ސްލޮވާކިއާގެ ސަރުކާރާ ގުޅުން ހުރި ކޮރަޕްޝަންގެ އަމަލެއް ތަހުގީގު ކުރި ނޫސްވެރިއަކު މަރާލާފައި އޮއްވައި ފެނިއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި މަރާލާފައި އޮއްވައި ފެނިފައިވަނީ 27 އަހަރުގެ ޖޭން ކުސިއަކް އެވެ. އޭނާ އަކީ ތަހުގީގޫ ނޫސްވެރިއެކެވެ. އޭނާ މަރާލާފައިވަނީ އޭނާ ދިރިއުޅޭ ގެއަށް ވަދެ ބަޑި ޖަހައިގެންނެވެ. އޭނާ އަށް ދިން އެ ހަމަލާގައި އޭނާގެ ލޯބިވެރިޔާވެސް ވަނީ މަރާލާފައެވެ.

އޭނާ މަރުވި އިރު އޭނާ ތަހުގީގު ކުރަމުން ދިޔައީ ޓެކްސްއަށް މަކަރު ހަދައިގެން ލަގްޝަރީ އެޕާޓްމަންޓެއް ގަނެގެން އުޅުނު މީހެއްގެ މައްސަލައެވެ. އަދި އެމީހާ އަކީ އެގައުމުގެ ސަރުކާރާ ގުޅުން އޮންނަ މީހެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެމައްސަލަ ތަހުގީގުރާ ފުލުސް މީހާ ބުނެފައިވާ ގޮތުގައި އޭނާ މަރާލާފައިވަނީ އޭނާ ކުރަމުންދިޔަ ތަހުގީގުތަކުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ނޫސްވެރިޔާ މަރާލާފައިވަނީ މެޔަށް ބަޑިޖަހައިގެން ކަމަށާއި، އޭނާގެ ލޯބިވެރިޔާ މަރާލާފައިވަނީ ބޮލަށް ބަޑިޖަހައިގެން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.