01:44

މިރޭގެ ހަމަލާތަކުގައި ޝަހީދުވި ބައެއް މީހުން

00:32

އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ އިސްވެރިއަކު ޝަހީދުކޮށްލައިފި.

00:23

އިސްރާއީލްގެ ފެކްޓަރީއަކަށް ފަލަސްތީނުގެ ޣައްޒާގައި ތިބި މުޖާހިދުން ހަމަލާ ދީފި.

00:20

އިސްރާއީލުގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ގަތުލްއާންމެއް ހިންގައިފި.

21:39

އިސްރާއީލުން ޣައްޒާގެ އިމާރާތަކަށް ހަމަލާ ދީފަ
އިސްރާއީލުން ދޭ ހަމަލާތަކާއި ގުޅިގެން ޣައްޒާގެ އާންމު ރައްޔިތުންގެ ލޮލުން ކަރުނަ ނުހިކޭ

20:53

އިސްރާއީލުގެ ސިޓީއެއް ކަމަށްވާ އަޝްކެލޮން އަށް ފޮނުވާލި ރޮކެޓް ހަމަލާގައި އެކިވަރުގެ ގެއްލުން އެސިޓީއަށް ވެއްޖެ. ނަމަވެސް މި ރޮކެޓް ހަމަލާތަކުގައި މީހަކަށް ޒަހަމްވި ކަމެއް ރިޕޯޓް ކޮށްފައެއް ނުވޭ.

20:49

އިސްރާއީލުގެ ތެލް އަވިވްގައި ފުރަތަމަ ފަހަރަށް ރޮކެޓް ސައިރަން އަޅަން ފަށައިފި. މިއީ އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން އެސިޓީގައި ސައިރެން އަޅަން ފެށި ފުރަތަމަ ފަހަރު.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެސިޓީއަށް އަމާޒުވި ބައެއް ރޮކެޓްތައް އަމާޒުވެފައިވަނީ ހުސް ބިން ސަރަހައްދުތަކަށް. އަދި ބައެއް ރޮކެޓްތައް އެގައުމުގައި ހަރުކޮށްފައި ހުރި ޑިފެންސް ސިސްޓަމްތަކުން ވަނީ ހަލާކު ކޮށްލާފައި.

20:06

ޣައްޒާގެ އިތުރު ގެއަކަށް ބޮމުގެ ހަމަލާ އަމާޒުވެފައިވާ ކަމަށް ފަލަސްތީންގެ ވާހަކަތައް ޓްވިޓާގައި ގެނެސްދޭ އެކްޓިވިސްޓަކު ބުނެފި.

18:28

އިސްރާއީލުން ފަލަސްތީންގެ ޣައްޒާއަށް އިއްޔެ އިން ފެށިގެން ދެމުންގެންދާ ހަމަލާތަކުގައި ފިރިހެން ދަރިފުޅުގެ ކައިވެނި ޕާޓީ ނިންމާފައި ގެެއަށް ދިޔަ އަންހެނަކު ޝަހީދު ކޮށްލައިފި

18:04

އިސްރާއިލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 15 މީހަކު ޝަހީދުވެ، 125 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ފަލަސްތީންގެ ހެލްތް މިނިސްޓްރީން ބުނެފި.

18:00

ޣައްޒާއަށް ތެޔޮ ލިބުމަށް އޮތް ހަމައެކަނި މަގު އިސްރާއީލުން ބަންދު ކުރުމާއި ގުޅިގެން ޣައްޒާގައި ހުރި ހަމަ އެކަނި އިންޖީނުގެ މަސައްކަތް ހުއްޓިއްޖެ.

17:32

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ފޮޓޯތަކުން
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ފޮޓޯތަކުން
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ފޮޓޯތަކުން
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ފޮޓޯތަކުން
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ފޮޓޯތަކުން

17:27

އިސްރާއީލްގެ ހަމަލާގައި ޝަހީދުގެ ކުއްޖެއް
އިސްރާއީލްގެ ހަމަލާގައި ޒަހަމްވި ކުއްޖަކު ހޮސްޕިޓަލަށް ގެންދަނީ

 

17:26

ހުކުރު ދުވަހުން ފެށިގެން މުޅި ޣައްޒާ ސަރަހައްދުގައި ދިރިއުޅޭ ބައެއް އިމާރާތްތަކަށް އިސްރާއީލު ސިފައިން ދެމުންގެންދާ ހަމަލާތަކުގައި މީހުން ދިރިއުޅެމުންދާ އިމާރާތްތަކަށް ދަނީ ގެއްލުންތައް ވަމުން.

އެގޮތުން ޣައްޒާ ސިޓީގެ ހުޅަނގުން އޮންނަ އަލް އަމާލް ހޮޓަލް ކައިރީގައި ހުރި ޚަލީފާ އާއިލާގެ ފަސް ބުރީގެ އިމާރާތެއް ވަނީ ސުންނާފަތިކޮށްލާފައި. މި ހަމަލާގައި އެއްވެސް މީހެއްގެ ގެއްލުމެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބޭ.

