ސްރީލަންކާގެ ތެޔޮ ކިޔުއަށް އަރާ ތިބި ދެ މީހަކު މަރުވެއްޖެއެވެ.

ލަންކާގެ ހަބަރުތައް ގެނެސްދޭ މީޑިއާއަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ތެޔޮ ކިޔުއަށް އަރާ ތިބި މީހުންގެ ތެރެއިން މަރުވެފައިވަނީ 70 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ ފިރިހެނެކެވެ.

70 އަހަރުގެ މީހާ މަރުވެފައިވަނީ ޕެލަވައްޓޭ ސަރަހައްދުގައި ހުންނަ ތެޔޮ ވިއްކާ ތަނެއްގެ ކިޔުއަށް އަރާ ހުއްޓާ މިއަދުގެ ވަގުތެއްގައެވެ. 59 އަހަރުގެ މީހާ މަރުވެފައިވަނީ ކިނިއްޔާގެ ތެޔޮ ވިއްކާ ތަނެއްގެ ކިޔުގައި ހުއްޓާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ލަންކާގެ ތެޔޮ ވިއްކާ ތަންތަނުގައި ބާރުބޮޑުވެ ކިޔުތަކަށް ގިނަ މީހުން ޖަމާވެފައިވާއިރު، މިހާތަނަށް ކިޔުތަކަށް އަރައި ތިބި މީހުންގެ ތެރެއިން މިހާތަނަށް 4 މީހަކު ވަނީ މަރުވެފައެވެ.

ލަންކާއަށް ދިމާވެފައިވާ އިގްތިސޯދީ ކާރިސާއާއި ގުޅިގެން މިހާތަނަށް އެތައް ބަޔަކު މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އަދި އެގައުމަށް ދިމާވެފައިވާ ތެލުގެ ދަތިކަމާއި ގުޅިގެން ތެޔޮ ގަންނަން އެތައް ދުވަސް ވަންދެން ގިނަ ބަޔަކު ކިޔުއަށް ވެސް އަރާ ތިބޭ މަންޒަރު ފޮޓޯތަކުން ފެނިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    8 އަހަރުވެއްޖެ ނޭޓޯއިން ޔުކްރޭން ސިފައިނ ޖަރުމަނުގަ ތަމްރީން ކުރާތާ. ޚްރައިމިއާއިން ރަޝިޔާފެ ބައެއްގެ ފޮތުގައި ހަދައިދިނުމަށް ކްރައިމިއާގެ ޕާލަނެންޓުން ނިންމި ހިސާބުން ނޭޓޯއޭ ކިޔާ ދުނިޔޭގެ ބޮޑު އިބިލީސް ޔުކްރެއިން ލައްވާ ރަޝިޔާއާ ތަޅުވަން ތައްޔާރުވާން ފަށައިފި.