ޔޫކްރޭންގެ ރައީސް، ވޮލޮޑިމިއަރ ޒެލެންސްކީގެ ނުވަ އަހަރުގެ ފިރިހެން ދަރިފުޅު ބޭނުން ވަނީ ސިފައިންގެ މީހަކަށްވާން ކަމަށް ފަސްޓް ލޭޑީ އޮލޭނާ ޒެލެންސްކާ ބުނެފިއެވެ.

އެންބީސީ ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޮލޭނާ ބުނެފައިވަނީ އެހެން ކުދިން އުޅޭ ގޮތަށް އެމީހުންގެ ނުވަ އަހަރުގެ ދަރިފުޅުގެ އުޅުން ބަދަލު ކުރަން ވަރަށް އުނދަގޫ ކަމަށާއި މިހާރު އެމީހުންގެ ދަރިފުޅު އެންމެ ކުރާ ހިތްވާ ކަމަކީ އަސްކަރީ ހަތިޔާރެއް ކަމަށްވާ "ރައިފަލް" ހިފައި ގެންގުޅޭ ގޮތް ދަސްކުރުން ކަމަށެވެ.

އެކަމުގެ އިތުރުން މާޝަލް އާޓްސް ވެސް ދަސްކުރަން އެމީހުންގެ ދަރިފުޅު މަސައްކަތް ކުރާ ކަމަށް އޮލޭނާ ވަނީ ބުނެފައެވެ.

މީގެ ކުރިން އެމީހުންގެ ދަރިފުޅަކީ ޕިއާނޯ ކުޅުމާއި ޑާންސްއާއި އެހެނިހެން ކުޅިވަރުގެ ހަރަކާތްތަކަށް ފޯރި ހުންނަ ކުއްޖެކެވެ. އޮލޭނާ ބުނާ ގޮތުގައި އެމީހުންގެ ދަރިފުޅުގެ ވިސްނުން ބަދަލުވެފައިވަނީ ރަޝިއާއާއި އެގައުމުން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުންނެވެ.

ރަޝިއާއިން ދެމުން އަންނަ ހަމަލާއާއި ގުޅޭ ގޮތުން އޮލޭނާ ވަނީ އެމެރިކާ ސަރުކާރުގެ ބައެއް އޮފިޝަލުންނާއި މިދިޔަ ބުދަ ދުވަހު ބައްދަލު ކުރައްވައި ވާހަކަ ދައްކާފައެވެ. އަދި އެވާހަކަތަކުގެ ތެރެއިން އޭނާ ވަނީ އެމެރިކާއިން އެގައުމަށް އިތުރު ހަނގުރާންމަތީ ހަތިޔާރުތައް ފޯރުކޮށްދިނުމަށް ވެސް އެދިފައެވެ.

އޭނާ ބުނެފައިވަނީ ބޭނުން ވަނީ އެހެން ގައުމަކާއި ހަނގުރާމަ ކުރަން ބޭނުންވާ ފަދަ ހަތިޔާރު ނޫން ކަމަށާއި ބޭނުން ވަނީ ގެދޮރުތައް ރައްކާތެރި ކުރެވޭނެ ފަދަ ހަތިޔާރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯކިބާ

    ރޯ ހަރުބީ ޕުރޮޕެގެންޑާ ތިޔައީ، އޭނަގެ ދަރިބޭނުންވެގެން އުޅޭ އެއްޗެއްތަ ނޭނގިގެން މިއުޅެނީ ގައުމު އެއޮއް ސުންނާފަތިވެ ނިމެނީ.