16:56

އިސްރާއީލްގެ ސްޑެރޮޓް ސިޓީގައި ހުންނަ އިމާރާތަކަށް ޣައްޒާއިން ހަމަލާ ދީފި.

16:16

ފަލަސްތީންގެ ޣައްޒާ ކައިރީގައި އޮންނަ އިސްރާއިލްގެ ފެކްޓްރީއަކަށް ޣައްޒާއިން ހަމަލާދީފި.

 

15:51

ގިނަ އަދަދެއްގެ ރޮކެޓްތަކެއް އިސްރާއީލުގެ ރަށްތަކަށާއި އަސްކަރީ ތަންތަނަށް އަމާޒުކޮށްފައިވާ ކަމަށް އިސްލާމީ ޖިހާދު ހަރަކާތުގެ އަސްކަރީ ފިޔަވަހި ކަމަށްވާ އަލްޤުދުސް ބްރިގޭޑްސް އިން އިއުލާން ކޮށްފި.

އެ ޖަމާއަތުގެ ޓެލެގްރާމް ޗެނަލްގައި ބުނެފައި ވަނީ އިސްރާއީލުން ޣައްޒާއަށް ބޮން އެޅުމާއި ގުޅިގެން ރައްދުގައި ހަމަލާ ބަދަލު ކުރުމުގެ ގޮތުން އަލް ޤުދުސް ބްރިގޭޑިއާތަކުން ޓެލް އަވީވް، ބެން ގުރިއޮން އެއާޕޯޓާއި، އަޝްދޯދު، ބެރްޝެބާ، އަޝްކެލޯން، ނެޓިވޮޓް އަދި ސްޑެރޯޓް އަށް 60 މިސައިލުން ހަމަލާދީފައިވާ ކަމަށް.

15:19

އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ދެކުނުގެ ގެއެއް ސުންނާފަތިވެފައި - ފޮޓޯ: ޓައިމްސް އޮފް ޢައްޒާ
އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ދެކުނުގެ ގެއެއް ސުންނާފަތިވެފައި - ފޮޓޯ: ޓައިމްސް އޮފް ޢައްޒާ
އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ދެކުނުގެ ގެއެއް ސުންނާފަތިވެފައި - ފޮޓޯ: ޓައިމްސް އޮފް ޢައްޒާ

 

15:02

ފަލަސްތީނުގެ ބިމަށް އިސްރާއީލުން ވައިގެ ހަމަލާތައް ދެމުންދާއިރު، ޣައްޒާގެ ހަމަޖެހުން އަލުން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިސްރުން ބުނެފި.

15:00

ތެޔޮ ނުލިބުމުގެ ސަބަބުނ މެންދުރު 12 ޖަހާއިރު (0900 ޖީއެމްޓީ) އެ އިންޖީނުގެ ހިންގުން ހުއްޓާލާނެ ކަމަށް އްޒާގެ ހަމައެކަނި އިންޖީނުގެއިން ބުނެފި.

ޣައްޒާގެ ކަރަންޓް ޑިސްޓްރިބިއުޝަން ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ޣައްޒާއަށް ކަރަންޓް ފޯރުކޮށްދޭ އިންޖީނުގެ ބަންދު ކުރުމުގެ ސަބަބުން ސްޓްރިޕްގެ ހުރިހާ މުހިންމު ފެސިލިޓީތަކަށާއި ގޭބިސީތަކަށް އަސަރުކޮށް، އިންސާނީ ހާލު ގޯސްވާނެ ކަމަށް ބުނެފައި.

"ފިއުލްގެ ދަތިކަމުގެ ސަބަބުން ޣައްޒާގެ އިންޖީނުގެ /މަސައްކަތް ކުރުން/ އޮތީ ހުއްޓިފައި،" ކަރަންޓް ކުންފުނީގެ ތަރުޖަމާނު މުހައްމަދު ތަބެޓް ވިދާޅުވި.

14:58

ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތައް އީރާނުގެ ރައީސް އިބްރާހިމް ރައިސީ ކުށްވެރި ކުރައްވައިފި.

14:21

އިސްރާއީލުން ބޮމުގެ ހަމަލާތައް އަނެއްކާވެސް ދޭން ފަށައިފި.

