ކައުބަތުﷲ ގެފުޅުގެ އުރަކޮޅު (ކިސްވާ) ބަދަލުކޮށްފިއެވެ.

މީގެ ކުރިން ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ހައްޖުމަހުގެ ނުވަ ވަނަ ދުވަހުއެވެ.

ނަމަވެސް މިއަހަރު އުރަކޮޅު ބަދަލުކުރަން ސައުދީ ސަރުކާރުން ނިންމީ މުހައްރަމް މަހުގެ އެއް ވަނަ ދުވަހުއެވެ.

މިއީ ދާއިމީކޮށް ގެނައި ބަދަލެއް ކަމަށް ސައުދީ ސަރުކާރުން ނުބުނެއެވެ. ދެން ގެފުޅުގެ އުރަކޮޅު ބަދަލުކުރާނީ އަންނަ އަހަރުއެވެ.

ގާތްގަނޑަކަށް 14 މީޓަރު ހުންނަ މި އުރަކޮޅު ބަދަލުކުރުމުގެ މަސައްކަތް އާންމުކޮށް ފަށަނީ ހައްޖުވެރިން އަރަފާތު ބިމަށް ދަތުރު ފެށުމުންނެވެ.

https://twitter.com/haramainarchive/status/1553147194399768577?s=20&t=tT-1C7IRekAwXTxo2FiR6w

1927 ވަނަ އަހަރުން ފެށިގެން ގެފުޅުގެ އުރަކޮޅު ވިޔުމަށްޓަކައި މައްކާގައި ހާއްސަ ފެކްޓްރީއެއް ގާއިމުކޮށްފައި ހުރެއެވެ. އުރަކޮޅު ތައްޔާރުކުރުމަށް ގާތްގަނޑަކަށް 670 ކިލޯގެ ސިލްކާއި 120 ކިލޯގެ ރަންރިހި ބޭނުންކުރެއެވެ.

އުރަކޮޅު ފެހުމަށް ސިލްކް ގެންނަނީ ސްވިޒަލޭންޑާއި އިޓަލީންނެވެ. ރަންރިހީގެ ރޮނދި ގެންނަނީ ޖަރުމަނުންނެވެ. މި އުރަކޮޅި ފެހުމަށް ކޮންމެ އަހަރަކު ހަ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ހޭދަކުރެއެވެ.

އުރަކޮޅު ވިޔުމަށް ގާތްގަނޑަކަށް 200 ވަރަކަށް މުވައްޒަފުން އުޅެއެވެ. ކޮންމެ އަހަރަކުވެސް އުރަކޮޅު ހަދާ ނިމުމަށްފަހު، އަނެއް އަހަރުގެ އުރަކޮޅުގެ މަސައްކަތް މިކަމަށް ހާއްސަކުރެވިފައިވާ ފެކްޓްރީން ފަށައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތި

    އަލްޙަމްދު ލިއްލާހި

    19