ކޮވިޑް-19 އަށް ފަހު ދުނިޔޭގެ ގިނަ ގައުމުތަކުން ފެނިފައިވަ މަކުނު ވިދުރި (މަންކީ ޕޮކްސް) މިހާތަނަށް 70 ގައުމަކުން ފެނިއްޖެއެވެ.

މަކުނު ވިދުރީގެ ފަހުގެ މައުލޫމާތު އާންމު ކުރާ އިދާރާއަކުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ފަހުން މަކުނު ވިދުރީގެ ވޭދަނަތައް ފެނިފައިވަނީ ބާޑަބޮސް، މާޓިންކިއު، ކޮސްޓަރިކާ، ތައިލޭންޑް އަދި ގަތަރުންނެވެ. މި ގައުމުތަކުން މިހާތަނަށް ފެނިފައިވަނީ ބަލީގެ އެއް ވޭދަނައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެފައިވަނީ ސްޕެއިން އިންނެވެ. އެގައުމުން މިހާތަނަށް 3،383 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، 2،425 މީހުންނާއި އެކީ ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެއްގެ ގޮތުގައި އެމެރިކާއެވެ.

ތިން ވަނައަށް 2،191 މީހުންނާއި އެކީ ޖަރުމަންވިލާތް އޮތްއިރު، ހަތަރުވަނައަށް 2،137 މީހުން ފައްސިވެފައިވަނީ އިނގިރޭސިވިލާތުންނެވެ.

މި ގައުމުތައް ފިޔަވައި ދެން މަކުނު ވިދުރި ފެނިފައިވަނީ ފްރާންސް، ނެދަލޭންޑްސް، ކެނެޑާ، ޕޯޗުގަލް، އިޓަލީ، ބްރެޒިލް، ބެލްޖިއަމް، ސުވިޒަލޭންޑް، އިސްރާއީލް، އޮސްޓްރިއާ، ޕެރޫ، ސުވެޑެން، އަޔަލޭންޑް، މެކްސިކޯ، ނޯވޭ، ޑެންމާކް، އޮސްޓްރޭލިއާ، ހަންގޭރީ، ޕޮލޭންޑް، ސްލޮވޭނިއާ، ޗިލީ، ގާނާ، ރޮމޭނިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޗެކް ރިޕަބްލިކް، ފިންލޭންޑް، ގްރީސް، އާޖެންޓީނާ، މަލްޓާ، ލަކްސެމްބާގް، ކޮލަމްބިއާ، އައިސްލޭންޑް، ސިންގަޕޫރު، ޕޯޓޯ ރިކޯ، ގިބްރަލްޓާ، ސާބިއާ، ބަލްގޭރީ، ކްރޮއޭޝިއާ، ދެކުނު އެފްރިކާ، ލަޓްވިއާ، ޖޯޖިއާ، ޓައިވާން އަދި އެސްޓޮނިއާ ހިމެނެއެވެ.

ދެން ތިބި ގައުމުތަކަކީ ކޮންމެ ގައުމަކުން ވެސް މަކުނު ވިދުރީގެ އެއް ވޭދަނަ ފެނިފައިވާ ގައުމުތަކެވެ. އެއީ ލުބުނާން، މޮރޮކޯ، ދެކުނު ކޮރެއާ، ވެނުޒުއެލާ، ކެންޏާ، ތުރުކީ، ބަހާމަސް، ޕަނާމާ، އެކުއާޑޯ، ޖަމައިކާ، ޑޮމިނިކަން ރިޕަބްލިކް، ސްލޮވޭކިއާ، ނިއުޒިލޭންޑް، އެންޑޯރާ، ރަޝިއާ، ބޮސްނިއާ، އިންޑިއާ އަދި ސައުދީ އަރަބިއްޔާއެވެ.

މި ގައުމުތަކުން މިހާތަނަށް 16،075 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މަކުނު ވިދުރި ޖެހިގެން މިހާތަނަށް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.