖަހައި ފަލަސްތީނުގެ ކުޑަ ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އުމުރުން 15 އަހަރުގެ ޒައިދު ޣުނެއިމް ޝަހީދުކޮށްލާފައިވަނީ އެގައުމުގެ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ބެތުލެހެމްގެ ދެކުނުން އޮންނަ އަލް ޚަދަރު އަވަށުގައެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ބުނީ، ޒައިދު މަރުވެފައިވަނީ އިސްރާއީލް ސިފައިން ދިން ހަމަލާތަކުގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ. އެގޮތުން އޭނާގެ ކަރަށާއި ބުރަކައްޓަށް ތިން ވަޒަން އަރާފައިވާ ކަމަށް ވަނީ ބުނެފައެވެ.

މިހާދިސާއާއި ގުޅިގެން ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކުގައި ކުރިމަތިލުންތަކެއް ހިނގައި ފަލަސްތީނުގެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފައިވަނީ ނާބުލުސްގެ ބައިޓާ، ބައިތު ދަޖާން އަދި ހުވާރާ އަވަށުގައި ކުރަމުންދާ މުޒާހަރާތައް އިސްރާއިލް ސިފައިން ހުއްޓުވުމުގެ ތެރޭގައި، ރަބަރު ވަޒަނުން 10 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށާއި، އޭގެ ތެރޭގައި ފަލަސްތީނުގެ 88 މީހުން ވެސް ހިމެނޭ ކަމަށެވެ.

އިސްރާއީލް ސިފައިންގެ ހުއްޓުމެއް ނެތް އަނިޔާ އާއި ހަމަލާ ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކަށް ކުރިމަތިވަމުން އަންނައިރު، ފަލަސްތީނުގެ ގިނަ ބަޔަކު އަންނަނީ އިސްރާއީލް ސިފައިންގެ ސަބަބުން ދިރިއުޅުމަށް އިންތިހާއަށް ދަތިވާ ކަމަށް މީސްމީޑިއާގައި ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮސް

    ފަލަސްތީނުގެ މީހަކަށް އިސްރާއީލުގެ ކުއްޖަކު ޝަހީދުކޮށްލެވިދާނެތަ؟

    2
    2
    • މުކޮސް

      ކިޔަން އުޅޭއެއްޗެއް ސާފުކޮށް ކިޔާބަލަ. ވާނުވާވެސް ނޭންގި އަދި ކޮމެންޓުކު ކުރެޔޭ.

  2. އަހުމަދު

    ޔާ ﷲ . އިސްރާއީލްގެ ޖަރީމާ ހިންގާ ހުރިހާ ފަރާތެއް ފަލަސްތީނުގެ އަޅުންކަމުގަ ލައްވާންދޭވެ. އާމީން.

  3. Anonymous

    ޔާ ﷲ. އަދުގެ އިސްލާމީ އުންމަތް، އެކައްޗެއް ކިޔައި، އެކީ ނިކުމެ، އިސްރާއިލާއި ހަނގުރާމަކުރުމުގެ ތައުފީޤު، އިސްލާމީ ވެރިންނަށް ދެއްވާށި.އާމީން