14:20

ބޮމުގެ ހަމަލާތަކުގައި ގެތައް ސުންނާފަތިވެފައި - ފޮޓޯ - ޓަައިމްސް އޮފް ޣައްޒާ
ބޮމުގެ ހަމަލާތަކުގައި ގެތައް ސުންނާފަތިވެފައި - ފޮޓޯ - ޓަައިމްސް އޮފް ޣައްޒާ
ބޮމުގެ ހަމަލާތަކުގައި ގެތައް ސުންނާފަތިވެފައި - ފޮޓޯ - ޓަައިމްސް އޮފް ޣައްޒާ
ބޮމުގެ ހަމަލާތަކުގައި ގެތައް ސުންނާފަތިވެފައި - ފޮޓޯ - ޓަައިމްސް އޮފް ޣައްޒާ

13:44

ޣައްޒާ ސަރަހައްދުގައި ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް "ހަފްތާއެއްގެ އޮޕަރޭޝަންތަކެއް" ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިސްރާއީލުން ބުނެފި.

13:41

އިސްލާމީ ޖިހާދުގެ ހަރަކާތުގެ އޮފިޝަލަކު ވިދާޅުވީ "މިވަގުތަށް" ހަމަޖެހުމާއި މެދުވެރިކަމުގެ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް.

ނަން ހާމަކޮށްފައި ނުވާ އޮފިޝަލަކާއި ހަވާލާދީ ފަލަސްތީންގެ ނޫހަކުން ވަނީ ހާލަތު "ހަރުކަށިވުމަކަށް މިސްރާބު ޖަހާފައިވާ" ކަމަށް ބުނެފައި.

13:23

އިސްރާއިލް އިން އިއްޔެއިން ފެށިގެން ދެމުންދާ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 80 އަށް އަރައިފި.

13:21

އިސްރާއީލްއިން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 12 އަށް އަރައިފި.

13:16

ޣައްޒާއިން ފޮނުވާލި މިސައިލެއްގެ ބައިތަކުގެ ސަބަބުން މީހަކަށް އަނިޔާވިކަން އޮކިއުޕޭޝަން ރޭޑިއޯއިން ހާމަކޮށްފި.

13:13

ތެޔޮ ނުލިބުމުގެ ސަބަބުން ގާޒާގެ ކަރަންޓް ސްޓޭޝަން އެއްކޮށް ހުއްޓިފައިވާ ކަމަށް އޮފިޝަލުން ބުނެފި.

12:57

12:33

12:33

12:20

ހުޅަނގު އައްސޭރީގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ އިސްލާމިކް ޖިހާދު ގްރޫޕްގެ 19 މީހަކު އިސްރާއީލުން ހައްޔަރުކޮށްފި.

11:57

އިސްރާއީލުން މިއަދު ހެނދުނު ދިން ހަމަލާތަކުގައި އެކަކު ޝަހީދުވެ، ހަތަރު މީހަކަށް އަނިޔާ ލިބުނު ކަން ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދީފި.

11:43

ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާއެއް އަމާޒުވެދާނެތީ އިސްރާއީލްގެ ބީޗަކަށް މީހުން ދިއުން މަނާކޮށްފި.

11:14

ހާން ޔޫނުސް އަށް ދެންމެ ދިން ހަމަލާގައި ޒަހަމްވި ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައިފި.

10:43

އިސްލާމިކް ކޯޕަރޭޝަން އޯގަނައިޒޭޝަން: އިސްރާއީލުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކުރަން. މި ނުރައްކާތެރި އަމަލުތައް ހިންގުމުގެ ޒިންމާ އިސްރާއީލުން އުފުލަން ޖެހޭނެ.

10:41

ޣައްޒާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ހާން ޔޫނުސް އަށް ދެންމެ އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ތިން މީހަކު ޒަހަމްކޮށްލައިފި. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށްވޭ.

10:39

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އިއްޔެ ދިން ހަމަލާއެއް ލޮލަށް ފެނުނު މީހަކު އެ މަންޒަރު ސިފަކޮށްދީފި.

10:29

އިސްރާއީލުން މިއަދު ހެނދުނު ވެސް ޣައްޒާ އަށް ވައިގެ މަގުން ހަމަލާތައް ދެމުން އަންނަ ކަމަށްވޭ. އެގޮތުން އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ވަނީ ޣައްޒާގެ ދެކުނުގައި ދަނޑުވެރިކަން ކުރާ ބިމަކަށް ހަމަލާދީފައި.

10:24

އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި ކުޑަ ކުއްޖާ އާއި ނުވަ މީހުންގެ ފޮޓޯތައް އާންމުކޮށްފި.

10:23

ޣައްޒާގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގެ އަނިޔާވެރިކަން ފެށުނު ފަހުން މިހާތަނަށް އައިއިރު 160 މިސައިލް ވަނީ ޣައްޒާ އަށް ފޮނުވާލާފައި.

10:05

 

02:57

02:49

އިސްރާއީލްގެ ޝެރޮޓް ސަރަހައްދަށް ރޮކެޓް ހަމަލާއެއް އަމާޒުވެއްޖެ. ނަމަވެސް ރޮކެޓް ހަމަލާ އަމާޒުވި ސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދެއް ނޫން. މިހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ.

