ވެރިކަމަށް ވަޑައިގެންނެވިތާ ދޮޅު އަހަރު ފަހުން އިޓަލީގެ ބޮޑު ވަޒީރު މާރިއޯ ޑްރާގީ އިސްތިއުފާ ދެއްވައިފިއެވެ.

އުމުރުފުޅުން 74 އަހަރުގެ ޑްރާގީ ބޮޑު ވަޒީރުކަމަށް ވަޑައިގަންނަވާފައިވަނީ މިދިޔަ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ދޮޅު އަހަރުގެ ތެރޭގައި އޭނާ އިސްތިއުފާ ދެއްވަން ނިންމަވާފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިތުބާރު ނުލިބުމުންނެވެ.

އިޓަލީގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ފައިވް ސްޓާ ޕާޓީން ތާއީދު އަނބުރާ ގެންދިޔުމުން މިދިޔަ ބުރާސްފަތި ދުވަހު ޑްރާގީ ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފައެވެ. އެ ޕާޓީން ވިދާޅުވެފައިވަނީ އާއްމުންގެ ދިރިއުޅުމުގެ ހަރަދުތައް އުފުލޭ މައްސަލަ ހައްލު ކުރަން ބޮޑު ވަޒީރު ޑްރާގީ އެކަށީގެންވާ މަސައްކަތް ނުކުރައްވާ ކަމަށެވެ. އެހެންވެ، އޭނާއަށް ތާއީދު ނުކުރާނެ ކަމަށެވެ.

އެކަމަކު، ސަރުކާރުގެ އިތުބާރު އޮތްތޯ ބެލުމަށް ސެނެޓުގާ ނެގި ވޯޓުން ވަނީ ސަރުކާރުގެ އިތުބާރު އޮތް ކަމަށް ފާސްވެފައެވެ.

އެހެންނަމަވެސް، ފައިވް ސްޓާ ޕާޓީގެ ތާއީދާ ނުލާ ބޮޑު ވަޒީރުކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ ޑްރާގީ ނިންމަވާފައިވަނީ އިސްތިއުފާ ދެއްވާށެވެ. އެޕާޓީގެ އިތުރުން، އިތުރު ދެ ޕާޓީއަކުން ވެސް ވަނީ އޭނާއަށް ތާއީދުނުކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެނެރީ

    މިއީ ކެނެރީގޭ ޖާހިލު އެބުނާ ބަރުލަމާގެ ހާލަކީ އޭނަ ބޭނުންވަނީ ދިވެހިގައުމު ފުނޑާލަން

    2
    1
  2. ޔޫސުފް

    ދުނިޔޭގެ މައްޗަށް ނަލަ ނަމޫނާ ވެރިކަމެއް ދައްކަމުން އެދާ އެމެރިކާގެ ނިޒާމަކީ ރިޔާސީވެރިކަން، މުޅި ޔޫރަޕް ހަލާކުވެފަ މިއޮތީ މިކަހަލަ ބަރުލަމާނީ ވެރިކަމުގެ ވަކިތަކުން -