ނިއުކްލިއާ ބޮމެއް އުފެއްދޭ ވަރުގެ ގާބިިލުކަން ލިބިފައިވާ ކަމަށް އިރާނުން ބުނެފިއެވެ.

އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޙުމައިނީގެ އެޑްވައިޒަރެއް ކަމަށްވާ ކަމާލު ކަރާޒީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނިއުކްލިއާ ބޮމެއް އުފެއްދުމުގެ ގާބިލުކުރަން އިރާނުން ހޯދާފައިވާ ކަމަށާއި ނަމަވެސް ބޮމެއް އުފެއްދަން އަދި ނުވިސްނާ ކަމަށެވެ.

އޭނާ ވިދާޅުވީ ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުންކުރާ ބޮން އުފައްދަން 60 އިންސައްތަ ޔުރޭނިއަމް މިހާރުވެސް އީރާނަށް ފައްކާކުރެވޭ ކަމަށާއި އަދި ވަރަށް ފަސޭހައިން 90 ޕަސެންޓާ ހަމައަށް ވެސް ޔުރޭނިއަމް ފައްކާ ކުރެވިދާނެ ކަމަށެވެ.

ނިއުކުލިއާ ބޮމެއް އުފައްދަން 90 ޕަސެންޓް ޔުރޭނިއަމް ބޭނުންވާނެއެވެ.

"ނަމަވެސް ނިއުކްލިއާ ބޮމެއް އުފައްދަން އަދި އީރާނުން ނިންމުމެއް ނިންމާފައެއް ނެތް" ކަމާލު ވިދާޅުވިއެވެ.

ކަމާލް އެފަދައިން ވިދާޅުވި އިރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ސައުދީ އަދި އިސްރާއިލަށް ވަޑައިގެން އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވަން އެއްބަސްވެ ވަޑައިގެންފައެވެ.

މީގެ ކުރިން އިރާނުން ނިއުކުލިއާ ބޮމެއް އުފެއްދުން ހުއްޓުވަން ދުނިޔޭގެ ބޮޑެތި ބާރުތަކުން 2015 ވަނަ އަހަރު އިރާނާއެކު އެއްބަސްވުމެއް ވެސް އެކުލަވާލިއެވެ. ނަމަަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ވަނީ އެ އެއްބަސްވުމުން ވަކި ވެފައެެވެ.

އިރާނުގެ ނިއުކްލިއާ މައްސަލަ ވާހަކަ ދައްކައިގެން ހައްލު ނުވެއްޖެނަމަ އިރާނުގެ ނިއުކްލިއާ ސައިޓްތަކަށް ހަމަލާ ދޭނެ ކަމަށް އިސްރާއިލުން މީގެ ކުރިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގަދަ ބާރު

    އީރާނުގެ ހަގީގަތެއްނޭގޭނެ އެމަރިކާ ކީ ދުނިޔެއަކަށްވެސް ލާހިކެއްނޫން؟ އީރާނުނުގައި
    ނިއުކްލިއަރ ބޮން ހުއްޓަސް ދުނިޔެއަކަށް ނޭނގޭނެ..؟؟🇮🇷🇮🇷🇮🇷🇮🇷🔥🚫

    12
    2
  2. ޒަމީރާ

    އެމަރިކާ ޢަސްކަރީ ހަމަލާއެއް އީރާނައް ދޭނެ
    ދިގުއިންތިޒާރުގައި މަހުންނަތާ އެތެއްއަހަރެއްވެއްޖެ
    މަގޭ ބޭނުން އީރާނުގެ ފެންވަރު ބަލާލަން

    6
    16
    • ޖެޖޖެ

      އަމިއްލަ މީހާގެ ހާލައިގެން އުޅެބަަލަ.

      7
      1
  3. ޕޫޓިން

    އެމެރިކާ އާއި އިޒްރޭލް ހަމަ ބިމަށް ތިރިކޮއްލާނަން.. އިރާނަށް ހަމަލާއެއް ދީފިނަމަ

    2
    1
  4. އަރަބި

    ސާބަހޭ އީރާން. އެމެރިކާ އާއި ހުޅަނގުގެ ފުލޯކު ބަސްތައް ނަހާތި

  5. ސޭކު

    ރަޝިއާ މައިތިރި ނުކުރެވުނު ދެން ކުރެވޭނީ ކީއް

  6. ޕ

    އެމެރިކާ ގެ ޖައްބާރުކަމާއެވެ. އީރާން ފްރޭމް ކޮށްގެން ވާނީ ކީއް ހެއްޔެވެ

  7. ؟؟؟

    އީރާނަކީ ކުޅޭކުޅޭ ޕަޕެޓެއް ނޫނެވެ

  8. ސިޓީ

    އެމެރިކާ ޑާލިންނެވެ. ތިހާ ފެންވަރެއް ހުރިއްޔާ ކޯޅެން އައިސްބަލާށެވެ. ކަލޭ ހީކުރީ ކަލޭގެ މަޅީގައި މަބެދޭނެކަމަށްހެވެ؟ ހަމަހިލާ އެހެންނުވާނެ އެވެ. ޗައިނާ އާއި ރަޝިއާ ބުނީކީ ދޮގުވާހަކައެއްނޫނެވެ. ކަލޭތީ ހަމަ މުނާފިގެކެވެ😏

    😎އީރާން😎