02:40

ހަމަލާއިން ސަލާމަތް ވާން ބިންގަރާހަށް އެރެން އުޅެނިކޮށް އިސްރާއީލްގެ ހަތަރު މީހަކަށް އަނިޔާވެއްޖެ. ނަމަވެސް އެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ހަތަރު މީހުންނަށް ވެސް ލިބުނީ ކުދިކުދި އަނިޔާތަކެއް ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނޭ. އަނިޔާވި މީހުންނަށް ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައި.

02:27

02:02

ހުޅަނގު އައްސޭރީގައި ވެސް ފަލަސްތީން ރައްޔިތުން އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް މުޒާހަރާ ކުރަމުން އެބަގެންދޭ.

01:48

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ މައުލޫމާތު އިސްރާއީލުން އެމެރިކާއަށް ދީފި.

އިސްރާއީލްގެ ޑިފެންސް މިނިސްޓަރ ބެނީ ގަންޓްޒް މިރޭ ވަނީ އިސްރާއީލްގެ ޑިފެންސް ސެކްރެޓަރީ ލޯޑް އޮސްޓިން އަށް ފޯން ގުޅައި އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ މައުލޫމާތު ހިއްސާކޮށްފައި.

01:46

01:45

01:33

ޖޯޑަން އިން ވެސް އިސްރާއީލްގެ ހަމަލާތައް ކުށްވެރިކޮށްފި. ޖޯޑަން ސަރުކާރުން ވަނީ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ބާރުއެޅުމަށް ގޮވާލާފައި.

އިސްރާއީލްގެ ހަމަލާތައް މިހައިތަނަށް ކުށްވެރި ކުރީ ހަމައެކަނި ގަތަރާއި ޖޯޑަން އިން.

01:32

އިސްރާއީލްގެ ބީޝަބާގެ ހޮސްޕިޓަލަށް ރޮކެޓް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރު ބޮޑުވުމުން އެހޮސްޕިޓަލްގައި ތިބި ކުޑަކުދިންނާއި ހާލު ސީރިއަސް ބަލި މީހުން ބޮމުގެ ހަމަލާތަކުން ރައްކާތެރިކޮށްދޭ ގޮތައް ހަދާފައި ހުންނަ ވޯޑަކަށް ބަދަލު ކުރަން ފަށައިފި.

01:18

އިސްލާމިކް ޖިހާދުން ރޮކެޓާއި އަދި އެހެނިހެން ހަތިޔާރު އުފައްދަން ބޭނުން ކުރާ އިމާރާތަކަށް ހަމަލާ ދީފައިވާ ކަމަށް އިސްރާއީލުން ބުނެފި. އިސްލާމިކް ޖިހާދުން އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތައް އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނޭ.

01:11

ޣައްޒާއިން ވަނީ ދެގަޑިއިރު ތެރޭގައި އިސްރާއީލަށް 100 އަށްވުރެ ރޮކެޓް ފޮނުވާލާފައި ކަމަށް އިސްރާއީލުން ވެސް އެއްބަސްވެއްޖެ. ނަމަވެސް އެއިން ރޮކެޓް ހަމަލާއެއްގައި އަދި މިހާތަނަށް އިސްރާއީލްގެ މީހަކަށް ގެއްލުމެއް ނުލިބޭ.

01:03

އިސްރާއީލާއި އިސްލާމިކް ޖިހާދުގެ ދެމެދުގައި ސުލްހަ ގާއިމު ކުރުމަށް މިސްރުން މަސައްކަތް ކުރަމުން ގެންދާކަމަށް މެދުއިރުމަތީގެ ޑިޕްލޮމެޓަކާއި ހަވާލާދީ އިސްރާއީލްގެ މީޑިއާތަކުން ބުނެފި. ނަން ހާމަކުރަން ބޭނުންނުވާ ޑިޕްލޮމެޓަކާއި ހަވާލާދީ މީޑިއާތަކުން ބުނީ ގާހިރާގެ އޮފިޝަލުން މާދަމާ ޣައްޒާއަށް ވަޑައިގެން ހަމަލާތައް ހުއްޓުވުމަށް މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް.

01:01

އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް އަދިވެސް އަންނަނީ ހަމަލާތައް ދެމުން.

00:54

ޣައްޒާ އާއި ކައިރީގައި އޮންނަ އިސްރާއީލްގެ އަވަށްތަކުގައި މެދުނުކެނޑި އަންނަނީ ސައިރަން އަޅަމުން.

00:42

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް މެދުއިރުމައްޗަށް ސުލްހަ ގެންނަން އދ.އިން ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ޓޯރް ވެންސްލޭންޑް ވިދާޅުވެއްޖެ.

