މި މަހު އެކަނި އިންޑިއާގެ ހަަތަރު ފްލައިޓެއް އިމަޖެންސީ ހާލަތުގައި ޕާކިސްތާނުގެ ކަރާޗީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ބޮޑު ދެ ހަތުރުން ކަމަށްވާ އިރު އިމެޖެންސީ ހާލަތުގައި ވެސް ފްލައިޓްތައް ޖެއްސުމަކީ ވަަރަށް މަދުން ނޫނީ ކުރިން ނުވާ ކަމެކެވެ.

އެގޮތުން ޔޫއޭއީން އިންޑިއާއަށް ދަތުރުކުރަމުން ދިޔަ އިންޑިއާގެ އިންޑިގޯ އެއާލައިންގެ ފްލައިޓެއް އިއްޔެ ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ޕާކިސްތާނުގެ ކަރާޗީ އެއާޕޯޓަށް އިމެޖެންސީ ހާލަތުގައި ޖައްސައިފައެވެ.

މި މަހު ކުރީކޮޅު ހިނގި އެހެން ހާދިސާއެއްގައި އިންޑިއާގެ ސްޕައިސް ޖެޓުގެ ފިއުލް ޓޭންކަރަކަށް މައްސަަލައެއް ދިމާވެގެން ވެސް އިމެޖެންސީ ހާލަތުގައި ޕާކިސްތާނަށް ވަނީ ޖައްސައިފައެވެ.

ފަހަކަށް އައިސް އިންޑިއާގެ އެއާލައިންތަކުގެ ތެރެއިން އެންމެ ބޮޑަށް މައްސަލަަތައް ދިމާޥަމުން ދަނީ ސްޕައިސް ޖެޓު އެއާލައިންގެ ބޯޓުތަކަށެވެ.

އެގޮތުން އެ އެލާއިންގެ އެއް ބޯޓުގެ ކޮކްޕިޓްގައި މައްސަލައެއް ދިމާވެގެން އިމެޖެންސީގައި ޕާކިސްތާނަށް ޖެއްސި އިރު އެހެންް ބޯޓެއްގެ ވިންޑްޝީލްޑްގައި ރެނދެއް ލައިގެން މުމްބާއީގެ އެއާޕޯޓަށް ޖައްސަން ޖެހުނެވެ.

އަދި އެ އެއާލައިންގެ ބޯޓެއް ނައްޓާލި ތަނާ ބޯޓުގެ ކެބިންއިން ދުން އަރާތީ އިމެޖެންސީގައި ދިއްލީއަށް ޖައްސަން ޖެހުނެވެ.

އެކަންކަމާާ ގުޅިގެން އިންޑިއާާގެ ސިވިލް އޭވިއޭޝިއަނުން ވަނީ ސްޕައިސް ޖެޓަށް ނޯޓިސް ފޮނުވައިފައެވެ. އެ އެއާލައިންއިން ކުރާާ ދަތުރުތަކަކީ ރައްކާތެރި ދަތުރުތަކެއްކަން ކަށަވަރުނުކޮށްދެވޭ ކަމަށް ނޯޓިސްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު