ހަތަރު ގައުމަކުން 200 އެއްހާ މީހުން މަކުނު ވިދުރި (މަންކީ ޕޮކްސް) އަށް ފައްސިވެއްޖެއެވެ.

މަކުނު ވިދުރީގެ އެންމެ ފަހުގެ މައުލޫމާތު އާންމު ކުރާ އިދާރާއަކުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު، އެންމެ ގިނަ ބަޔަކު މަކުނު ވިދުރިއަށް ފައްސިވެފައިވަނީ ޖަރުމަންވިލާތުންނެވެ. އެގައުމުން 81 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ނެދަލޭންޑުންނެވެ. އެގައުމުން 56 މީހަކު ފައްސިވެފައިވާއިރު، ސްޕެއިން އިން ފާއިތުވި 24 ގަޑިއިރު 40 މީހަކާއި ޕެރޫއިން 14 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މި ގައުމުތަކުގެ އިތުރުން ސުވެޑެން އިން 6 މީހުން. ޑެންމާކް، ގްރީސް އިން ދެ މީހަކު އަދި ސްލޮވޭނިއާއިންނާއި ތައިލޭންޑުން އެކަކަށް ވަނީ ބަލި ޖެހިފައެވެ.

މިހާތަނަށް މަކުނު ވިދުރި 69 ގައުމަކުން ފެނިފައިވާއިރު، އަލަށް 203 މީހަކު ވަނީ ފައްސިވެފައެވެ. އަދި މި ގައުމުތަކުން މިހާތަނަށް މި ބައްޔަށް 15،901 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މަކުނު ވިދުރި ފެނިފައިވާ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ މީހަކު ފައްސިވެފައިވަނީ ސްޕެއިންނެވެ. އެގައުމުން 3،383 މީހަކަށް މި ބަލި ޖެހިފައިވާއިރު، ދެވަނަ އަށް 2،323 މީހުން ފައްސިވެފައިވަނީ އެމެރިކާއިންނެވެ. އަދި 2،191 މީހުންނާއި އެކީ ތިން ވަނައަށް ޖަރުމަންވިލާތް އޮތްއިރު، ހަތަރު ވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އިނގިރޭސިވިލާތުންނެވެ.