"އަހަރެން ވަރަށް ބޮޑަށް ހިތާމަކުރަން އިސްރާއީލްގެ ހަމަލާއެއްގައި ފަލަސްތީންގެ ފަސް އަހަރުގެ ކުއްޖަކު ނިޔާވުމުން. އާއްމުންގެ މީހުން މެރުން އެއީ އެއްވެސް ގޮތަކަށް ބަލައި ގަނެވޭނެ ކަމެއް ނޫން." ޓޯރް ވިދާޅުވި.

އޭނާ ވިދާޅުވީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުން ވެސް ހުއްޓާލަން ޖެހޭ ކަމަށާއި ސުލްހަ ގާއިމު ކުރެވޭނީ އޭރުން ކަމަށް.

00:38

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ދިފާއުކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ނެރުނު ބަޔާނަކީ ހައިރާން ކުރުވަނިވި ބަޔާނެއް ނޫން ކަމަށާއި އެއީ އެމެރިކާގެ ބަސްމަގު އަބަދުވެސް ހުންނަ ގޮތް ކަމަށް "ވައިޓްހައުސްގެ" ހަބަރުތައް ކަވަރުކުރާ "އަލްޖަޒީރާ" ނޫސްވެރިޔާ މައިކް ހަންނާ ވިދާޅުވެއްޖެ.

އެމެރިކާ އިން ބުނެފައި ވަނީ އިސްރާއީލަށް އަމިއްލަ ދިފާއުގައި ޣައްޒާއަށް ހަމަލާ ދިނުމުގެ ހައްގު ލިބިގެންވާ ކަމަށް.

ހަންނާ ވިދާޅުވީ މިއީ އެމެރިކާގެ ސަރުކާރުތަކުން އަބަދުވެސް އިސްރާއީލްގެ އަނިޔާވެރިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ނެރޭ ބަޔާންތައް ހުންނަ ގޮތް ކަމަށް.

00:35

ޣައްޒާގެ ލިޔުންތެރިއެއް އަދި އެކްޓިވިސްޓެއް ކަމަށްވާ ރަނާ ޝުބައިރު އަކީ ޣައްޒާގެ ހުޅަނގުގައި ދިރިއުޅެމުން އަންނަ މީހެއް. އޭނާ ބުނާ ގޮތުގައި އޭނާ ދިރިއުޅެމުން އަންނަ އިމާރާތާއި ވަރަށް ކައިރީގައި ހުންނަ ޓަވަރަކަށް އިސްރާއީލުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައި. ފަސް ވަރަކަށް ފަހު އެޓަވަރަށް އިސްރާއީލުން ހަމަލާދިން.

"އަހަރެން އޮތީ ނިދާފައި. ހަމަލާގެ އަޑަށް ކުއްލިއަކަށް ހޭލެވިގެން ތެދުވެވުނީ. ހުރިހާ އެންމެން ވެސް މިތިބީ ވަރަށް ބިރުން. ހަދާނެ ގޮތެއް ނެތް. ކުޑަކުދިން ވެސް ތިބީ ވަރަށް ބިރުން." ރަނާ ބުނި.

00:29

00:26

ރޮކެޓް ހަމަލާތަކުގެ ސަބަބުން އިސްރާއީލްގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް އިސްރާއީލްގެ ސަރުކާރުން ބުނެފި. ނަމަވެސް އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ރޮކެޓް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން އެޅި ސައިރަންގެ އަޑު އިވި ދެމީހަކަށް ޕެނިކް އެޓޭކެއް އައުމުން އެމީހުންނަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން.

ޕެނިކް އެޓޭކަކީ ކުއްލިއަކަށް ކާރިސާއަކާ ކުރިމަތިވެ، އަމިއްލަ ކޮންޓްރޯލްގެ ދަށުން ހުރިހާ ކަމެއް ނެއްޓިފައިވާ ކަމުގެ އިހްސާސް ވުމާއެކު، ކޮޅުނެތްކޮޅަށް ބިރުގަތުން. އާންމު ގޮތެއްގައި ޕެނިކް އެޓޭކްގެ ދިގުމިނަކީ 10 މިނިޓް. އޭގެ ފަހުން ބަލިމީހާ އާދައިގެ ޙާލަތަށް ބަދަލުވޭ. ނަމަވެސް ބައެއް ފަހަރު އެއްގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރަށްވެސް މިކަން ދިގުލައިގެންދޭ. ތަކުރާރުކޮށް ޕެނިކް އެޓޭކް ޖެހޭނަމަ ޕެނިކް ޑިސްއޯޑަރ ކަމުގައި ބެލެވޭ.

