އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްތީންގެ ޣައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އިސްރާއީލުން ޣައްޒާގެ ވަރަށް ގިނަ ސަރަހައްދުތަކަށް ވަނީ ބޮން އަޅާފައެވެ. އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީންގެ ނުވަ މީހަކު މިހާތަނަށް ޝަހީދުވެފައިވާ ކަމަށް "އަލްޖަޒީރާ" އިން ބުނެއެވެ. އިސްރާއީލްގެ ހަމަލާތަކުގައި ޒަހަމްވި ފަލަސްތީން މީހުންގެ އަދަދު 55 އަށް އަރައެވެ.

އިސްރާއީލުން ބުނާ ގޮތުގައި މިއީ ފަލަސްތީންގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުން ގެންދާ އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަނެކެވެ.

ނަމަވެސް އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ޣައްޒާގެ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.

އިސްރާއީލުން ދިން ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފި ކަމަށްވާ އަލް-ގުދުސް ބްރިގޭޑްސްގެ ކޮމާންޑަރެއް ކަމަށްވާ ތައިސީރު އަލް-ޖަބާރީ ވެސް ހިމެނެއެވެ.

ޣައްޒާއަށް އިސްރާއީލުން ހަމަލާތައް ދޭން ފެށުމުން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް އަމާޒުވެދާނެ ކަމުގެ ބިރުބޮޑުވެ، ފަޔާފައިޓަރުން ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ.

އިސްރާއީލުން ހިސޯރު ކޮށްފައި އޮންނަ ޣައްޒާއަށް އިސްރާއީލުން އެންމެ ފަރުން ވަރުގަދަ ހަމަލާތަކެއް ދިނީ 2019 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    "ގެއްލުމާއި ހަލާކު އިޒްރޭލުންނަށޭ ލިބިގެންވަނީ
    އެންމެ ހިނދުކޮޅަކަށް ވިޔަސް ރުހުމެއް ނެތޭ ބުނެ އިއްވަނީ
    ޝިރުކުގައި މުޅި ޖާނުތައް ޤުރުބާންކުރާ މަލްޢޫނުނަށް
    ބިރުތަކާއި މުސީބަތާ އާފާތްތަކޭ އަބަދަށް ވަނީ
    ދޫނުކޮށް އިސްލާމުނަށްް އަނިޔާ ދެމުންދާ ކާފިރުން
    ހޫނުކަން ފިހި "މޫނުތައް ކަޅުވާ ދުވަސް" އަންނާނެނީ"

    14
    1
  2. ރަދުން

    ރޮކެޓް ހަމަލާތަކުގަައި ބަދަލުގައި ބޮޑެތި މިސައިލު
    އަޅަންވީ އެވަރުގެ ހަނތިޔާރެއް ނެތްކަމީ ހިތާމަކުރާކަމެއް އީރާނުން ހޫތީންނަށް ދޭގޮތައް ޢައްޒާޔަށްވެސް ދީބަލަ

    10