ޕާކިސްތާނުގެ އަސްކަރިއްޔާގެ ސިފައިންގެ މީހަކު ވަގަށް ނަގައި މަރާލައިފިއެވެ.

ބަލޫޗިސްތާނުގެ ހުޅަނގު ދެކުނު ޕްރޮވިންސެއްގައި ހިނގި މި ހާދިސާގައި ސިފައިންގެ މީހާ މަރާލާފައި ވަނީ އޭނާ ސަލާމަތް ކުރުމަށް ޕާކިސްތާން ސިފައިން އެ ހިސާބަށް ގޮސް ތިއްބައެވެ.

އެގައުމުގެ އަސްކަރިއްޔާއިން ބުނީ ހަނގުރާމަވެރިން ވަގަށް ނެގި ޕާކިސްތާނު ސިފައިންގެ އޮފިސަރު މަރާލީ އޭނާގެ ގަޔަށް ބަޑިޖަހައިގެން ކަމަށެވެ.

ލެފްޓިނެންޓް ކާނަލް ލައިގް ބާއިގް މިރްޒާ ނަމަކަށް މި އޮފިސަރު ވަގަށް ނަގާފައިވަނީ އަންގާރަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި އޭނާގެ އާއިލާ އާއި ރަހުމަތްތެރިއަކާއެކު ހިލް ސްޓޭޝަނަކުން ކުއެޓާ ސިޓީއަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް އެގައުމުގެ ސަލާމަތީ އޮފިޝަލުން ބުނެއެވެ.

ވަކިވެގަތުމަށް މަސައްކަތްކުރާ ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން މިހާދިސާއާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޮފިސަރު ވަގަށް ނެގީ އެ ޖަމާއަތުން ކަމަށެވެ. އެ ޖަމާއަތުގެ ހަނގުރާމަވެރިން އޮފިސަރު ހައްޔަރުކުރީ އީރާނާއި އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުންނެވެ.

ސިފައިންގެ އޮފިސަރު ސަލާމަތް ކުރުމަށް ޕާކިސްތާން އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއްވެސް ހިންގިއެވެ. އަދި މި އޮޕަރޭޝަނުގައި ހެލިކޮޕްޓަރުތައްވެސް ބޭނުންކޮށްފައިވެއެވެ.

"އެމީހުންގެ ވަށައިގެން އެނބުރޭނެ ކަމުގެ އިހްސާސް ކުރެވުމުން ހަނގުރާމަވެރިން ވަނީ ކާނަލްގެ ގަޔަށް ބަޑި ޖަހާފައި" އަސްކަރިއްޔާގެ ކޮމިއުނިކޭޝަންސް އާރމްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އޭގެ ތެރެއިން ދެ ހަނގުރާމަވެރިން މަރުވީ ބަޑީގެ ހަމަލާއެއްގައި ކަމަށާއި ނަމަވެސް ބާކީ ތިބި މީހުން ފިލާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ސަލާމަތީ އޮފިޝަލުން ވިދާޅުވީ، ކުއެޓާއާއި، ހިލް ސްޓޭޝަން، ޒިއާރާޓްއާ ދެމެދު އޮންނަ ހައިވޭގައި ކާރު މަޑުކުރުމަށްފަހު، އުމަރް ނަމަކަށް ކިޔާ އޮފިސަރުގެ ރަހުމަތްތެރިޔާވެސް ހަނގުރާމަވެރިން ވަގަށް ނަގައި، މަރާލާފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    އިންޑިއާގެ މަދަދު ލިބޭ ޓެރަރިސްޓް ޖަމާއަތެއް.