00:17

00:16

އަނެއްކާވެސް އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދޭން ފަށައިފި. މިފަހަރު ޣައްޒާ އިން ރޮކެޓް ހަމަލާތައް ފޮނުވަމުން ދަނީ އިސްރާއީލްގެ ސްޑެރޮޓްއަށް. އެ ސިޓީގައި އަންނަނީ ރޮކެޓެއް އަމާޒު ވެދާނެކަން އަންގައި ދިނުމުގެ ގޮތުން ސައިރަން ވެސް އަޅަމުން. ސްޑެރޮޓްއަށް ފޮނުވާލި ތިން ރޮކެޓެއް މިސައިލުން ދިފާއުވާ ނިޒާމުން ވަނީ ވައްޓާލާފައި.

00:11

ބޮމުގެ ހަމަލާތަކުން ރައްކާތެރިކޮށްދޭ ގޮތައް އިސްރާއީލްގެ ވެރިރަށް ތެލް އަވީވްފައި ހަދާފައި ހުންނަ ތަންތަން އާއްމުންނަށް ބޭނުން ކުރެވޭ ގޮތައް ހުޅުވާލައިފި.

00:03

އިސްރާއީލުން އަނެއްކާވެސް ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި. އިސްރާއީލްގެ ޖެޓްތަކުން ދެންމެ ވަނީ އަނެއްކާވެސް ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް ދީފައި.

23:57

އިސްރާއީލަށް އަމާޒުކޮށް 100 ރޮކެޓް ފޮނުވާލާފައިވާ ކަމަށް އިސްލާމިކް ޖިހާދުން ބުނެފި. ނަމަވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ އިސްލާމިކް ޖިހާދުން ފޮނުވާލީ 80 ވަރަކަށް ރޮކެޓް ކަމަށް.

އިސްރާއީލުން ބުނާ ގޮތުގައި އިސްލާމިކް ޖިހާދުން ފޮނުވާލި ރޮކެޓްތަކުގެ ތެރެއިން 46 ރޮކެޓެއް އިސްރާއީލްގެ ބޯޑަރު ހުރަސް ކުރިކަމަށް. އޭގެތެރެއިން 33 ރޮކެޓް ވަނީ އިސްރާއީލްގެ މިސައިލުން ދިފާއުވާ ނިޒާމް ކަމަށްވާ "އަޔަން ޑޯމް" އިން ވައްޓާލާފައި ކަމަށް އިސްރާއީލުން ބުނޭ. 13 ރޮކެޓެއް ވަނީ އިސްރާއީލްގެ އެކި ސަރަހައްދުތަކަށް އަމާޒުވެފައި. އޭގެތެރެއިން އެރޮކެޓް މީހުން ދިރިއުޅޭ ގެއަކަށް ވެސް އަމާޒުވި. ނަމަވެސް އަދި ރޮކެޓް ހަމަލާތަކުގައި އިސްރާއީލްގެ މީހަކަށް ގެއްލުމެއް ނުލިބޭ.

23:46

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި އަލިފާން ރޯވެފައިވާ މަންޒަރު
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި އަލިފާން ރޯވެފައިވާ މަންޒަރު

23:42

މިރޭ އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކުގެ ޒިންމާ އިސްލާމިކް ޖިހާދުގެ މުޖާހިދުން އުފުލައިފި. އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފި ކަމަށްވާ އަލް-ގުދުސް ބްރިގޭޑްސް އިން ބުނީ ރޮކެޓް ހަމަލާތައް ދިނީ އެޖަމާއަތުން.

23:41

އިސްރާއީލްގެ ގެއަކަށް ރޮކެޓް ހަމަލާއެއް އަމާޒުވެއްޖެ. އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ރޮކެޓް ހަމަލާ އަމާޒުވީ އިސްރާއީލްގެ އަޝްކެލޮންގެ ގެއަކަށް. މިހަމަލާގައި މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ނުލިބޭ.

23:35

އިސްރާއީލްގެ އަމާޒަކީ ޣައްޒާ ނޫން ކަމަށާއި އިސްރާއީލްގެ އަމާޒަކީ ޣައްޒާ އިން އިސްރާއީލަށް ހަމަލާ ދިނުން ހުއްޓުވުން ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ލެޕިޑް ބުނެފި. އޭނާ ބުނީ އިސްރާއީލްގެ އަސްކަރީ އޮޕަރޭޝަން ދިގު ދެމިގެން ހިނގައިދާނެ ކަމަށް.

"އަހަރެމެންގެ ސަރުކާރުން ގެންގުޅޭނީ އިސްރާއީލަށް އެއްވެސް ބާވަތެއްގެ ހަމަލާއެއް ދިނުމަށް ބަޔަކު މަސައްކަތް ކުރާނަމަ އެބަޔަކާއި ދެކޮޅަށް ޒީރޯ ޓޮލެރަންސް. ޣައްޒާ އިން ވެސް އިސްރާއީލަށް ހަމަލާއެއް ދޭން އުޅޭނަމަ އެކަން ހުއްޓުވާނަން." ލެޕިޑް ބުނި.

