މެކްސިކޯގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ، ޑްރަގް ލޯޑް ރަފައެލް ކަރޯ ކުއިންޓެރޯ ހައްޔަރު ކޮށްފިއެވެ.

މެކްސިކޯގެ ކަނޑުގެ އަސްކަރީ ސިފައިން ބުނެފައިވަނީ ކަރޯ ހައްޔަރު ކޮށްފައިވަނީ 1985 ވަނަ އަހަރު އެމެރިކާގެ އެންޓި ނާކޮޓިކްސް އޭޖެންޓަކަށް ކުދި އަނިޔާކޮށް މަރާލި މައްސަލައިގައި ކަމަށެވެ. މި މައްސަލައިގައި މީގެ ކުރިން ވެސް ކަރޯ ވަނީ ހައްޔަރު ކޮށްފައެވެ. އޭރު އޭނާ ވަނީ 28 އަހަރު ޖަލުގައި ހޭދަކޮށްފައެވެ. އޭގެ ފަހުން މެކްސިކޯގެ ފަނޑިޔާރަކު ވަނީ 2013 ވަނަ އަހަރު އޭނާ ބަންދުން ދޫކޮށްލާފައެވެ.

2013 ވަނަ އަހަރު ބަންދުން ދޫކުރުމާއި އެކީ އޭނާ ވަނީ ދެގައުމުގެ ފުލުހުންނަށް ވެސް ފިލާފައެވެ.

ގުއަޑަލަޖަރާ ކާޓެލްގެ އިސްވެރިއެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ކަރޯ ހޯދުމުގެ މަސައްކަތް މީގެ ކުރިން ކޮށްފައިވާއިރު، އެމެރިކާއިން ވަނީ އޭނާ ހޯދައިދޭ ފަރާތަކަށް ބޮޑު އިނާމެއް ދިނުމަށް ވެސް ހުށަހަޅާފައެވެ.

މެކްސިކޯގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ ކަރޯ ހައްޔަރު ކުރުމަށްފަހު އެގައުމުގައި އޭނާ ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި އެމެރިކާގެ ޖަލަކަށް އޭނާ ބަދަލު ކުރުމަށް އެމެރިކާގެ ކަމާއި ބެހޭ އިދާރާތަކަށް އެދިފައިވާ ކަމަށެވެ.

މެކްސިކޯގެ އަސްކަރިއްޔާއާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނީ، ކަރޯ ހައްޔަރު ކޮށްފައިވަނީ މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މައި އެއް ސްޓޭޓް ކަމަށްވާ ސިނަލޯއާގެ ހުޅަނގު އުތުރުގެ ސްޓޭޓެއް ކަމަށްވާ ޗޮއިކްސްގެ މުނިސިޕަލްޓީން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެމެރިކާގައި ތިޒާތުގެ މީހުން ވާނީ ބޮޑު ހީރޯއަކަށް. ހައްޔަރުކޮށްލަނީ ނަމަކަށް. ބޭނުމަކީ އޭނާ ޕްރޮމޯޓްކޮށް ޝައިތާނާގެ ކެހިވެރިމަޅީގައި މީހުން ޖައްސާ ދުނިޔޭގެ ލޯ އޭނަޔާ ދިމާލަށް އަނބުރާލުން
    ދެން ދުވަސްކޮޅަކުން އޭނާޔާ ބެހޭ ފިލްމެއް ބޮލީވުޑްގައި އަޅުވާނީ. މިއީ ޙަަޤީޤަތް. މިއީ ތާރީޚު އަހަރުމެންގެ ލޯކުރިމައްޗަށް ދައްކައިދޭ ހަގީގަތް

    2
    1