ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލުން ދެމުން އަންނަ ވަރުގަދަ ހަމަލާތަކާ ގުޅިގެން އިރާނުން އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑު ކޯޕްސް(އައިއާރުޖީސީ)ގެ ކޮމާންޑަރު މޭޖާ ޖެނެރަލް ހުސެއިން ސަލާމީ ވިދާޅުވީ އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އިސްރާއީލުން ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށެވެ.

ސަލާމީ އެފަދައިން ވިދާޅުވީ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ ލީޑަރު ޒިޔާދު އަލް ނަޣަލާއާ ބައްދަލުކުރެއްވުމަށް ފަހުއެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާ ދޭން ފެށީވެސް އިސްލާމިކް ޖިހާދުގެ ލީޑަރު ޒިޔާދު އިރާނަށް ވަޑައިގަތްނަވައިގެން އުޅުއްވަނިކޮށެވެ.

ޒިޔާދުގެ ދަތުރުފުޅުގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީއާއި އީރާނުގެ ރޫހީ ލީޑަރު އަލީ އަކުބަރު ވެލާޔަތީއާ ވެސް ވަނީ ބައްދަލުކުރައްވައިފައެވެ.

އިސްރާއީލުން ހުކުރު ދުވަހު ޣައްޒާއަށް ހަމަލާތައް ދޭން ފެށީ ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދުގެ މުޖާހިދުންނަށް އަމާޒުކޮށެވެ. ހުކުރު ދުވަހު މެންދުރުފަހު އިސްރާއީލުން ދިން ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރެއް ކަމަށްވާ ތައިސީރު އަލް ޖަބާރީ ވަނީ ޝަހީދުވެފައެވެ. އަދި ރޭ އިސްރާއީލުން ދިން ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ އިތުރު ކޮމާންޑަރެއް ކަމަށްވާ ހާލިދު މަންސޫރު ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށުމުން ޣައްޒާގެ މުޖާހިދުން ވެސް އަންނަނީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުންނެވެ. މިހާތަނަށް ފޮނުވާލި ގިނަ ރޮކެޓްތައް އިސްރާއީލްގެ މިސައިލުން ދިފާއުވާ ނިޒާމުން ވައްޓާލާފައި ވީނަމަވެސް ބައެއް ރޮކެޓްތައް ވަނީ އިސްރާއީލްގެ އިމާރާތްތަކަށް ވެސް އަމާޒުވެފައެވެ.

އިސްރާއިލުގެ ހަމަލާތަކުގައި އާންމުންނާއި ކުޑަކުދިން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ އަދަދު މިހާރު އުޅެނީ 30 އިން މަތީގައެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާއިޒު

    އީރާނުގެ ރައީސް އާއި ރޫޙާނީ ލީޑަރަށް
    އަޅުގަނޑު ކުރިން ހީކުރީ، ތިޔަޤައުމަކީ ކަންކަމާ ކެރިގެން ކުރިމަތިލާ ޤައުމަކަށްވާނެކަމަށެވެ. ނަމަވެސް މިހާރު ޔަޤީން ވަނީ ހަމަ ފެންނެތް ބޮޑުކާށި ފެޅުމުގެ އާދައެއް ގެންގުޅޭކަމެވެ. ފަރިކުރަން ލަސްކޮށްކޮށް ތިއްބާ ކައިރީތިބި ތިޤައުމާއިވެސް ދެކޮޅު އިސްލާމީ ޤައުމުތައް އިހުނަށްވުރެ އިސްރާއީލާއި ގުޅުން ބޮޑުވެ އެމިހުންގެ އިސްލާމްވަންތަ ސިފައަށް ފަސްއަޅައި ފުރޮވަމުން އެދަނީއެވެ. ދެންވެސް ކަމެއްކުރަންޏާ އެކުވާ ބައިވެރިންނާއެކު ނިކަން ޙަމަލައެއް ދިބަލާށެވެ.

    11
    1
  2. ީިއިސްރާ

    ތި ވައިފޮޑިއެއް

    6
    6
  3. Anonymous

    ކަރާ ފަޅަން އެނގޭނީ، ކަމެއް ކުރެވޭ ބަޔެއް ނޫން

    6
    2
  4. މުޖާހިދޫން

    ފަލަސްތީނުގެ ރައްޔިތުންނަށް ނަޞްރުދެއްވާންދޭވެ.

    26
    1