ޣައްޒާއަށް ހަމަލާދިނުން ހުއްޓާލުމަށް ސުލްހައިގެ އެއްބަސްވުމަކަށް ދިއުމުގެ ޝައުގުވެރިކަން މިވަގުތު ނެތް ކަމަށާއި ނަމަވެސް ސުލްހައިގެ އެއްބަސްވުމަކަށް ދާން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށް ލެޕިޑް ބުނި.

23:26

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށުމުން އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް ފަލަސްތީންގެ ރާމަﷲގައި މުޒާހަރާ ކުރަމުން އެބަގެންދޭ.

23:24

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލްގެ އެންމެ ދެކުނުގެ ސަރަހައްދުތަކުގެ އިތުރުން އިސްރާއީލްގެ މެދުތެރޭގެ ސިޓީތައް ކަމަށްވާ ބަތު ޔަމް، ރިޝޮން ލެޒިއޮން އަދި ހޮލޮން އަށް ވެސް ރޮކެޓް ހަމަލާތަކެއް އަމާޒުވެދާނެ ކަމަށް ބެލެވިގެން ރަތް ސަމާލު (ރެޑް އެލާޓް) ސައިރަން ވަނީ އަޅަން ފަށާފައި.

ޣައްޒާ އިން ވަނީ ޣައްޒާ އާއި އެންމެ ކައިރީގައި އޮންނަ އިސްރާއީލްގެ އަވަށްތަކަށް ވިއްސަކަށް މިނެޓްތެރޭގައި ވަރަށް ގިނަ ރޮކެޓްތައް ފޮނުވާލާފައި.

އިސްރާއީލްގެ ވެރިރަށް ތެލް އަވީވަށް ރޮކެޓް ހަމަލާއެއް އަމާޒުވެދާނެ ކަމަށް އަޅަމުން ގެންދިޔަ ސައިރަން ނިއްވާލައިފި. ނަމަވެސް ތެލް އަވީވަށް އަމާޒުވި ރޮކެޓެއް މިސައިލުން ދިފާއުވާ ނިޒާމުން ވައްޓާލި އަޑު އިވުނު ކަމަށް ތެލް އަވީވްގެ އާއްމުން ބުނޭ.

23:21

އިސްރާއީލުން މިއަދު ޣައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމުން ރައްދުގައި ޣައްޒާގެ މުޖާހިދުން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދޭން ފަށައިފި.

23:02

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ގަތަރުން ކުށްވެރިކޮށްފި. ގަތަރުގެ ސަރުކާރުން ބުނީ އިސްރާއީލްގެ އަނިޔާވެރި ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާ ކަމަށް.

ގަތަރަކީ އިސްރާއީލްގެ ހަމަލާތައް މިއަދު ކުށްވެރިކުރި ފުރަތަމަ ގައުމު.

ގަތަރަކީ އަބަދުވެސް ފަލަސްތީނަށް އެހީތެރިވަމުން އަންނަ ގައުމެއް. ހާއްސަކޮށް ޣައްޒާއަށް އެގައުމުން ކޮންމެ އަހަރަކު ވެސް ހިލޭ އެހީގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ދެމުން ގެންދޭ.

22:53

އިސްރާއީލުން މިއަދު ފަަލަސްތީންގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި ވަނީ ފަސް އަހަރުގެ އަންހެން ކުއްޖަކު ޝަހީދު ކޮށްލާފައި.

22:37

އިސްރާއީލްގެ އެންމެ އިސްވެރިން އެގައުމުގެ އަސްކަރިއްޔާގެ މައި އޮފީހުގައި ބައްދަލުކުރަމުން އެބަގެންދޭ. އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިބައްދަލުވުމުގައި ބޮޑުވަޒީރު ޔައިރު ލެޕިޑް އާއި ޑިފެންސް މިނިސްޓަރ ބެނީ ގަންޓްޒް އާއި ދެން ބޮޑުވަޒީރު ކަމަށް އަންނާނެ ނަފްތާލީ ބެނެޓް އަންނަނީ އިސްރާއީލް އަސްކަރިއްޔާގެ އެންމެ އިސް އޮފިސަރުންނާއި ބައްދަލުކުރަމުން.

22:33

އިސްރާއީލްގެ އިދިކޮޅު ޕާޓީތަކުން ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ތާއިދުކޮށްފައި. އިދިކޮޅު ލީޑަރެއް ކަމަށްވާ ޒެބަލެލް ސްމޮޓްރިޗް އާއި އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިސްރާއީލް ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް އެމީހުންގެ ފުރިހަމަ ތާއިދު އޮތްކަން ހާމަކޮށް ބަޔާންތައް ނެރެފައި.

22:30

ފަލަސްތީންގެ ހުޅަނގު އައްސޭރީގައި އިސްރާއީލް އަސްކަރިއްޔާގެ ވެހިކަލަކުން ފަލަސްތީން މީހެއްގެ ގައިގަ ޖައްސާ އޭނާ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި. ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލް ސިފައިން ވަނީ ފަލަސްތީން މީހާގެ ގައިގަ ވެހިކަލުން ޖައްސާ އޭނާ ވައްޓާލުމަށްފަހު އޭނާގެ ގައިމަތިން ވެހިކަލް ދުއްވާލާފައި. އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދޭން ފަށާފައި.

22:27

ފަލަސްތީންގެ މިނިވަންކަމަށް ޖިހާދު ކުރާ ޖަމާއަތްތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވީ ޣައްޒާއަށްދޭ ހަމަލާތަކުގެ ފުރިހަމަ ޒިންމާ އިސްރާއީލުން ނަގަން ޖެހޭނެކަމަށް. އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ބަދަލުނުހިފާނެ ގޮތެއް އެއީ ނެތް ގޮތެއް ކަމަށް ވެސް ޖަމާއަތްތަކުގެ ބަޔާނުގައި ވިދާޅުވެފައިވޭ.

22:26

22:24

އިސްރާއީލުން ބުނާ ގޮތުގައި މިއަދު ޣައްޒާއަށް ހަމަލާތައް ދޭން ފެށީ އިސްލާމިކް ޖިހާދުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިގެން. އިސްރާއީލުން ބުނާ ގޮތުގައި އިސްރާއީލްގެ އަމާޒަކީ އިސްލާމިކް ޖިހާދު. މިއޮޕަރޭޝަންގެ އަމާޒަކީ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތް ނޫންކަން އދ.އާއި މިސްރުގެ ޑިޕްލޮމެޓުން މެދުވެރިކޮށް ވެސް އިސްރާއީލުން ވަނީ ހަމާސް އަށް އަންގާފައި.

22:22

22:21

22:20

22:19

އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު 12 އަށް އަރައިފި. އަދި ޒަހަމްވި މީހުންގެ އަދަދު 60 އަށް އަރައިފި.

22:18

ހަމަލާތަކާއި ގުޅިގެން އިސްރާއީލް ސަރުކާރުގެ އެތެރޭގައި ހިޔާލުތަފާތުވުން އުފެދިއްޖެ.

22:09

ޣައްޒާ ރައްކާތެރިކޮށްދޭން ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ބައިނަލްއަޤުވާމީ މުޖުތަމައުގެ އެހީއަށް އެދިއްޖެ. އައްބާސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ކުއްވެރިކޮށްފައި.

އައްބާސްގެ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވީ ހަމަލާތައް ދެމުންދާ އިސްރާއީލްގެ ސިފައިން ޒިންމާދާރު ކުރުވައި އިސްރާއީލްގެ ހަމަލާތައް ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމައުން އަޑުއުފުލަން އެދިވަޑައިގަންނަވާ ކަމަށް.

22:05

އިސްރާއީލުން ޣައްޒާއަށް ހަމަލާދޭތީ އެމެރިކާއިން ތައުރީފްކޮށްފި.

21:55

އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފި.



ފަލަސްތީންގެ ޣައްޒާއަށް އިސްރާއީލުން މިއަދު ވަނީ ކުއްލިއަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. އިސްރާއީލުން ބުނާ ގޮތުގައި މިހަމަލާތަކަކީ ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީންގެ އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނެކެވެ.

މިއަދު ފަލަސްތީން ގަޑިން މެންދުރު ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީންގެ ދިހަ މީހަކު ވަނީ ޝަހީދު ވެފައެވެ. އޭގެތެރޭގައި ފަސް އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ. އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފި ކަމަށްވާ އަލް-ގުދުސް ބްރިގޭޑްސްގެ ކޮމާންޑަރެއް ކަމަށްވާ ތައިސީރު އަލް-ޖަބާރީ ވެސް ވަނީ އިސްރާއީލްގެ ހަމަލާއެްގައި ޝަހީދު ވެފައެވެ.

އިސްރާއީލުން މިއަދު ޣައްޒާއަށް ދޭން ފެށި ހަމަލާތައް ދިގުދެމިގެން ހިނގައިދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ..

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީ

    🤲

  2. Anonymous

    ރަށިޔާއިން ހަނގުރާމަ ކުރެއޭބުނެ ދަތިކުރުމުގެ ފިޔަވަޅުތައްއެޅި ޤައުމުތައް މިއަދު ކޮބައިތަ، އެޤައުމުތަކުން މިއަދު އިޒުރޭލަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނުކެރުމުން ދޭހަކޮށްދެނީ ،މިއީ މުސްލިމުން މަރާހުސްކުރަންއުޅޭ ބައެއްކަން،،